ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ތިޖޫރިން ވައްކަން ނުކުރާ ކަމަށް އެޗްޑީސީން ބުނެފި

އެޗްޑީސީ/ ފޮޓޯ:- އެމްވީ ޕްލަސް
ޝެއާރކޮށްލާ ކަހަލަދޯ؟

ހައުސިންގ ޑިވެލޮޕްމަންޓް ކޯޕްރޭޝަން (އެޗްޑީސީ)ގެ މުވައްޒަފަކު ވައްކަން ކުރިކަމަށް ބުނާ މައްސަލަ ތަހުގީގުކޮށް ބެލިއިރު، އޭނާ ތިޖޫރިން ވައްކަން ނުކުރާ ކަމަށް އެކޯޕަރޭޝަނުން ބުނެފިއެވެ.

އެޗްޑީސީން ބުނި ގޮތުގައި އެ މައްސަލަ ފުރަތަމަ ބަލަން ފެށީ އެ ކޯޕަރޭޝަންގެ މުވައްޒަފަކު އާއްމު ފަރާތަކުން ކުލީގެ ގޮތުގައި ދެއްކި ފައިސާ އަށް ރިސިޕްޓް ދިނުމަށްފަހު އެ ފައިސާ ރިކޮންސައިލްނުކޮށް އަމިއްލަ ބޭނުމަށް ނެގިކަން އެ ކޯޕަރޭޝަނަށް އެނގުމުން ކަމަށެވެ. އެ މައްސަލަގައި އެ މުވައްޒަފު އެކަމަށް އިއުތިރާފްވުމުން އޭނާ ވަޒީފާއިން ވަކި ކުރި ކަމަށް އެޗްޑީސީ އިން ބުނެފައިވއެވެ.

ފައިސާ ވަަގަށް ނެގި މައްސަލައިގެ ތަހުގީގު ކޮށް އިތުރަށް ބެލި ބެލުމުން އޮފީހުގައި ހުންނަ ސީސީޓީވީ ކެމެރާއިން ބެލިގޮތުގައި އެ މުވައްޒަފު ތިޖޫރިން ވައްކަން ނުކުރާ ކަމަށް އެޗްޑީސީގެ ބަޔާނުގައި ބުނެފައިއެވެ.

އެޗްޑީސީގައި ގާއިމް ކުރެވިފައިވަާ އިންޓާނަލް ކޮންޓްރޯލް އަދި އިންޓާނަލް އޮޑިޓް އުސޫލުގެ ތެރެއިން ވައްކަން ކުރުން ފަދަ އަމަލުތަކަށް ޖާގަ ނެތް ކަމަށްވެސް އެޗްޑީސީ އިން ވަނީ ބުނެފައެވެ. އަދި އެމައްސަލަ އެޗްޑިސީގެ މެނޭޖްމެންޓްގެ ސަމާލުކަމަށް އައިސްފައިވަނީ އޮޑިޓް އުސޫލުގެ ކޮންޓްރޯލްތައް ގާއިމްކުރެވިފައިވާތީ ކަމަށް އެޗްޑީސީން ވަނީ ބުނެފައެވެ.

ވައްކަން ކުރުމުގެ އަމަލު ކުންފުނިން އެންމެ ހަރުކަށި އިބާރާތުން ކުށްވެރިކޮށް އެފަދަ އަމަލު ހިންގާ މުވައްޒަފުންނާއި މެދު ވަގުތުން ފިޔަވަޅު އަޅާނެ ކަމަށްވެސް އެޗްޑީސީގެ ބަޔާނުގައި ވަނީ ބުނެފައެވެ.

 

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: