މާލޭގައި އިތުރު މާރާމާރީތަކެއް ހިންގުމަށް ގޭންގްތަކުން ރާވަމުންދާ ކަމަށް ފުލުހުން ބުނެފިއެވެ.
މާލޭގެ ފިހާރައެއްގެ ތެރޭގައި ހުރި މީހަކަށް ވަޅިން ހަމަލާދީ މަރާލި މައްސަލައިގައި ހައްޔަރުކުރި މީހާގެ ބަންދު މުއްދަތުޖެހުމަށް ކޯޓަށް ގެންދިޔަ އަޑުއެހުމުގައި ފުލުހުން ވަނީ މާލޭގައި އިތުރު މާރާމާރީ ހިންގުމަށް ރާވަމުންދާ ކަމަށް ބުނެފައެވެ.
ފިހާރައެއްގެ ތެރޭގައި ހުރި މީހެއްގެ ގަޔަށް ވަޅިން ހަމަލާދިން މައްސަލައިގައި ސިރުހާން އަލީގެ ބަންދުގެ އަޑުއެހުން ކުރިއަށް ގެންދިޔައިރު ކޯޓުން ވަނީ ޝަރީއަތް ނިމެންދެން އޭނާ ބަންދުކުރުމަށް އަމުރުކޮށްފައެވެ.
މި މާރާމާރީ އާއި ގުޅިގެން އަދި މިހާތަނަށް ފުލުހުން އިތުރު އެއްވެސް މައުލޫމާތެއް ހާމަކޮށްފައެއް ނުވެއެވެ.
ދާދި ފަހުން ހިނގާދިޔަ މާރާމާރީތަކާއި ގުޅިގެން ފުލުހުންގެ ބެލުމުގެ ދަށަށް ބައެއް މީހުން ވަނީ ގެންގޮސްފައެވެ.
މޭލެ ސަރަހައްދުގައާއި މާލޭގައި ގޭންގް ތަކުން ހިންގާ މާރާމާރީ އާއި ހަމަ ނުޖެހުން ހުއްޓުވައި ކޮންޓްރޯލް ކުރުމަށް ފުލުހުން ދަނީ މަސައްކަތް ކުރަމުންނެވެ.

