ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ވަރުގަދަ ސިޔާސީ ލީޑަރުންނަށް އިންތިހާބުގައި ވާދަކުރަން ނުކެރޭ ވަރަށް ހުށައެޅުންތައް ހުށައަޅާ: އާދަމް ޝަރީފް

މަޑުއްވަރީ ދާއިރާގެ މެމްބަރު އާދަމް ޝަރީފް އުމަރު
ޝެއާރކޮށްލާ ކަހަލަދޯ؟

ސަރުކާރުން ދަނީ ވަރުގަދަ ސިޔާސީ ލީޑަރުންނަށް އިންތިހާބުގައި ވާދަކުރަން ނުކެރޭ ވަރަށް ދައުލަތުގެ ބައިތުލްމާލުން ހުށައެޅުންތައް ހުށައަޅަމުންކަމަށް މަޑުއްވަރީ ދާއިރާގެ މެންބަރު އާދަމް ޝަރީފް އުމަރު ވިދާޅުވެއްޖެއެވެ.

އިންތިހާބުތަކާއި ބެހޭ ގާނޫނަށް ސަރުކާރުގެ ފަރާތުން ހުށައަޅުއްވާފައިވާ އިސްލާހާއި ގުޅިގެން ވާހަކަދައްކަވަމުން އާދަމް ޝަރީފް ވިދާޅުވީ އިންސާފުވެރިކަމާއިއެކު، އިހުލާސްތެރި ނިޔަތެއް ސަރުކާރުގައި އޮވެ، އިންތިހާބު ބާއްވާކަމުގައިވަނީނަމަ ފުރަތަމަ ކުރަންޖެހޭކަމަކީ މިހާރު އޮތް މަލްޓި ޕާޓީ ޑިމޮކްރަސީގައި ވާދަވެރި އޮޕޮޒިޝަން ކެނޑިޑޭޓަށް ވާދަކުރުމުގެ ފުރުސަތުދިނުންކަމަށެވެ. އަދި އޭނާ ގޮވާލީ އިދިކޮޅުގެ ރިޔާސީ ކެޑިޑޭޓު އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް މިނިވަންކުރުމަށެވެ.

މިހާރު މަޖިލީހަށް ހުށައަޅާފައި އޮތް ބިލުގައި ހުރި އިސްލާހުތަކަކުން މިނިވަން އިންސާފުވެރި އިންތިހާބެއް ނުބޭއްވޭނެކަމަށް އާދަމް ޝަރީފް ވިދާޅުވިއެވެ. ރާއްޖޭގައި ތިއްބެވި ވަރުގަދަ ސިޔާސީ ލީޑަރުންނަށް އިންތިހާބުގައި ވާދަކުރަން ނުކެރޭވަރަށް ސަރުކާރުގެ ބައިތުލްމާލުން ހުށައެޅުންތައް ހުށައަޅައިގެން ކޯލިޝަން ހެދުމަށް މަސައްކަތްކުރާތަން ފެންނަކަމާށާއި، އެއީ ގަބޫލުކުރެވޭނެ ކަންކަމެއް ނޫންކަމަށް އާދަމް ޝަރީފް ވިދާޅުވިއެވެ.

 ހެންވޭރު ހުޅަނގު ދާއިރާގެ މެންބަރު ހަސަން ލަތީފްގެ ވާހަކައަށްފަހު އަޅުގަނޑު މިއަދު ވާހަކަދައްކަން ޖެހުނީމައި ކުޑަކޮށް އެބަ އުނދަގޫ ވާގޮތެއް އެބަވޭ. އެއީ އަޅުގަނޑުމެން ދެމީހުންވެސް ދައްކަން މި ޖެހެނީ އެއް ވާހަކައެއް. މި ވާހަކަތައް ދެއްކީމައި އަނެއްކާވެސް އެމްޑީޕީގެ ފިކުރެއްގެ ދިރުމުގެ ވާހަކަތައް ދައްކަނީކަމަށް ބެލެވޭ ގޮތްވުމަކީ އެކަށީގެންވާކަމެއް. އެހެން ނަމަވެސް މިއީ ނޯޓު ފޮނުވައިގެން ދައްކާ ވާހަކައެއް ނޫން.

2023 ވަނަ އަހަރުގެ ރިޔާސީ އިންތިހާބަށް ކޯލިޝަން ހެދުމަށް މަސައްކަތްކުރަމުންދާ ގޮތަށް ބެލުމުން ސަރުކާރުގެ އެއްވެސް ފިކުރެއް އަދި ވިސްނުމެއް ނެތްކަން ހާމަވަމުންދާކަމަށް ވިދާޅުވެ އާދަމް ޝަރީފް ފާހަގަކުރެއްވީ އީޔޫ މިޝަންއިން ރާއްޖެ އައުމުން އެމީހުންނާއި ބައްދަލުކޮށް، ސަރުކާރުން ދައުލަތުގެ ވަސީލަތްތައް އިންތިހާބުތަކަށް ނަހަމަ ގޮތުގައި ބޭނުންކުރާ ވާހަކަ ހިއްސާކުރައްވާފައިވާކަމަށެވެ. މިއީ ކޮންމެ އިންތިހާބެއްގައި ސަރުކާރުން ހިންގާ ކަމެއްކަމަށާއި، ނަމަވެސް އިންތިހާބުތަކާއި ބެހޭ ގާނޫނަށް އިސްލާހު ހުށައެޅިއިރު އެކަމަށް ރިޔާއަތްކޮށްފައި ނެތްކަމަށް ވިދާޅުވެ އާދަމް ޝަރީފް ވަނީ ކަންބޮޑުވުން ފާޅުކުރައްވާފައެވެ.

އާދަމް ޝަރީފް ވިދާޅުވީ ސަރުކާރު ކުންފުނިތައް ބަނގުރޫޓުވާ މިންވަރަށް އިންތިހާބުތަކާއި ގުޅުވާ ވަޒީފާ ބަހާކަމަށާއި، އަދި އެއީ ބިނާކުރަނިވި، އުފެންދުތެރި ނަތީޖާއެއް ނެރެވޭނެ ވަޒީފާތަކެއް ނޫންކަމަށެވެ.

އާދަމް ޝަރީފް ވިދާޅުވީ ބަޔަކު އިންތިހާބު ވަގަށް ނަގަން މަސައްކަތްކުރަމުންދާކަމުގެ މައުލޫމާތު އިންތިހާބުތަކާއި ކައިރިވުމުން ލިބޭކަމަށެވެ. ނަމަވެސް މިފަދަ ތަހުޒީބީ ޒަމާނެއްގައި ޓެކްނޮލޮޖީ މެދުވެރިކޮށް އެކަމުން ރައްކާތެރިވެވޭނެ ގޮތެއް މި ބިލުގައި ހުށައަޅާފައި ނެތުމަކީ ކަންބޮޑުވުމެއްކަމަށް ފާހަގަކުރެއްވިއެވެ. 2023 ވަނަ އަހަރުގެ ރިޔާސީ އިންތިހާބުގައި ސަރުކާރާއި ދެކޮޅަށް ވޯޓު ދިން ނަމަވެސް ނަތީޖާއެއް ނެރެވޭނެކަމާއިމެދު ބިރުވެރިކަން އެބަ އޮތްކަމަށް ވިދާޅުވިއެވެ.

މި އިސްލާހުގައި ނޫސްވެރިން އިންތިހާބުތައް ކުރިއަށްދާ ސަރަހައްދުގައި ހަރަކާތްތެރިވާ ގޮތަށް އިސްލާހު ހުށައަޅާފައިވާތީ އާދަމް ޝަރީފް ވިދާޅުވީ މިހާރު ހުށައަޅާފައި އޮތް އިސްލާހުގެ ސަބަބުން މީޑިއާތަކަށް ރައްޔިތުންނަށް އިންތިހާބުތަހާއި ގުޅިގެން ރަނގަޅު ތަސައްވަރެއް ގެނެސްނުދެވޭނެކަމަށެވެ.

އާދަމް ޝަރީފް ވިދާޅުވީ މިއީ އެމްޑީޕީގެ ”ފިކުރެއްގެ ދިރުން“ އިން އަންގައިގެން ދައްކާ ވާހަކަތަކެއް ނޫންކަމަށާއި، މިއީ އޭނާގެ ޝުއޫރުތައްކަމަށެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: