ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ހުޅުމާލޭގެ ދެ ފޭސް ގުޅޭ ސަރަހައްދުގައި ކެފޭ ރެސްޓޯރެންޓު ގާއިމުކުރަނީ

ކެފޭ އަދި ރެސްޓޯރަންޓްތައް ބިނާ ކުރުމަށް ސޮއިކުރުމުގެ ރަސްމިއްޔާތުގެ ތެރެއިން: ފޮޓޯ/ އެޗްޑީސީ
ޝެއާރކޮށްލާ ކަހަލަދޯ؟

ރާއްޖެއަށް އިގްތިސާދީ މަންފާތަކެއް ހާސިލުކޮށްދިނުމަށްޓަކައި އެޗްޑީސީ އިން ހިންގަމުންދާ އާބަން ބޮލަވާޑް މަޝްރޫޢުގެ ތެރޭގައި ހިމެނޭ ކެފޭ އަދި ރެސްޓޯރަންޓުތައް ބިނާކުރުމަށްޓަކައި 6 ފަރާތަކާއިއެކު އެއްބަސްވުންތަކުގައި ސޮއިކޮށްފިއެވެ.

އެޗްޑީސީ އިން ބުނެފައިވާގޮތުން، އެ ކުންފުނިން ދަނީ ހުޅުމާލެގެ ދެ ފޭސް ގުޅޭ ސަރަހައްދު ތަރައްގީކުރުމުގެ އަމަލީ މަސައްކަތްތައް ކުރަމުންނެވެ. އެގޮތުން އާބަން ބޮލުވާޑު މަޝްރޫޢުގެ ދަށުން ރެސްޓޯރަންޓުތަކާއި ކެފޭތައް ބިނާކުރުމަށްޓަކައި ތަޖުރިބާކާރުންނާއި ނަން މަޝްހޫރު ފަރާތްތައްވެސް ހިމެނޭހެން 6 ފަރާތަކާއިއެކު އެއްބަސްވުންތަކެއް ގާއިމު ކުރެވިފައިވާކަމަށް ބުނެފައިވެއެވެ.

އެޗްޑީސީއިން ބުނެފައިވާގޮތުން އެ ކުންފުނިންވަނީ ބްރަދާސް ކޭޓަރިންގް، ރެފްކޫލް، ސެލްސިއަސް ޕްރައިވެޓު ލިމިޓެޑްގެ އިތުރުން މިސްރާބު ޕްރައިވެޓު ލިމިޓެޑާއިއެކުވެސް ކެފޭ ބިނާ ކުރުމަށް އެއްބަސްވުންތަކުގައި ސޮއިކޮށްފައިކަމަށެވެ. އަދި ޑައިންމޯގެ އައުޓްލެޓެއް ގާއިމު ކުރުމަށްވެސް ކަނޑައެޅިފައިވާއިރު ޑްރީމްސް ޕްރައިވެޓު ލިމިޓެޑްގެ ފަރާތުން ބައިނަލްއަގުވާމީ ފްރެންޗައިޒްއެއްކަމަށް ވާ ކެނީ ރޮޖާޒް ރޯސްޓާރޒްގެ އައުޓްލެޓެއް ބިނާ ކުރުމަށްވެސް އެއްބަސްވެފައިވާކަމަށް ފާހަގަކޮށްފައިވެއެވެ.

އެ ކުންފުނިން ބުނެފައިވާގޮތުން ދިރިއުޅޭ ފަރާތްތަކަށާއި އެކި ކަންކަމުގައި ޒިޔާރަތްކުރާ ފަރާތްތަކަށްވެސް އާއިލާ އަދި ރަހުމަތްތެރިންނާއިއެކު ވަގުތު ހޭދަކޮށްލުމަށް އާބަން ބޮލުވާޑު މަގުބޫލު ސަރަހައްދަކަށް ވެގެންދާނެކަމަށް ބެލެވޭކަމަށެވެ. އަދި އައުޓްޑޯ ޖިމް އާއި ކުޑަކުދިންގެ ޕާކު ފަދަ ގިނަ ވަސީލަތްތަކާއިއެކު އެ ސަރަހައްދު ތަރައްގީކޮށް ނިމުމުން ހުޅުމާލޭގެ ބީޗުތަކުގައި ކެފޭތައް ނެތުމުގެ މައްސަލައަށްވެސް ދާއިމީ ހައްލެއް ލިބިގެންދާނެކަމަށް ގަބޫލުކުރެވޭކަމަށެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: