ރައީސް އިބްރާހިމް މުހައްމަދު ސާލިހު އާއިއެކު ރިޔާސީ އިންތިހާބު ކާމިޔާބު ކުރުމަށް މަސައްކަތްކުރުމަށް އަދާލަތު ޕާޓީއިން ނިންމާފައިވާ ނިންމުމާއިމެދު ކުރީގެ ނައިބު ރައީސް އަދި ރައީސް ޔާމީންގެ ގާނޫނީ ވަކީލު ޑރ މުހައްމަދު ޖަމީލު ފާޑުވިދާޅުވެއްޖެއެވެ.
ފެއަރއެއްގައި ދިވެހިންތަކެއް ނަށަނިކޮށް ފެނިގެންދާ ވީޑިއޯއަކަށް ގިނަ އަދަދެއްގެ މީހުންގެ ފާޑުކިޔުންތައް އަމާޒުވަމުންދަނިކޮށް ޖަމީލުވަނީ އެނާ އެކަމާއިމެދު ދެކިވަޑައިގަންނަވާ ގޮތް ހިއްސާކުރައްވާފައެވެ. އޭނާ ވިދާޅުވީ، ދިވެހި ނެށުމެއްގެ ނަމުގައި ހުށައަޅާފައިވަނީ ”ޒާތެއްގެ ހުތުރު ވައްތަރު“ ތަކެއް ކަމަށެވެ.
ދިވެހި ނެށުމެކޭ ބުނެ ހުށަހެޅި ޒާތެއްގެ ހުތުރު ވައްތަރުތަކަކުން ޢަދާލަތުގެ ބައެއް ބޭފުޅުން ސެންސިޓިވް ވީކަމަށް ހެދެން އުޅުމުން ހަމަ ޙައިރާންވެއްޖެ! ބަލަ އާ އަހަރުވެސް ހަމަ ފާހަނގަކުރި. މިހާރު ބައިވަރު ލާދީނީ ކަންތައް އެބަ ހިނގާ. އެކަމަކު ތިޔަ ތިބީ ރ.އިބޫއަށް ބައިޢަތު ހިފައިގެން؟ pic.twitter.com/qzPN5Z8Tt3
— Mohamed Jameel Ahmed (@MJameelAhmed) March 11, 2023
އޭނާ އެކަމާއި ގުޅޭގޮތުން އަދާލަތު ޕާޓީގެ ބައެއް މެމްބަރުން ”ސެންސިޓިވް“ ވާ ކަމަށް ދެއްކުމައްޓަކައި މަސައްކަތްކުރަމުންދާކަމަށެވެ. އޭނާ ވިދާޅުވީ، ފެނިގެންދާ ކަންކަމާއިމެދު ހައިރާންވެވަޑައިގަންނަވާކަމަށެވެ. އޭނާ ވިދާޅުވީ، އޭ އަހަރުވެސް ފާހަގަކުރިކަމަށެވެ. އަދި މި ދައުރުގައި ގިނަ އަދަދެއްގެ ”ލާދީނީ“ ކަންކަން ހިނގަމުންދާކަމަށާއި އަދާލަތުން އެކަމާއި ދެކޮޅަށް ނުނުކުމެ ސަރުކާރާއިއެކު ތިބެނީތޯ ޖަމީލު ސުވާލުކުރެއްވިއެވެ.
ރައީސް ސާލިހުގެ ކޯލިޝަން ދައުވަތު އެންމެ ފުރަތަމަ ގަބޫލުކޮށްފައިވަނީ އަދާލަތުންނެވެ. މީގެ ކުރިންވެސް މި ދައުރުގެ ތެރޭގައި ހިނގަމުންދާ ބައެއް ކަންކަމާއިމެދު ހިތް ހަމަނުޖެހި މެމްބަރުންގެ ފާޑުކިޔުން ރައީސް އަދި އިސް ފަރާތްތަކަށް އަމާޒުވެފައިވާއިރު، އެ ނިންމުމާއި ގުޅިގެންވެސް ގިނަ ބަޔަކުވަނީ އަދާލަތަށް ފާޑުކިޔާފައެވެ.
އަދާލަތަށް ފަހު ރައީސް ސާލިހާއިއެކު ކޯލިޝަން ހެދުމަށް އެއްބަސްވެފައިވަނީ އެމްޑީއޭއިންނެވެ. އެ ޕާޓީގައި ކުރިން ތިބިކަމަށް ފާހަގަކުރެއްވިފައިވާ މެމްބަރުން މިހާރު އެ ޕާޓީއާއިމެދު ހިތްހަމަނުޖެހުންތައް ހުރިކަން ހާމަކުރަމުންނެވެ.

