ރާއްޖޭގައި ސިޔާސީ މަސްރަހުގެ ތެރެއިން ފާހަގަކުރެއްވޭ އެންމެ ބޮޑު ދެ މައްސަލައަކީ އެކަކު އަނެކަކުގެ ބޮލުގައި ތުހުމަތުތައް އެޅުވުމާއި ދޮގު ހުވާތައް ކުރުންކަމަށް މަޖިލީހުގެ މަރަދޫ ދާއިރާގެ މެމްބަރު އިބްރާހިމް ޝަރީފް ވިދާޅުވެއްޖެއެވެ.
ރައީސް ސާލިހަށް ދެވަަނަ ދައުރަކަށް ވޯޓުދެއްވުމަށް ތައްޔާރަށް ހުންނެވިކަމަށް ފާހަގަކުރައްވާ ކުރެއްވި ޓްވީޓެއްގައި ޝަރީފްވަނީ ރާއްޖޭގެ ސިޔާސީ މައިދާނުގައި ބޮޑެތި މައްސަލަތައް ހުރިކަން ފާހަގަކުރައްވާފައެވެ. އެނާ ވިދާޅުވީ، އެންމެ ބޮޑު މައްސަލަތަކަކީ، ތުހުމަތެއް ކުރެވުމުން އަނބުރާ އަނެކާގެ ބޮލުގައިވެސް ތުހުމަތު އެޅުވުމުގެ މައްސަލައާއި އަދި ފުއްދައިނުދެވޭނެ ނުވަތަ ކޮށްދެވެން ނެތްކަންކަން ކޮށްދިނުމަށް ހުއާ ކުރުންކަމަށެވެ.
Recrimination n false promises r the biggest problem in our political discourse.Some political leaders want power at any cost.@ibusolih is among the few political leaders who speak the truth n work hard to deliver on his promises. This is why I will vote for him for a second term
— Ibrahim Shareef (@AdduShareef) March 12, 2023
އޭނާ ވިދާޅުވީ، ރާއްޖޭގެ ބައެއް ސިޔާސީ އިސްވެރިންނަކީ ކޮންމެ ހާލަތެއްގައިވެސް ބާރު ބޭނުންވާ ބައެއްކަމަށެވެ. އެހެންނަމަވެސް ރައީސް ސާލިހަކީ، ތެދުބަސް ވިދާޅުވާ ވައުދުތައް ފުއްދެވުމަށް ބުރަ މަސައްކަތްތަކެއް ކުރައްވާ މަދު ލީޑަރުންގެ ތެރެއިން އެކަކުކަމަށް ޝަރީފް ވިދާޅުވިއެވެ. އޭނާ ވިދާޅުވީ، ރައީސް އަށް ދެވަނަ ދައުރަކަށް ވޯޓު ދެއްވާނީ އެ ސަބަބާއި ގުޅިގެންކަމަށް ޝަރީފް ވިދާޅުވިއެވެ.
މީގެ އިތުރުން ޝަރީފް ވަނީ މިހާރު އެމްޑީޕީގެ ތެރޭގައި އުފެދިފައިވާ މައްސަލަތަކާއިމެދު އެނާ ކަންބޮޑުވެވަޑައިގަންނަވާކަންވެސް ހާމަކުރައްވާފައެވެ. އޭނާ ވިދާޅުވީ، ކުދި މައްސަލަތައް އެއްފަރާތްކޮށް ސިޔާސީ ފިކުރުތައްވެސް އެއް ފަރާތްކުރަންވީ ވަގުތު ޖެހިފައިވާކަމަށެވެ.
ޝަރީފް ވިދާޅުވި ގޮތުގައި އެންމެނަށްވެސް ރަނގަޅު ދިރިއުޅުމެއް ކަށަވަރުކުރުމަށް އެކުގައި މަސައްކަތްކުރަންވީ ވަގުތު އައިސްމިވަނީޖެހިފައެވެ. އެހެންނަމަވެސް ބައެއް ލީޑަރުން ބާރު ހޯދުމަށް އޮންނަ ދަހިވެތިވުމުންނާއި ޒިންމާދާރުކަން ކުޑަވުމުން އެކަމަށް ހުރަސްތަކެއް އަޅަމުންދާކަމަށް ޝަރީފް ފާހަގަކުރެއްވިއެވެ.

