ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އެމްޑީޕީގެ މާހެފުން ގަޑީގައި، ނަޝީދު އިންތިޒާމު ކުރާ ވަކި މާހެފުމެއް!

އެމްޑީޕީގެ ރައީސް، އަދި މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު/ ފޮޓޯ: އަވަސް
ޝެއާރކޮށްލާ ކަހަލަދޯ؟

އެމްޑީޕީން މާހެފުމެއް އިންތިޒާމުކޮށްފައި ވަނިކޮށް، އެއްވަގުތަކަށް ޕާޓީގެ ރައީސް މުހައްމަދު ނަޝީދު ވެސް ވަކި މާހެފުމެއް ބޭއްވުމަށް ނިންމަވައި ދައުވަތުތައް ފޮނުއްވައިފި އެވެ.

މާދަމާ ރޭ 20:00 ގައި އެމްޑީޕީން މާހެފުން ބާއްވަނީ، ޕާޓީގެ ހަރުގޭގައި މާލޭގެ ދާއިރާތަކުގެ އާއްމު މެމްބަރުންނަށެވެ. ރައީސް ނަޝީދުގެ ޓީމުން ކުރި އިއުލާނުގައި ވާގޮތުން ރައީސް ނަޝީދު ބައިވެރިވެވަޑައިގަންނަވާ މާހެފުން އޮތީ މާދަމާ ރޭ 20:15 ގައި ދޮން މަނިކް ރެސްޓޯރަންޓުގަ އެވެ.

މި މާހެފުމުގައި ބައިވެރިވުމަށް، ދައުވަތު ދީ ހާއްސަ ހަރަކާތްތަކެއް ވެސް ދަނީ ހިންގަމުންނެވެ.

އެމްޑީޕީގެ ރިޔާސީ ޕްރައިމެރީގެ ނަތީޖާއަށް ފަހު، ރައީސް ނަޝީދު ގެންދަވަނީ ވަކި ގޮތްޕެއް ހެދުމުގެ މަސައްކަތް ކުރައްވަމުންނެވެ. ފިކުރެއްގެ ދިރުންގެ ނަމުގައި އެ ހަރަކާތްތައް ކުރިޔަށް ގެންދިއުމަށް ނިންމައި، ސޮއި ކުރުން ކުރިޔަށް ދިޔަ ނަމަވެސް ފަހަކަށް އައިސް އޭގެ އަޑު ވަރަށް ބޮޑަށް ވަނީ މަޑުވެފަ އެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 75%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 25%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: