ސްޓޭޓް ޓްރޭޑިން އޯގަނައިޒޭޝަން (އެސްޓީއޯ) ގެ މެނޭޖިން ޑިރެކްޓަރުކަމުން ހުސެއިން އަމްރު ރަޝާދު އެ މަގާމުން ވަކި ކުރަން ސަރުކާރުން ޕްރައިވަޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން (ޕީސީބީ) އަށް ފޮނުވައިފި އެވެ.
ރައީސް އޮފީހުގެ ތަރުޖަމާނު މިއުވާން މުހައްމަދު ވަނީ އަމްރު ވަކި ކުރުމަށް ޕީސީބީއަށް ފޮނުވިކަން ކަށަވަރުކޮށްދީފަ އެވެ.
މިއުވާން ވިދާޅުވީ، އަމްރު ވަކި ކުރުމަށް ފޮނުވާފައި ވަނީ ސަރުކާރުގެ ކުންފުނިތައް ހިންގުމަށް އަބަދުވެސް ބަދަލުތައް ގެންނަކަމަށާއި، އަމްރު ވަކި ކުރުމަކީ އެފަދަ ނިންމުމެއް ކަމަށެވެ.
ސަރުކާރުން ޕީސީބީއަށް ފޮނުވާފައި ވަނީ އަމްރު އެސްޓީއޯގައި އަދާ ކުރަމުން ގެންދަވާ ކުންފުނީގެ މެނޭޖިން ޑިރެކްޓަރުކަމުގެ އިތުރުން ބޯޑު ޑިރެކްޓަރުކަމުންނާއި ސީއީއޯކަމުން ވެސް ވަކި ކުރުމަށެވެ.
އަމްރު މަގާމުން ވަކި ކުރުމަށް ނިމްމިއިރު، އޭނާ މިވަގުތު މަސައްކަތް ކުރައްވަމުން ގެންދަވަނީ ރައީސް މުހައްމަދު ނަޝީދާއި އެކު އެވެ. އަދި އެމަނިކުފާނުގެ ފިކުރެއްގެ ދިރުންގެ ހާއްސަ މަންދޫބެއްގެ ގޮތުގައި އެހެން ބައެއް ސިޔާސީ ޕާޓީތަކާއި ދަނީ ބައްދަލު ކުރައްވަމުންނެވެ. އެ މައްސަލައިގައި އަމްރު އެސްޓީއޯއިން ވަކި ކުރުމަށް ގޮވާލައި އެމްޑީޕީގެ މަޖިލީހުގެ ގިނަ މެމްބަރުން ނުރުހުންފާޅު ކުރި އެވެ. ސަރުކާރުގެ ސިޔާސަތުތައް ގަބޫލު ނުކުރާ ބޭފުޅަކު، ރައްޔިތުންނަށް ހިދުމަތް ދޭން ޖެހޭ ކުންފުންޏެއްގެ ވެރިއަކަށް ހުރުމަކީ ރަނގަޅު ގޮތެއް ނޫންކަމަށް މެމްބަރުން ވަނީ ފާހަގަކޮށްފަ އެވެ.
އެމްޑީޕީގެ ޓިކެޓުގައި ރިޔާސީ އިންތިހާބުގައި ވާދަ ކުރާނެ ކެނޑިޑޭޓެއް ކަނޑައެޅުމަށް ބޭއްވި، ޕްރައިމެރީގައި ވެސް އަމްރު ތާއީދު ކުރެއްވީ ރައީސް ނަޝީދަށެވެ.
ދައުލަތުގެ މަގާމުތަކުގައި ސަރުކާރުގެ ސިޔާސަތުތައް ގަބޫލު ނުކުރާ އަދި، ރައީސް ސޯލިހު ވެރިކަމުގެ އިތުރު ދައުރަކަށް ގެންނަން ޖެހޭނެކަަމަށް ގަބޫލު ނުކުރާ ބޭފުޅުން ކުރިޔަށް އޮތް ދުވަސްތަކުގައި މަގާމުން ވަކި ކުރާނެކަމަށް ބެލެވެ އެވެ.


2 Responses
ދެން އެގޭނެ ކޭވަރު.
ލަސްވެއްޖެ ތިކަންކުރަން މާބޮޑަށް