ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ގުރައިދޫ ދާއިރާގެ ބައި އިލެކްޝަން: އެމްޑީޕީ ޕްރައިމަރީގެ ވޯޓްލުން ކުރިޔަށް

ގުރައިދޫ ދާއިރާގެ ބައި އިލެކްޝަންގެ އެމްޑީޕީގެ ޕްރައިމަރީ
ޝެއާރކޮށްލާ ކަހަލަދޯ؟

ރައްޔިތުންގެ މަޖިލީހުގެ ގުރައިދޫ ދާއިރާގެ ބައި އިލެކްޝަންގައި އެމްޑީޕީގެ ފަރާތުން ވާދަކުރާނެ ފަރާތެއް ކަނޑައެޅުމަށް ބޭއްވޭ ޕްރައިމަރީގެ ވޯޓުލުން ފަށައިފިއެވެ.

އެމްޑީޕީގެ ގުރައިދޫ ދާއިރާ ބައި އިލެކްޝަން ޕްރައިމަރީ ވޯޓްލުން ކުރިއަށް ދާނީ ހަވީރު 17:00 އާއި ހަމައަށެވެ.

ޕްރައިމަރީގައި އެމްޑީޕީގެ ފަރާތުން ހަތަރު ކެންޑިޑޭޓަކު ވާދަކުރެއެވެ. އެ ފަރާތްތަކަކީ:

މުހައްމަދު މުސްތަފާ  ވިވިޑް  ކ މާފުށި

ސަލްމާން ރަޝީދު  މާފަރިވާގެ ކ މާފުށި

ޝާޒް ފައިވްރޯޒް  ކ ގުރައިދޫ

އަބްދުﷲ ސައީދު  ވެލި  / ކ މާފުށި

ގުރައިދޫ ދާއިރާގެ ބައި އިލެކްޝަންގައި އެމްޑީޕީގެ ފަރާތުން ވާދަ ކުރާނެ ކެންޑިޑޭޓަކު ހޮވުމަށް ބާއްވާ ޕްރައިމަރީ މާލެ އާއި  ގުރައިދޫ ދާއިރާގެ ރަށްތަކުގައި ކުރިއަށްދާ ކަމަށް ވަނީ ބުނެފައެވެ. އެގޮތުން ކ ގުޅީ ސްކޫލްގައި ވޯޓް ފޮއްޓަކާއި ކ މާފުށި ސްކޫލްގައި އެއް ވޯޓް ފޮށި ބެހެއްޓިފައިވާއިރު ކ ގުރައިދޫ ޒުވާނުންގެ މަރުކަޒުގައި ވެސް ވޯޓް ލުމަށް ވޯޓް ފޮއްޓެއް ވަނީ ބެހެއްޓިފައެވެ.

މީގެ އިތުުރުން މާލޭގައި އެމްޑީޕީގެ މައި ހަރުގޭގައި ގުރައިދޫ ދާއިރާގެ ޕްރައިމަރީގެ ވޯޓް ލުމަށް ވޯޓް ފޮއްޓެއް ބެހެއްޓިފައިވާ ކަމަށް އެމްޑީޕީއިން ވަނީ ބުނެފައެވެ.

ގުރައިދޫ ދާއިރާގެ ބައި އިލެކްޝަންގައި ވާދަކުރަނީ އެމްޑީޕީ އާއި ޕީޕީއެމްއެވެ.

ޕީޕީއެމްގެ ފަރާތުން ވާދަކުރަނީ ގުރައިދޫ ދާއިރާގެ މެމްބަރަކަށް ހުންނެވި އަލްމަރުހޫމް އިބްރާޙިމް ރިޒާގެ ކޮއްކޮ ހުސެއިން ރިޒާއެވެ.

ގުރައިދޫ ދާއިރާގެ ބައި އިލެކްޝަން ބޭއްވުމަށް ހަމަޖެހިފައިވަނީ އަންނަ އޭޕްރިލް މަހުގެ 15 ވަނަ ދުވަހުއެވެ.

ވަރަށް ގަދަ
100%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: