ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

މާލޭގެ ގެއެއްގެ ފަސްވަނަ ބުރިން ކުޑަކުއްޖަކު ވެއްޓި މަރުވެއްޖެ

ވެރިރަށް މާލެ ސިޓީ.
ޝެއާރކޮށްލާ ކަހަލަދޯ؟

މާލޭގެ ގެއެއްގެ ފަސްވަނަ ބުރިން ކުޑަކުއްޖަކު ވެއްޓި، ނިޔާވެއްޖެއެވެ.

ފުލުހުން ބުނި ގޮތުގައި އެހާދިސާ ހިނގާފައިވަނީ ރޭ މެންދަމު 12:30 ހާއިރުއެވެ.

ފުލުހުން ބުނިގޮތުގައި ހެންވޭރު ގެއެއްގެ ފަސްވަނަ ފަންގިފިލާއިން ހަތަރު އަހަރުގެ ކުޑަކުއްޖަކު ވެއްޓުމާއި ގުޅިގެން، އެކުއްޖާ ވަނީ އޭޑީކޭ ހޮސްޕިޓަލަށްގެންދެވި ފަރުވާދޭން ފެށިފައެވެ.

އެކުއްޖާ ނިޔާވެފައިވަނީ އޭޑީކޭގައި ފަރުވާދެމުންދަނިކޮށެވެ. އަދި އެ މައްސަލަ ފުލުހުން ދަނީ އިތުރަށް ތަހުގީގް ކުރަމުންނެވެ.

މާލޭގައި  ގޭގެ އާއި އުސް އިމާރާތްތަކުން ވެއްޓި އެކި ވަރުގެ އަނިޔާ ލިބުމުގެ އިތުރުން ނިޔާވުންފަދަ ހިތާމަވެރި ހާދިސާތައް މީގެ ކުރީގައިވެސް ހިނގާފައިވެއެވެ. އެފަދަ ހާދިސާތަކުގައި މަގުމައްޗަށް ވެއްޓިފައި ވަނީ ބެލްކަނިން ނުވަތަ ވައިގޮޅިންކަން ފާހަގަކޮށްލެވެއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: