ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ރައީސް ޔާމީނަށް ސަރުކާރުން އަނިޔާ ކުރަނީ ތަރައްގީއަށް ހުރަސް އެޅުމަށް: ސެމްބެ

ޕީޕީއެމްއިން ބޭއްވި ޖަލްސާގައި ރައްޔިތުންގެ މަޖިލީހުގެ ފަރެސްމާތޮޑާ ދާއިރާ މެންބަރު ޙުސައިން މުޙައްމަދު ލަޠީފު (ސެމްބެ) ވާހަކަދައްކަވަނީ.
ޝެއާރކޮށްލާ ކަހަލަދޯ؟

އިދިކޮޅުގެ ރިޔާސީ ކެނޑިޑޭޓު ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމަށް އަނިޔާކުރަނީ  ގައުމުގެ ތަރައްގީއަށް ހުރަސް އަޅަންކަމަށް ރައްޔިތުންގެ މަޖިލީހުގެ ފަރެސްމާތޮޑާ ދާއިރާ މެންބަރު ޙުސައިން މުޙައްމަދު ލަޠީފު (ސެމްބެ) ވިދާޅުވެއްޖެއެވެ.

އިދިކޮޅު ކޮންގްރެސް ކޯލިޝަންގެ ފަރާތުން ރައީސް ޔާމީން މިނިވަންކުރުމަށް ގޮވާލާ ބާއްވަމުންގެންދާ ސިލްސިލް ޖަގަހަ ޖަލްސާތަކުގެ ތެރެއިން ރޭ ޕާޓީ އޮފީހުގައި އޮތް ޖަލްސާގައި ވާހަކަދައްކަވަމުން ޙުސައިން މުޙައްމަދު ލަޠީފު ވިދާޅުވީ މި ސަރުކާރުން ރައީސް ޔާމީންގެ މައްޗަށް 11 އަހަރުގެ ޖަލު ހުކުމެއް އިއްވާފައިވަނީ ރިޔާސީ އިންތިހާބު ކާމިޔާބުކުރުމުގެ މަގު ފަހިކުރުމަށްޓަކައިކަމަށެވެ. އެހެން ނަމަވެސް ކަންވެގެން ދާނެ ގޮތް ފެންނަމުންދާކަމަށް ވިދާޅުވިއެވެ.

”އެފަދަ ހަލާލުނޫން ކަންތައްތަކުގެ މަތީގައި ދެމިތިބޭ މީހުންނަށް ކަން ވެގެންދާނެ ގޮތް ދުނިޔެ މަތީގައިވެސް ފެނިގެންދާނެކަމުގެ ހެކިތައް އަޅުގަނޑުމެންނަސް ފެންނަމުން މިދަނީ.“ ސެމްބެ

އެގޮތުން މި ސަރުކާރުގެ ސުޕަ މެޖޯރިޓީ އޮތް މަޖިލީހުގެ ތެރޭގައިވެސް ހާލަތު އޮތީ ބަދަލުވެފައިކަމަށާއި، އެއް ބަޔަކު ތިބީ މާޔޫސްވެފައިކަމަށް ޙުސައިން މުޙައްމަދު ލަޠީފު ވިދާޅުވިއެވެ.

ޙުސައިން މުޙައްމަދު ލަޠީފު ވިދާޅުވީ ރައީސް ޔާމީން ވަރަށް އަވަހަށް މިނިވަންވާނެކަމުގެ ޔަގީންކަން އިދިކޮޅަށް އެބަ އޮތްކަމަށާއި، އަދި ހަމައެއާއިއެކު ރިޔާސީ އިންތިހާބު ކާމިޔާބު ކުރައްވާނީވެސް ރައީސް ޔާމީންކަމަށް ވިދާޅުވިއެވެ. އަދި ރައީސް ޔާމީން ޖަލުގެ ތޭރިތަކުގެ ތެރޭގައި އިންނަވާހާ ދުވަހު ރާއްޖޭގެ ރައްޔިތުން އެކަމާއިމެދު ހިތާމަ ފާޅުކުރާނެކަމަށާއި، އެކަން ރާއްޖޭގެ ހުރިހާ ހިސާބުތަކުން ފެންނަމުންދާކަމަށް ވިދާޅުވިއެވެ. ޙުސައިން މުޙައްމަދު ލަޠީފު ވިދާޅުވީ ސަރުކާރުން ރައީސް ޔާމީންއަށް އަނިޔާކުރަމުންދަނީ ތަރައްގީއަށް ހުރަސްއެޅުމަށްކަމަށެވެ.

ރައީސް ޔާމީން ވަޑައިގަތީ ރާއްޖެ ތަރައްގީކުރުމަށްޓަކައި މާސްޓާ ޕްލޭންއެއް ހިއްޕަވައިގެން ރައްޔިތުންގެ ފުދުންތެރިކަން އިތުރުކުރުމަށްޓަކައިކަމަށް ޙުސައިން މުޙައްމަދު ލަޠީފު ވިދާޅުވިއެވެ. ޙުސައިން މުޙައްމަދު ލަޠީފު ވިދާޅުވި ގޮތުގައި ރައީސުލްޖުމްހުރިއްޔާ އިބްރާހީމް މުހައްމަދު ސާލިހު އައު ސިޔާސަތެއް އަދި އައު ތަސައްވުރެވެސް ފެނިފައެއް ނެތެވެ. އެގޮތުން ފަރެސްމާތޮޑާ ދާއިރާގެ މަޝްރޫއުއަކީ 2021 ގައި ފެއްޓެވި މަޝްރޫއުއެއްކަމަށް އެއާޕޯޓު ހުޅުވުމުގެ ރަސްމިއްޔާތުގައި ފާހަގަކުރިކަމަށް ވިދާޅުވެ ޙުސައިން މުޙައްމަދު ލަޠީފު ވަނީ ސަރުކާރަށް ފާޑު ވިދާޅުވެފައެވެ. އެއީ ކަނޑައެޅިގެން ދޮގެއްކަމަށާއި، އެ މަޝްރޫއު ފެއްޓެވީ 2018 ވަނަ އަހަރު ރައިސް ޔާމީންގެ ވެރިކަމުގައިކަމަށް ވިދާޅުވިއެވެ. އަދި ފަރެސް އާއި މާތޮޑާ ގުޅޭތަން ހިއްކުމަށްވެސް ރައީސް ޔާމީން ބަޖެޓުކުރައްވާފައިވާކަމަށް ފާހަގަކޮށް ޙުސައިން މުޙައްމަދު ލަޠީފު ވިދާޅުވީ މި ސަރުކާރުން ބަޖެޓުވެސް ހޯދަނީ ފައިސާ ޗާޕުކޮށްގެންކަމަށެވެ.

ޙުސައިން މުޙައްމަދު ލަޠީފު ވިދާޅުވީ ސަރުކާރުގެ ތެރޭގައި ކަންކަން ހިނގާ ގޮތުގެ ވާނުވާ ރައީސް ސާލިހަށް އެނގިވަޑައިނުގަންނަވާކަމަށެވެ. އަދި އޭނާ ވަނީ ރައީސް ސާލިހުގެ އިސްތިއުފާއަށް ގޮވާލާފައެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: