ދިވެހިރާއްޖެއަކީ ދުނިޔޭގެ އެކި ގައުމުތަކުން ޓުއަރިޒަމް ކުރިއަރުވަން ބަލާ މިންގަނޑުކަމަށް ޓޫރިޒަމް މިނިސްޓަރު ޑރ އަބްދުﷲ މައުސޫމް ވިދާޅުވެއްޖެއެވެ.
ޑރ މައުސޫމް ވިދާޅުވީ ދިވެހިރާއްޖެ ވަނީ ވޯލްޑް ޓްރެވަލް އެވޯޑަސް އިން ވޯލްޑް ލީޑިންގ ޑެސްޓިނޭޝަންގެ އެވޯޑް 2020، 2021 އަދި 20222 ވަނަ އަހަރު ހޯދާފައި ކަމަށާއި އެކަމާ އެއްވެސް ބަޔަކު ހަސަދަވެރިވާނަމަ އެބަޔަކު ލޯގަނޑެއް ކުރިމައްޗަށް ހުއްޓިހުރެ އަމިއްލަ ނަފްސަށް ބަލާލުން ރަނގަޅުވާނެ ކަމަށް މައުސޫމް ވަނީ ވިދާޅުވެފައެވެ.
މައުސޫމް އެހެން ވިދާޅުވެފައިވަނީ ލަންކާގެ ޓޫރިޒަމް މިނިސްޓަރު ހެރިން ފެނާންޑޯ ރާއްޖޭގެ ޓޯރިޒަމް އާއި ބެހޭ ގޮތުން ދެއްކި ވާހަކައިގެ ރައްދުގައިކަން ފާހަގަކޮށްލެވެއެވެ. ހެރިން ފެނާންޑޯގެ ވާހަކައިގައި ދިވެހިރާއްޖެއަށް ފަތުރުވެރިން ހަމައެކަނި އަންނަނީ ބީޗް ތަޖުރިބާ ކޮށްލުމަށާއި ރާއްޖޭގައި ފަތުރުވެރިން ގިނަވެެގެން ހޭދަކުރަނީ ގާތްގަނޑަކަށް 5 ދުވަސް ކަމަށާއި އެހިސާބުން އެމީހުން ފޫހިވެ އިތުރަށް ކުރާނެ ކަމެއް ނޯންނާނެ ކަމަށެވެ.
ލަންކާގެ ޓޫރިޒަމް މިނިސްޓަރު ރާއްޖެއަށް ނިސްބަތް ކޮށް މަލާމާތުގެ ރާގަށް ވާހަކަ ދައްކާފައިވާތީ ސްރީލަންކާގެ ރައްޔިތުންނާއި ދިވެހި ރައްޔިތުންގެ ފަރާތުން ވަނީ ބޮޑެތި ފާޑުކިޔުންތަކެއް އަމާޒުވެފައެވެ.

