ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ކޯލިޝަން ރޫޅިދާނެ ކަމުގެ މަންޒަރުތައް ސިފަވާން ފަށައިފި!

ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާޙިމް އާއި ރައީސް އިބްރާޙިމް މުހައްމަދު ސާލިހް
ޝެއާރކޮށްލާ ކަހަލަދޯ؟

މިއަހަރުގެ ރިޔާސީ އިންތިހާބަކީ އެންމެ ފޯރިގަދަ އަދި ތާރީހީ ރިޔާސީ އިންތިހާބު ކަމަށް ގިނަ ފަރާތްތަކުން ދަނީ ބުނަމުންނެވެ.

މިއަހަރުގެ ރިޔާސީ އިންތިހާބުގައި ވާދަކުރާ ފަރާތްތަކުގެ ލިސްޓް ދިގުވެ ބައިވެރިން އިތުރުވަމުންދާއިރު އެންމެ ގިނަ ބައެއްގެ ސަމާލުކަން އަމާޒުވެފައިވަނީ ރިޔާސީ އިންތިހާބުގެ ފުރަތަމަ ބުރުން މޮޅުވާނެ ސިޔާސީ ޕާޓީ އަކާ ނުވަތަ ކެންޑިޑޭޓަކާ މެދުގައެވެ.

ރިޔާސީ އިންތިހާބުގައި ވާދަކުރާނެ ކަމަށް އެންމެ ފުރަތަމަ އިއުލާން ކުރި ސިޔާސީ ޕާޓީއެއްގެ ލީޑަރަކީ ކުރީގެ ރައީސް އަދި ޕީޕީއެމްގެ ރައީސް އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމެވެ. ނަމަވެސް އެމަނިކުފާނުގެ މައްޗަށް މަނީ ލޯންޑަރިންގ ކުށް ސާބިތުވެ 11 އަހަރު ދުވަހަށް ޖަލަށް ލެވިގެން ދިޔައީ ކެމްޕޭން ދަތުރުތައް ފެށިތަނާ ހެންނެވެ. އެކަމާ ގުޅިގެން އިދިކޮޅު ޕީޕީއެމް އަށް މިއަދު ޖެހިފައިވަނީ ލީޑަރު މިނިވަންކުރަން ލީޑަރުގެ ދިފާއުގައި މުޒާހަރާކޮށް އެއްވުންތައް ބާއްވާށެވެ.

އެ ހާލަތަކީ އެމްޑީޕީ އަށް 2018 ވަނަ އަހަރުގައި ކުރިމަތިވި ހާލަތެވެ. 2018 ވަނަ އަަހަރު އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓްކަން ކުރީގެ ރައީސް މުހައްމަދު ނަޝީދަށް ދިނުމަށްފަހު މިހާރުގެ ރައީސް އިބްރާހިމް މުހައްމަދު ސާލިހް އާއި ހަވާލުކުރަން ޖެހުނީ ރައީސް ނަޝީދުގެ މައްޗަށް 13 އަހަރު ދުވަހުގެ ޖަލު ހުކުމެއް ކޮށްފައިވާތީއެވެ.

އެމްޑީޕީ އިން 2018 ވަނަ އަހަރު ރައީސް އިބްރާހިމް މުހައްމަދު ސާލިހް އިންތިހާބު ކުރެވިގެން ދިޔައެވެ. 2018 ވަނަ އަހަރު ރައީސް ސާލިހް އިންތިހާބު ވެގެންދިޔައީ އިދިކޮޅުގެ ގިނަ ޕާޓީތަކުގެ އެހީތެރިކަމާއެކުގައެވެ. އޭގެ ތެރޭގައި އަދާލަތު ޕާޓީ އާއި އެމްއާރުއެމް އާއި ޖުމްހޫރީ ޕާޓީ ހިމެނެއެެވެ.

ވެރިކަން ލިބިގެން ވަޒީފާތައް ހަމަހަމަ އަށް ބަހާލެވިގެން ދިޔައެވެ. ކޯލިޝަންގައި ހިމެނޭ ޕާޓީތައް ކަމަށްވާ އަދާލަތު ޕާޓީ އާއި ޖުމްހޫރީ ޕާޓީ އާއި މޯލްޑިވްސް ރިފޯމް މޫވްމަންޓް (އެމްއާރުއެމް) ގެ ބޭފުޅުންނަށް ސަރުކާރުގެ އެކި ވުޒާރާތަކުން އެކި މަގާމްތައް ދެވިގެން ދިޔައެވެ.

ސަރުކާރާއެކު 4 އަހަރު ވަންދެން ހުރިހާ ޕާޓީތަކަކުން ވެސް ބަދަހި ގުޅުމެއް ބާއްވައި ސަރުކާރު ދިފާއު ކުރުމަށް މަސައްކަތް ތަކެއް ކުރިއެވެ.

ސަރުކާރުގެ ވުޒާރާ ތަކަށް ބަލާއިރު ޖުމްހޫރީ ޕާޓީ އަށް ޓްރާންސްޕޯޓް މިނިސްޓްރީ އާއި ޓުއަރިޒަމް މިނިސްޓްރީ އިން ގިނަ މަގާމް ތަކެއް ދީފައިވެއެވެ.

ގައުމުގެ ނައިބު ރައީސް ކަމުގައި ވެސް ހުރީ ޖުމްހޫރީ ޕާޓީގެ ބޭފުޅެކެވެ. ނައިބު ރައީސް ފައިސަލް ނަސީމް އަކީ ޖުމްހޫރީ ޕާޓީގެ ސްލޮޓްގައި ސަރުކާރު ތަމްސީލް ކުރައްވަމުން ގެންދަވާ ބޭފުޅެކެވެ. ނަމަވެސް މި ސަރުކާރުގެ ސިޔާސަތު ތަކަށް ތާއީސު ކޮށް ޖުމްހޫރީ ޕާޓީ އާއި ފެއަށް ޖެހި އެމްޑީޕީ އާއި ތާއީދުކުރާ ކަމުގެ ތުހުމަތު ތައް ޖޭޕީ އިން ފައިސަލްގެ މައްޗަށް ވަނީ އުފުލާފައެވެ.

މިއަދު ސަރުކާރުގެ ފަރާތުން ހާއްސަ ކޮށް އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް ރައީސް ސާލިހަށް ތާއީދު ކުރަމުންދާ މަޖިިލިސް މެމްބަރުންނަށް ޖުމްހޫރީ ޕާޓީ ވަރުގެ ގޯސް ޕާޓީ އެއް ނެތުމަކީ ހައިރާންވާންޖެހޭ ކަމެއް ނޫނެވެ. އެތަކެއް ދުވަހެއް ވަންދެން ކުރި އިންރިޒާރު ހަގީގަތަކަށް ނުވެ ދިޔައީ އެވެ.

ޖުމްހޫރީ ޕާޓީގެ ފަރާތުން އެމްޑީޕީގެ ކޯލިޝަނާއި އެކު ކުރިއަށް ދިއުމުގެ ބަދަލުގައި އެކަނި ރިޔާސީ އިންތިހާބަށް ނިކުތުން ވެގެން ދިޔައި ވާދަވެރި ފަރާތްތަކަށް ކުއްލި ޝޮކެއް އަދި ސިހުމެއް ގެނެސްދިން އިންގިލާބަކަށެވެ.

މިއަދު ރައީސް ސާލިހް އާއި އެކު ކޯލިޝަންގައި ތިބި ދެ ޕާޓީ އަކީ ސިޔާސީ ގޮތުން މާ ބޮޑު ބުރަދަނެއް ހުރި ދެ ޕާޓީޢެއް ކަމަށް ގިނަ ބަޔަކު ގަބޫލެއް ނުކުރެއެވެ. ސަބަބަކީ މެމްބަރުންގެ އަދަދު މަދުކަމާއި މަޖިލީހުގައި އެދެ ޕަޓީގެ ގޮނޑިތައް މަދުވުމެވެ.

ރައީސް ސާލިހް އާއި އެކު ކޯލިޝަންގައި ތިބި މޯލްޑިވްސް ޑިވޮލަޕްމަންޓް އެލަޔަންސް (އެމްޑީއޭ) އަކީ ނިސްބަތުން ކުޑަ ޕާޓީއެކެވެ. އަދި މަޖިލީހުގައި އެމްޑީގޭ ގެ ދެ ގޮނޑި ތަމްސީލުކުރަމުންދާއިރު އަދާލަތު ޕާޓީގެ އެއްވެސް ގޮނޑިއެއް މަޖިލީހުގައި ނެތެވެ. އެހެންކަމުން އެދެޕާޓީ އަދި ކޯލިޝަންގައި އޮތް ނަމަވެސް މާގިނަ ވޯޓް ލިބިދާނެ ކަމަށް ގަބޫލުކުރަން ގިނަ ބަޔަކަށް ދަތިވަނީ އެވެ.

ޖުމްހޫރީ ޕާޓީ އާއި ޕީޕީއެމް އަށް ބަލައިލާއިރު އެދެ ޕާޓީގައި މަޖިލިސްގެ ގޮނޑިތައް އަދަދުގެ ގޮތުން ގިނައެވެ. ޕީޕީއެމް އަދި ޕީއެންސީގެ 7 ވަރަކަށް މެމްބަރުން ތިބިއިރު ޖުމްހޫރީ ޕާޓީގެ ވެސް ގޮނޑިތައް މަޖިލީހުގައި ގިނައެވެ. ވެރިކަން ކުރާ މައި ޕާޓީ އެމްޑީޕީ އަށް ފަހު ދެން މަޖިލީހުގައި އެންމެ ގިނަ ގޮނޑި ތަމްސީލް ކުރަނީ އިދިކޮޅުންނެވެ. މައިނޯރިޓީ ލީޑަރުކަން އިދިކޮޅަށް ލިބިފައިވަނީ އެ ސަބަބަށް ޓަކައެވެ.

މިއަދު އިދިކޮޅު ޕީޕީޢެމް އަށް ދިމާވެފައިވާ އެންމެ ބޮޑު ހިތްދަތިކަމަކީ އެޕާޓީގެ ރައީސް އަދި އިދިކޮޅުގެ ލީޑަރު ކުރީގެ ރައީސް އަބްދުﷲ ޔާމީން ޖަލު ހުކުމެއް ތަންފީޒް ކުރަމުން ގެންދަވާ ކަމެވެ. އެހެން ކަމުން ރިޔާސީ މި އިންތިހާބާއި ކުރިމަތިވާއިރު ޕީޕީއެމް އަދި ޕީއެމްސީ އަށް ޖެހިފައިވަނީ އެމީހުންގެ ލީޑަރު މިނިވަން ކުރާށެވެ.

ރައީސް ޔާމީން މިނިވަން ކުރުމަށް ކެނޑިނޭޅި މަސައްކަތްތައް ކުރެވެމުން ދެއެވެ. އިދިކޮޅުން ގަބޫލު ކުރާ ގޮތުގައި މިއަހަރުގެ ރިޔާސީ އިންތިހާބުގައި ރައީސް ޔާމީން އަށް ވާދަ ކުރެވޭނެއެވެ. ނަމަވެސް ރިޔާސީ އިންތިހާބަށް ކުރިމަތިލާ ކެންޑިޑޭޓެއް ވާންޖެހެނީ އެއްވެސް ސާބިތު ދަރަންޏެއް ނެތް ފަރާތަކަށެވެ. އެހެން ކަމުން ރިޔާސީ ކެންޑިޑޭޓްގެ ކިބައިގައި ހުންނަން ޖެހޭ ޝަރުތުތަކުގެ ތެރެއިން އެއް ޝަރުތު ވަނީ ޔާމީންގެ ކިބައިން އުނިވެފައެވެ.

ޖުމްހޫރީ ޕާޓީގެ ފަރާތުން މިއަހަރުގެ ރިޔާސީ އިންތިހާބުގައި ވާދަކުރުމުގެ މައިގަނޑު އެއް ސަބަބެއްގެ ގޮތުގައި އެ ޕާޓީއިން ބުނީ އިދިކޮޅުގެ ރިޔާސީ ކެންޑިޑޭޓް ޖަލުގައި އޮތުމުން މިއަހަރުގެ އިންތިހާބު ކާމިޔާބު ކުރުމަށް ފަސޭހަ ވެގެންދާނެތީ ކަމަށެވެ.

ފަހަރުގައި ޖުމްހޫރީ ޕާޓީ އިން އެ ދައްކާ ވާހަކަތަކުގައި ކޮންމެވެސް ވަރެއްގެ ހަގީގަތެއް އޮވެދާނެ ކަމަށް ބައެއް ފަރާތްތަކުން ގަބޫލު ކުރެއެވެ.

ޖުމްހޫރީ ޕާޓީ އާއި އެމްޑީޕީ އިން ރިޔާސީ އިންތިހާބުގެ ދެވަނަ ބުރަށް ގޮސްދާނެ ކަމަށް ސިޔާސީ މަސްރަހު ދިރާސާ ކުރާ ބައެއް ފަރާތްތަކުން ދަނީ ބުނަމުންނެވެ. އެހެން ވެއްޖެނަމަ، ޖުމްހޫރީ ޕާޓީން އެމްޑީޕީގެ ފަހަތަށް މިފަހަރު ނޭރުމަކީ ވެސް ވެދާނެ ކަމެއް ކަމަށް ބައެއް ފަރާތްތަކުން ބުނަމުންދަނީ ރައީސް ނަޝީދާއި ގާސިމް އެކުގައި މަޝްވަރާތައް ކުރަމުން ދާތީއެވެ.

މިފަހަރު މިއީ ގާސިމް އާއި ރައީސް ނަޝީދުގެ ފަހަރެއް ކަމަށް ސިޔާސީ ބައެއް ފަރާތްތަކުން ބުނަމުން ގެންދަނީ އެމްޑީޕީ އުފެދުމުގައި ގާސިމް އާއި ރައީސް ނަޝީދު އެކުގައި މާޒީގައި މަސައްކަތް ކޮށްފައިވާތީއެވެ.

މިފަހަރުގެ ރިޔާސީ އިންތިހާބު ކާމިޔާބު ކުރުމަށް ރައީސް ސާލިހް އަށް ދިމާވާނެ އެންމެ ބޮޑު ގޮންޖެހުމަކީ ވެސް ގާސިމް ކަމަށް ގިނަބަޔަކު ދަނީ ބުނަމުންނެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 22%ހައިރާންވެއްޖެ 0%ވަރަށް ދެރަ 78%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: