ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އައިޑީ ކާޑުގެ ޑިޒައިން ބަދަލުކުރަނީ

އައިޑީ ކާޑުގެ ޑިޒައިން ބަދަލުކުރަން އެންކްރީއާ އާއި ހަވާލުކުރުން
ޝެއާރކޮށްލާ ކަހަލަދޯ؟

ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑު (އައިޑީ ކާޑު)ގެ ޑިޒައިނަށް ބަދަލު ގެނައުމަށް ޑިޕާޓްމަންޓް އޮފް ނޭޝަނަލް ރަޖިސްޓްރޭޝަން (ޑީއެންއާރު) އިން ބަޔަކާއި ހަވާލުކޮށްފިއެވެ.

ޑީއެންއާރުން ބުނީ އައިޑީކާޑުގެ ޑިޒައިނަށް ބަދަލުގެނައުމަށް ހަވާލުކުރެވުނީ އައިޑީ ކާޑު ފަރުމާ ކުރުމަށް ހުޅުވާލެވުނު ފުރުސަތުގައި އެ އިދާރާ އަށް ހުށަހެޅި ޑިޒައިންތަކުގެ ތެރެއިން އެއްވަނަ ލިބުނު އަދި އެންމެ ރަނގަޅު ކުންފުނި ކަމަށްވާ އެންކްރިއާ ޕްރައިވެޓް ލިމިޓެޑަށް ކަމަށެވެ.

ޑީއެންއާރުން އެންކްރިއާ އާއި އެކު އައިޑީ ކާޑުގެ ޑިޒައިން ބަދަލުކުރުމުގެ އެއްބަސްވުމުގައި ސޮއިކޮށްފައިވާއިރު، ޑިޖިޓަލް އައިޑީ ކާޑު ތައާރަފް ކުރުމަށް ދަނީ ތައްޔާރުވަމުން ކަން ފާހަގަކޮށްލެވެއެވެ. އެގޮތުން ޒަމާނީ ސެކިއުރިޓީ ފީޗާސްތައް ހިމަނައިގެން ސްމާޓް ކާޑެއް އުފައްދައި ކުރިއަށް އޮތް ތަނުގައި ބޭނުންކުރެވިގެންދާނެ ކަމަށް ޑީއެންއާރުން ވަނީ ބުނެފައެވެ.

އައިޑީ ކާޑުގެ ޑިޒައިން ބަދަލުކުރުމަށް ޑީއެންއާރުން ނިންމާފައިވަނީ މިދިޔަ ފެބްރުއަރީ މަހުގެ ތެރޭގައި ރާއްޖޭގައި ޑިޖިޓަލް އައިޑެންޓިޓީ ނިޒާމެއް ގާއިމްކުރުމަށް ސަރުކާރުން ނިންމުމާއި ގުޅިގެންނެވެ.

މިހާރު ބޭނުންކުރަމުންދާ އައިޑީ ކާޑު 1984 ވަނަ އަހަރު ތައާރަފްކުރެއްވީ އޭރުގެ ރައީސް މައުމޫން އަބްދުލް ގައްޔޫމްގެ ވެރިކަމުގެ ތެރޭގައެވެ.

ރައީސުލް ޖުމުހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު އިސްވެވަޑައިގެން ދިވެހި ރާއްޖެއަށް ގެންނައުމަށް ނިންމަވާފައިވާ ތަރައްގީގެ މަޝްރުޢތަކުގެ ތެރެއިން ގާއިމު ކުރާ ޑިޖިޓަލް އައިޑީގެ ނިޒާމުގެ ދަށުން އެފަދައިން ބޭނުން ކުރެވޭނެ ޕްލެޓްފޯމެއް ފަރުމާކޮށް، އެ ޕްލެޓްފޯރމްގެ ބޭނުން ސްމާޓް ފޯނުތައް ފަދަ ވަސީލަތްތައް މެދުވެރިކޮށް ކުރެވޭނެ ފަދައިން އެޕްލިކޭޝަނެއް ތައާރަފް ކުރުމާއި ބައޯމެޓްރިކް އައިޑެންޓިފިކޭޝަންގެ ބޭނުން ކުރެވޭނެ ފަދަ ނިޒާމެއް ގާއިމުކޮށް، ޒަމާނީ މިންގަނޑަށް ސްމާޓް ނުވަތަ ކޮންޓެކްޓްލެސް ކާޑެއް ރައްޔިތުންނާއި ހަމައަށް ގެނެސްދިނުމަށް ވަނީ ހަމަޖެހިފައިއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: