ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އެޗްޑީސީގެ ޑީއެމްޑީ އަކަށް ގައިސް !

ރައީސް އިބްރާޙިމް މުހައްމަދު ސާލިހް އާއި އެޗްޑީސީގެ ޑީއެމްޑީ އަހްމަދު ގައިސް
ޝެއާރކޮށްލާ ކަހަލަދޯ؟

އެޗްޑީސީގެ ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރުގެ މަގާމަށް، ބްރޯޑްކާސްޓިން ކޮމިޝަން (ބްރޯޑްކޮމް) ގެ ކުރީގެ ނައިބު ރައީސް އަހުމަދު ގައިސް ހަމަޖައްސައިފިއެވެ.

ބްރޯޑްކޮމްގެ މަގާމުން ގައިސް  އިސްތިއުފާ ދެއްވީ ރައީސް އިބްރާހީމް މުހައްމަދު ސޯލިހުގެ އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގެ ކެމްޕެއިނަށް ވަގުތު ދެއްވުމަށާއި އޭނާގެ ބައެއް އަމިއްލަ އެހެން މަސައްކަތްތަކަށް ވަގުތު ދެއްވަން ކަމަށް  ވިދާޅުވެއެވެ.

ގައިސް އަކީ މީޑިއާ ދާއިރާއިން މާސްޓާސް ޑިގްރީ ހާސިލްކުރައްވާފައިވާ ބޭފުޅެކެވެ.

އެޗްޑީސީގެ ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރުގެ މަގާމު އެންމެ ފަހުން ފުރުއްވީ އެ ކުންފުނީގެ މިހާރުގެ މެނޭޖިން ޑިރެކްޓަރު އަހުމަދު އާތިފެވެ. އޭނާއަށް ކުރިއެރުން ދިނީ ސެޕްޓެމްބަރު، 2022، ގައެވެ.  އެހެންކަމުން  ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރުގެ މަގާމު މިއަދާ ހަމައަށްވެސް އޮތީ ހުސްކޮށެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: