އެމްޑީޕީގެ ރައީސް، އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދުގެ ސަބަބުން އެ ޕާޓީއަށް ގެއްލުންތައް ވެ ބައިބައިވެގެން ގޮސްދާނެކަމަށް ދުވަހަކު ވެސް ހީކޮށްފައި ނުވާކަމަށް މަރަދޫ ދާއިރާގެ މެމްބަރު އިބްރާހިމް ޝަރީފް (މަވޯޓާ) ވިދާޅުވެއްޖެ އެވެ.
ރައީސް އިބްރާހިމް މުހައްމަދު ސޯލިހާއި ދެކޮޅުވެ، ރައީސް މުހައްމަދު ނަޝީދު ސަރުކާރާއި ދެކޮޅު މަސައްކަތްތަކެއް ކުރައްވަމުން ގެންދަވާއިރު މިވަގުތު އެމަނިކުފާނުގެ އަމާޒު ހުރީ އެހެން ބޭފުޅަކަށް ވެރިކަން ހޯދައިދިނުމަށެވެ. އެގޮތުން ޖުމްހޫރީ ޕާޓީއާއި އެކު މަޝްވަރާތައް ފަށައި ކުރިޔަށް ގެންދާ މައްސަލައިގައި އެމަނިކުފާނަށް ވަނީ ވަރަށް ބޮޑެތި ފާޑުކިއުން އަމާޒުވެފަ އެވެ.
ސަރުކާރުގެ އެކި މަގާމުތަކުގައި، ރައީސް ސޯލިހާއި ދެކޮޅު އެމަނިކުފާނުގެ ސިޔާސަތުތައް ގަބޫލު ނުކުރާ ބައެއް ބޭފުޅުން އެބަތިއްބެވެ. އޭގެ ތެރެއިން ރައީސް ނަޝީދާއި އެކު މަސައްކަތް ކުރައްވަމުން ގެންދެވި ހުސެއިން އަމްރު ވަނީ އެސްޓީއޯގެ މަގާމުތަކުން ވަކިކޮށްފަ އެވެ.
އެމްޑީޕީގެ އެތެރޭގައި ބޮޑެތި މައްސަލަތައް އުފެދި، އެ ހައްލު ނުކުރެވި ރިޔާސީ އިންތިހާބާއި ކުރިމަތިލާން ޖެހުމަކީ އެއީ ގެއްލުމަކާއި ކުރިމަތިވެދާނެކަމެއްގެ ގޮތުގައި ގިނަ ބަޔަކު ދެކެ އެވެ. އަދި އެކަން ފާހަގަކޮށް މިއަދު ރައީސް ޝަރީފް ވިދާޅުވެފައި ވަނީ ރައީސް ނަޝީދަކީ އެމަނިކުފާނަކީ ޑިމޮކްރަސީގެ ޗެމްޕިއަނެއްގެ ގޮތުގައި ގަބޫލު ކުރަމުން އައި ބޭފުޅެއްކަމަށެވެ. އަދި އަމިއްލައަށް އެ ލަގަބު ދީ، މަސައްކަތް ކުރަމުން އައުމަށް ފަހު އެމްޑީޕީއަށް މިފަދަ ހާލެއް ޖެހޭނީ އެމަނިކުފާނުގެ ސަބަބުންކަމަށް ވެސް ގަބޫލު ކުރެވިފައި ނުވާކަމަށް ވިދާޅުވި އެވެ.
I would never have imagined that @MohamedNasheed a man who claimed to be a champion of democracy,will attempt to destroy @MDPSecretariat, the very party which made him what he is today n which is instrumental in facilitating whatever his has achieved in the political arena.
— Ibrahim Shareef (@AdduShareef) March 26, 2023
ޝަރީފް ވިދާޅުވީ، ރައީސް ނަޝީދު އައީ ގިނަ އަހަރުތަކެއް ވަންދެން އެމްޑީޕީ ކޮންޓްރޯލް ކުރައްވަމުން ކަމަށެވެ. އަދި އެމަނިކުފާނު ސިޔާސީ ގޮތުން ކުރިޔަށް ދިއުމަށް ބޭނުން ކުރި ހަތިޔާރަކީ އެމްޑީޕީކަމަށް ވިދާޅުވި އެވެ. ނަމަވެސް، ރައީސް ސޯލިހު ވެރިކަމަށް އައުމާއި އެކު ރައީސް ނަޝީދު އެކަމާއިމެދު ހިތްހަަމަ ނުޖެހުނީކަމަށް ވިދާޅުވި އެވެ.
ރައީސް ނަޝީދާއި ގުޅުވައި އެންމެ ބޮޑަށް ފާޑުވިދާޅުވާ އެއް ބޭފުޅަކީ ޝަރީފެވެ. މަޖިލީހުގެ ގަވައިދާއި ހިލާފަށް ރައީސް ނަޝީދު އަމަލު ކުރާކަމަށް ބުނެ އެ ވާހަކަ ވެސް ތަޅުމުގައި އެންމެ ބޮޑަށް ފާހަގަކުރަނީ ޝަރީފެވެ.

