ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ދަތުރުފަތުރުގެ ނިޒާމަށް އިންގިލާބީ ބަދަލެއް ގެނެސްދެއްވީ ރައީސް ސާލިހު: ނަހުލާ

ޓްރާންސްޕޯޓް މިނިސްޓަރު އާއިޝަތު ނަހުލާ
ޝެއާރކޮށްލާ ކަހަލަދޯ؟

ރައީސް އިބްރާހިމް މުހައްމަދު ސާލިހުގެ ޒައާމަތާއެކު ރާއްޖޭގެ ދަތުރުފަތުގެ ނިޒާމަށް އިންޤިލާބީ ހެޔޮ ބަދަލުތަކެއް އައިސްފައިވާކަމަށް މިނިސްޓަރ އޮފް ޓްރާންސްޕޯޓް އެންޑް ސިވިލް އޭވިއޭޝަން އައިޝަތު ނަހުލާ ވިދާޅުވެއްޖެއެވެ.

ފަރެސްމާތޮޑާ އެއާޕޯޓު ހުޅުވުމަށް ރޭ އެ އެއާޕޯޓުގައި ބޭއްވި ރަސްމިއްޔާތުގައި ނަހުލާ ވަނީ ފާއިތުވީ ހަތަރު އަހަރު ދުވަހުގެ ތެރޭގައި ރާއްޖޭގެ ދަތުރުފަތުރުގެ ނިޒާމަށް އައި ބަދަލާއިއެކު ރައްޔިތުންނަށް ލިބިގެންދިޔަ ލުއިފަސޭހަތަކަށް އަލިއަޅުއްވާލައްވައި ވާހަކަފުޅު ދައްކަވާފައެވެ.

އެގޮތުން ނަހުލާ ވިދާޅުވީ ރާއްޖެ އުފެދިފައިވާ ގޮތުން ހިންގުމުގެ ނިޒާމު ހަރުދަނާ ކުރުމަށް ކުރަންޖެހޭ އެންމެ މުހިންމު މަސައްކަތަކީ ރަނގަޅު ދަތުރުފަތުރުގެ ނިޒާމެއް ޤާއިމް ކުރުންކަމަށެވެ.

މާޒީގައި ކަނޑުމަގުން ކުރަމުންދިޔަ ދިގު ދަތުރުތައް ހައިސްޕީޑު ފެރީގެ ނިޒާމާއިއެކު ބަދަލުކޮށް، އުތުރާއި ދެކުނުގައި ވައިގެ މަގުން ފަސޭހަކަމާއިއެކު ދަތުރުކުރެވޭނެ ނިޒާމެއް މިއަދު ގާއިމްވެގެން ގޮސްފައިވާކަމީ މިކަމުގެ ހެޔޮބަދަލު މުޅި ރާޢްޖެއިން ފެންނަމުންދާ ކަމެއް

މިލިބުނު ފަސޭހައާއިއެކު އިޤްތިޞާދީ ގޮތުން އަތޮޅުތެރޭގެ ރަށްތަކަށް ފުދުންތެރިކަން އިތުރުވެ އެތައް ވަޒީފާތަކެއްވެސް ވަނީ އުފެދިގެން ގޮސްފައި

ރައްޔިތުންނަށް ފޯރުންތެރި އަދި ފަހި ދިރިއުޅުމެއް ގާއިމް ކުރެެވި  އަމިއްލަ ރަށުގައި ހުރެގެން ފައިދާ ހޯދޭން މަގު ތަނަވަސްވެގެން ގޮސްފައިވާ ކަމަށް ނަހުލާ ވިދާޅުވިއެވެ.

ރާއްޖޭގެ އިޤްތިޞާދު ހަލުވިކަމާއެކު ހިނގައި އުތުރާއި ދެކުނުގެ ރައްޔިތުންނަށް އެއް ހަމައެއްގައި ނަފާއާއި މަންފާ ލިބޭގޮތަށް މިއަދު އަތޮޅުތައް ބައްޓަން ކުރެވިފައިވާކަމަށެވެ.

މިކަންކަން އިންތިޒާމީ ގޮތެއްގައި ކުރިއަށް ގެންދަވައި މިބަދަލު ގެނެސްދެއްވި މޭސްތިރިއަކީ ރައީސް ސާލިހުކަމަށްވެސް ނަހުލާ ވިދާޅުވިއެވެ.

ނަހުލާގެ ވާހަކައިގައި ހުވަދު އަތޮޅު ދެކުނުބުރީ ފަރެސްމާތޮޑާގައި ގާއިމް ކުރެވިގެންދިޔަ އެއާޕޯޓާއިއެކު އެއް އަތޮޅެއްގައި އެންމެ ގިނަ އެއާޕޯޓް ހުޅުވުނު އަތޮޅަކަށް ހުވަދު އަތޮޅު ވެފައިވާކަމަށް ވިދާޅުވިއެވެ. އަދި އެކަމުގެ ސަބަބުން ހުވަދު އަތޮޅަށް މީގެ ކުރިން އިތުރުނުވާ އެތަކެއް ވަޒީފާއަކާއި، މާލީ އަދި އިގްތިސާދީ މަންފާ އެތައްގޮތަކުން ލިބިގެންދާނެކަމަށް  ނަހުލާ ވިދާޅުވިއެވެ.

ރާއްޖޭގެ ރައްޔިތުންނަށް ފަހި ދިރިއުޅުމެއް ހޯއްދަވައި ދެއްވާ، ގައުމު ބިނާކުރުމުގައި ތިޔަ ދައްކަވާ ސާބިތުކަމަށާއި އަޅުގަނޑުމެންނަށް މަނިކިުފާނު ދެއްވާ ހިތްވަރަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހަށް ދިވެހި ރައްޔިތުންގެ ނަމުގައި ފަށްފަށުން ޝުކުރު ދަންނަވަން

ނަހުލާ އަކީ ޖުމްހޫރީ ޕާޓީގެ ސްލޮޓެއްގައި ސަރުކާރުގެ ވަޒީރުކަމުގައި ހުންނެވި ބޭފުޅެކެވެ. ޖުމްހޫރީ ޕާޓީގެ ފަރާތުން ރިޔާސީ އިންތިހާބުގައި ވާދަކުރުމަށް ނިންމުމާއި ގުޅިގެން ރައީސް ސާލިހަށް ތާއީދު ކުރާ ގިނަ މަޖިލިސް މެމްބަރުން ބުނަމުންދަނީ ޖުމްހޫރީ ޕާާޓީގެ ސްލޮޓްގައި ސަރުކާރުގައި ތިބި މެމްބަރުން އަމިއްލައަށް އިސްތިއުފާ ދޭންޖެހޭ ކަމަށެވެ. ނަމަވެސް ޕާޓީގެ ލީޑަރު ގާސިމް އިބްރާޙިމް ވިދާޅުވީ އެއްބަސްވުމުގައި އޮތީ ފަސް އަހަރުގެ ދައުރު ނިމެންދެން ކޯލިޝަން ދެމެހެއްޓުމަށް ކަމަށާއި އެހެން ކަމުން ރައީސް ސާލިހްގެ މި ދައުރު ނިމެންދެން ޖުމްހޫރީ ޕާޓީގެ މެމްބަރުން ސަރުކާރުގެ ވަޒީފާތަކުން އިސްތިއުފާ ނުދީ ތިބޭނެ ކަމަށެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: