ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

މާރާމާރީއަކާއި ގުޅިގެން ހޯދަމުންދާ މީހަކު ފޮރުވި ކަމުގެ ތުހުމަތަށް 5 މީހުން ހައްޔަރުކޮށްފި

ޝެއާރކޮށްލާ ކަހަލަދޯ؟

މާރާމާރީ އަކާއި ގުޅިގެން ހޯދަމުންދާ މީހަކު ފޮރުވައިގެން ގެންގުޅުނު ކަމުގެ ތުހުމަތުކޮށް 5 މީހުން ހައްޔަރުކޮށްފިއެވެ.

ތޫނު އެއްޗެއް ބޭނުންކޮށްގެން މާރާމާރީ ހިންގިކަމުގެ ތުހުމަތުގައި މިދިޔަ ފެބްރުއަރީ މަހުގެ 15 ވަނަ ދުވަހު ހޯދަން ފުލުހުން އިއުލާން ކޮށްފައިވަނީ ސ މަރަދޫފޭދޫ، ރަށްދެބައިގެ އިބްރާހިމް ފައިހް ނިޒާމް އެވެ. އޭނާ ފޮރުވައިގެން ގެންގުޅުނު ކަމުގެ ތުހުމަތު ކުރެވޭ ބަޔަކު ރޭ ވަނީ ހައްޔަރުކޮށްފައިވާ ކަމަށް ފުލުހުން ބުނެފައިވެއެވެ.

ހައްޔަރުކުރެވުނު މީހުން މިހާރު ވަނީ ބަންދުގެ މުއްދަތު ޖެހުމަށް ކޯޓަށް ހާޒިރުކޮށްފައެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި ފުލުހުން  ފައިހް ހޯދަމުންދަނީ މިދިޔަ ޖަނަވަރީ މަހުގެ 14 ވަނަ ދުވަހުގެ ދަންވަރު ކެފޭ އަކަށް ވަދެ މީހަކު ޒަހަމްކޮށްލާފައިވާ ކަމުގެ ތުހުމަތު ކުރެވޭތީއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: