ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ރޯދައިގެ ކުރިން މިސްކިތްތަކުގެ މަރާމާތުގެ މަސައްކަތް ނިންމާލެވޭނެ: މުއިއްޒު

މާލެ ސިޓީ ކައުންސިލްގެ މޭޔަރު ޑރ. މުހައްމަދު މުއިއްޒު
ޝެއާރކޮށްލާ ކަހަލަދޯ؟

ބަރަކާތްތެރި ރަމަޟާން މަހާއި ބައްދަލު ކުރާއިރު، މާލޭގެ މިސްކިތްތަކުގެ މަރާމާތްތަކުގެ މަސައްކަތްތައް އެއްކޮށް ނިންމާލެވޭނެކަމަށް މޭޔަރު ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.

ރޯދަ މަހަށް ހާއްސަކޮށް މާލެ ސިޓީ ކައުންސިލުން ވަމުންދާ ތައްޔާރީތައް ހާމަކުރައްވައި މުއިއްޒު ވިދާޅުވީ އެންމެ މުހިންމު މަސައްކަތުގެ ތެރޭގައި މިސްކިތްތައް މަރާމާތު ކުރުން ވަގުތު އޮއްވައި ނިންމާލެވޭނެ ކަމަށެވެ. ރޯދައަށް އެންމެ މުހިންމީ، މިސްކިތްތައް މާރާމާތު ކުރެވި ޖަމާއަތުގައި ފަސޭހަކަމާއި އެކު ނަމާދު ކުރެވޭނެ އިންތިޒާމުތައް ހަމަޖެހިފައި ހުރުންކަން ފާހަގަކުރައްވައި މުއިއްޒު ވިދާޅުވެފައި ވަނީ މިވަގުތު ވެސް ސިޓީ ކައުންސިލުން އެއްފަހަރާ ގިނަ މިސްކިތްތަކެއްގެ މަރާމާތު ކުރުން ކުރިޔަށް ގެންދާ ކަމަށެވެ.

މުއިއްޒު ވިދާޅުވީ ކުރިޔަށް އޮތް ދެ ހަފްތާގެ ތެރޭގައި މަސައްކަތް ނިންމާލެވޭނެކަމަށެވެ.

ސިޓީ ކައުންސިލުން ހާމަކުރި ގޮތުގައި، އެ އިދާރާއިން އަންނަނީ މާލޭގެ އެކި ސަރަހައްދުތަކުގައި ހުރި މިސްކިތްތައް ސާފު ކުރުމުގެ މަސައްކަތްތައް ވެސް ކުރަމުންނެވެ.މާލޭގެ ރައްޔިތުންނާއި އެކު އޮތް ބައްދަލުވުމެއްގައި މާލޭގެ މިސްކިތްތަކުގެ މަރާމާތުގެ މަސައްކަތްތަކާއި ގުޅޭގޮތުން، މުއިއްޒު ވިދާޅުވެފައި ވަނީ ބަރަކާތްތެރި ރަމަޟާން މަހާއި ބައްދަލު ކުރާއިރު މިހާރު މިސްކިތްތައް ދަނީ މަރާމާތު ކުރެވެމުންކަމަށާއި މިހާތަނަށް މިސްކިތު ފަނޑަށް ރައްޔިތުން ހަދިޔާ ކުރި 01 މިލިއަން ރުފިޔާގެ އިތުރުން ސިޓީ ކައުންސިލުން ދަނީ ކައުންސިލްގެ އާމްދަނީން 08 މިލިއަން ރުފިޔާގެ މަސައްކަތް ކުރަމުން ކަމަށެވެ.

މިސްކިތްތައް މަރާމާތު ކުރުމުގެ މަސައްކަތްތައް ކުރިޔަށް ގެންދާނީ، ކައުންސިލުން ކުރިޔަށް ގެންދިޔަ ޗާލު މިސްކިތް ފަނޑަށް ލިބުނު ފައިސާއިންނެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: