ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

މަސްތުވާތަކެއްޗަށް ދެވިހިފާފައިވާ މީހުންނަށް ފަސޭހައިން ފަރުވާ ލިބޭނެ ގޮތަށް ނިޒާމް ބަދަލުކުރުމަށް އެދި ގަރާރެއް މަޖިލީހަށް ހުށަހަޅައިފި

ޝެއާރކޮށްލާ ކަހަލަދޯ؟

މަސްތުވާތަކެއްޗަށް ދެވިހިފާފައިވާ މީހުންނަށް ފަސޭހައިން ފަރުވާލިބޭނެ ގޮތަށް ނިޒާމް ބަދަލުކުރުމަށް ސަރުކާރަށް ގޮވާލާ ގަރާރެއް ހެންވޭރު ހުޅަނގު ދާއިރާގެ މެމްބަރު ހަސަން ލަތީފް މަޖިލީހަށް ހުށަހަޅުއްވައިފިއެެވެ.

ގަރާރު މަޖިލީހަށް ހުށަހަޅުއްވައިދެއްވަމުން ހަސަން ލަތީފް ވިދާޅުވީ މަސްތުވާތަކެތި ބޭނުންކުރާ ފަރާތްތައް އެ ވަބާއިން ސަލާމަތް ކުރުމަކީ އެމްޑީޕީއިން ވެފައިވާ ރިޔާސީ ވައުދެއް ކަމަށެވެ.

އެމްޑީޕީގެ 2018 ގެ މެނިފެސްޓޯގައި ބަޔާންކޮށްފައިވާ ކަންކަމުގެ ތެރޭގައި ހިމެނޭ  މަސްތުވާތަކެއްޗަށް ދެވިހިފާފައިވާ މީހުންނަށް ފަސޭހައިން ފަރުވާ ލިބޭނެ ގޮތަށް ސަރުކާރުން ރަނގަޅު ނިޒާމެއް ގާއިމްކޮށް އެނިޒާމްގެ ތެރެއިން ފަރުވާ ހޯދައިދޭނެ ކަމަށް ވައުދުވެފައިވާ ކަމަށް ހަސަން ލަތީފް ވިދާޅުވިއެވެ.

ޑްރަގަށް ދެވި ހިފާފައިވާ މީހުންނަަކީ މުޖްތަމައަށް ފައިދާ ހުރި، ހެޔޮލަފާ ބައެއްގެ ގޮތުގައި އަނބުރާ ގެނައުމަށް ބޭނުންވާ އެންމެ ފެންވަރު ރަނގަޅު ފަރުވާ، ލަސްނުވެ ލިބޭނޭ ރިހިބިލިޓޭޝަން ޕްރޮގްރާމްތައް ހިންގޭނެއެވެ. އެއީ ސަފްހާ 62 އެމްޑީޕީގެ މެނިފެސްޓޯގައި އޮތް އިބާރާތް.

ހަސަންލަތީފް ވިދާޅުވީ އެމްޑީޕީ އިން ވައުދުވި ގޮތަށް ކަންކަން ހިނގަމުން ނުދާކަން ފާހަގަ ކުރެވޭ ކަމަށެވެ. އެހެން ކަމުން ގަރާރު ހުށަހެޅީ ސަރުކާރަށް ވައުދުވީ ކަންކަން ކުރުމަށް އިތުރަށް ބާރުއެޅުމުގެ ގޮތުން ކަމަށް އޭނާ ވިދާޅުވިއެވެ.

ހަސަންލަތީފްގެ ގަރާތުގައި މައިގަނޑު ތިން ކަމެއް ހިމެނިފައިވެއެވެ. އެގޮތުން އެއް ކަމަކަށް އިތުބާރު ހިފޭނެ ގޮތަކަށް ފަރުވާދެވޭނެ ނިޒާމެއް ގާއިމް ކުރުމުގެ މުހިއްމުކަން ފާހަގަކުރެއްވިއެވެ.

ވަރަށް ގިނަ ދިވެހިން، ހާއްސަކޮށް ޒުވާން ޖީލު އޭގެތެރޭގައި މަސްތުވާތަކެތީގެ ބާރުގަދަ މަސްތުވާތަކެތީގެ ވަބާގައި ޖެހި ފަރުވާ ނުލިބި އެބަތިބި، ފަރުވާ އަށް ބޭނުންވެފައި އަދި އެހެން ނަމަވެސް ފަރުވާ ދެވޭނެ ރަނގަޅު ނިޒާމެއް ނެތުމުގެ ސަބަބުން ފަރުވާ ނުލިބުމުގެ ސަބުން އެ މަސްތުވާ ތަކެތި ބޭނުންކުރާ މީހުންނާއި އަދި އެމީހުންގެ އާއިލާތައް ބިކަވަމުންދާ ބިކަވުން، އެއީ ފާހަގަ ކުރެވޭ ކަމެއް. ފަރުވާ ދިނުމުގެ ގާބިލްކަން، އެއީ ސަރުކާރުން އެކަން ކުރަން އުޅުނީމާ އެކަން ނުވެގެންދާ ތަން އަޅުގަނޑުމެންނަށް އެބަފެނޭ. އޭގެ ބަދަލުގައި އެނިޒާމަށް ގެންނަ ބަދަލެއްގެ ގޮތުން ގެނެވޭ ބަދަލުތަކެއްގެ ސަބަބުން އެކަށް އެއަަށްވުރެ ރަނގަޅަށް ކުރެވިދާނެ ގޮތްތައް އެބަހުރި.

ދިގުމުއްދަތަކަށް ބައިތިއްބައިގެން ފަރުވާ ދޭންޖެހޭ މީހުންނަށް ފަރުވާދޭނެ މިހުން  ނެތުމުގެ ސަބަބުން މިހާރުވެސް ރާއްޖޭގައި ފަރުވާ ދެވޭގޮތަށް ހުރި ދެ މަރުކަޒުގައި 50 ޕަސެންޓްވެސް ބޭނުން ކުރެވިފައި ނެތް ކަން ހަސަން ލަތީފް ފާހަގަކުރެއްވިއެވެ.

ހަސަންލަތީފް ވިދާޅުވީ ސަރުކާރުގެ އިތުރުން އަމިއްލަ ފަރާތްތަކަށް ރިހިބިލިޓޭޝަން ސެންޓަރުތައް ހިންގުމުގެ ފުރުސަތު ހުޅުވާލެވިފައި އޮތުމަކީ މުހިއްމު ކަމެއް ކަމަށެވެ.

ހާއްސަކޮށް ރާއްޖެއިން ބޭރުގެ ތަޖުރިބާ ހުރި ގާބިލް ފަރާތްތައް ހޯދައި، އެފަރާތްތަކަށް ރާއްޖޭގައި ދިވެހިންގެ ތެރޭގައި މި ވަބާގައި ޖެހިފައިވާ ހާއްސަކޮށް އަޅުގަނޑުމެންގެ ޒުވާން ޖީލު މީގެން ސަލާމަތްކުރުމަށްޓަކައި އެފުރުސަތުތައް ރާއްޖޭން ބޭރުގެ އެކްސްޕަޓިސް ހުރި ފަރާތްތައް ހޯދައި އެފަރާތްތަކަށް އެފުރުސަތު ހުޅުވާލެވިފައި އޮތުމަކީ މުހިއްމު ކަމެއް. ނޭޝަނަލް ޑްރަގް އޭޖެންސީ (އެންޑީއޭ) އިން އެކުލަވާލާ ގައިޑްލައިންތަކާ އެއްގޮތަށް މިދެންނެވި ފަރާތުންވެސް ފަރުވާ ދިނުމުގެ ކަންކަން ހިންގަންޖެހޭނެ ކަމަށް އަޅުގަނޑު ގަބޫލު ކުރަނީ. އެހެން މިދަންނަވާ ސަބަބަކީ އިސްލާމް ދީނުގެ ސައްހަ އަގީދާ އެކުދިންނަށް ކިޔަވައިދޭން އެބަޖެހޭ. ފަރުވާ ދޭއިރު އެހިންގޭ ޕްރޮގްރާމްތަކުގެ ތެރޭގައި މިދެންނެވި ގޮތަށް އިސްލާމްދީނުގެ ސައްހަ އަގީދާ ކިޔަވައިދޭން އެބަޖެހޭ. އިޖްތިމާއީ އަދި އިގްތިސާދީ ދާއިރާއިން އެމީހުންނަށް ކަންކަން އޮޅުން ފިލުވައިދެވޭނެ ޕްރޮގްރާމެއް ހިންގަންޖެހޭ މަސައްކަތްތެރި ކަމުގެ ދާއިރާ އިންނާއި ހުނަރާއި ތައުލީމާއި ތަމްރީން، އެމުއްދަތުގެ ތެރޭގައި އެބަ ފޯރުކޮށްދޭންޖެހޭ.

ހަސަން ލަތީފްގެ ގަރާރުގައި ދެވަނަ ކަމެއްގެ ގޮތުގައި ފާހަގަކޮށްފައިވަނީ މަސްތުވާތަކެއްޗަށް ދެވިހިފާފައިވާ މީހުން ބޭނުންކުރަންޖެހޭ ބޭސް، ހާއްސަ އުސޫލުތަކެއްގެ ތެރެއިން ރާއްޖޭގެ ގިނަ ސަރަހައްދު ތަކަކުން ލިބޭނެ ގޮތަކަށް ނިޒާމް ބަދަލުކުރުމެވެ.

ވަރަށް މަދު ތާކުން ނޫނީ މިހާރު އެބޭސް ލިބޭކަށެއް ނުހުރޭ. އެހެންނަމަވެސް އެބޭހަކީ އާއްމުކޮށް އެހެންނަމަވެސް ހާއްސަ އުސޫލުތަކެއްގެ ތެރެއިން ލިބެން ހުންނާނެ ގޮތަކަށް ސަރުކާރުން އެކަން ފަހިކޮށްދިނުމަކީ މުހިއްމު ކަމެއްކަމަށް ފާހަގަ ކުރެވޭ. ފާމަސީތަކާއި ފާމަސިސްޓުން، އަމަލުކުރާނެ ގައިޑްލައިންތައް ސަރުކާރުން ހަދަންޖެހޭ. ހެދުމަށްފަހު އެ އެސްއޯޕީތައްވެސް އަދި އަމަލުކުރާނެ އުސޫލުތައްވެސް ހަދައިދޭންޖެހޭ. އެއާ އެއްގޮތަށް އެކަންތައް ރާއްޖޭގެ ގިނަ ސަރަހައްދުތަކަކުން ލިބެން ހުރުމަކީ މުހިއްމު ކަމެއް. އެއީ އަދި އަމުދުން މަސްތުވާތަކެތީގެ ބާރުގަދަ މަސްތުވާތަކެތީގެ ވަބާގައި ޖެހިފައިވާ ޒުވާނުން ވަރަށް ބޮޑަށް އެދޭކަމެއް ރާއްޖޭގެ ގިނަ ސަރަހައްދުތަކަކުން މިދެންނެވި ގޮތަށް ބޭސް ލިބެން ހުރުން. މިއާ އެކީގައި ރިކަވަރިންގ އެޑިކްޓްސް ގެ ގޮތުގައި މީހުން ފާހަގަކޮށް އެމީސްމީހުންނަށް ޓާގެޓްކޮށްގެން އެމީސްމީހުން އަނބުރާ މުޖްތަމައަށް ގެނެވޭނެ އުސޫލްތަކެއް ގާއިމްކޮށްގެން އެ މަސައްކަތް އެބަ ކުރަންޖެހޭ. އެކަމަށްޓަކައި ކޮމިއުނިޓީ ރީ އިންޓަރގްރޭޝަން ޕްރޮގްރާމްތަކެއް އެބަ ހިންގަންޖެހޭ.

ހަސަން ލަތީފް ހުށަހެޅުއްވި ގަރާރުން ހާސިލްކުރަން ބޭނުންވާ ތިންވަނަ ކަމެއްގެ ގޮތުގައި ފާހަގަކޮށްފައިވަނީ މަސްތުވާތަކެއްޗަށް ދެވިހިފާފައިވާ މީހުންނަށް ފެންވަރު ރަނގަޅު ކައުންސިލިންގ ގެ ހިދުމަތް ލިބޭނެ ގޮތަކަށް ގައުމީ އޮނިގަނޑެއް އެކުލަވާލަން ޖެހޭ ކަމަށެވެ.

ރާއްޖޭގެ ކޮންމެ ސަރަހައްދެއްގައިވެސް އެކައުންސެލިން ދެވޭނެ ގޮތަކަށް އެކަން ބައްޓަން ކުރެވިގެން ދާނެ. ކޮންމެހެން ކޮންމެ ރަށެއްގައި ކައުންސިލަރުން ތިބޭ ވާހަކައެއް ނޫން އަޅުގަނޑު މި ދަންނަވަނީ. އެހެންނަމަވެސް އޮންލައިންކޮށްވެސް އެއީ ކުރެވޭ ކަމެއް. ކުރަމުންދާ ކަމެއްވެސް މެ ދުނިޔޭގެ އެހެން ގައުމުތަކުގައި. އެހެންވީމަ އެއީވެސް ބަލައިލުން މުހިއްމު ކަމެއް.

ޑަބްލިޔުއެޗްއޯ އާއި ނޭޝަނަލް ޑްރަގް އޭޖެންސީ އިން 2021 ވަނަ އަހަރު އެކުލަވާލި ސިޗުއޭޝަނަލް އެނަލިސިސް އޮފް ޑްރަގްސް އިން ދަ މޯލްޑިވްސް ރިޕޯޓުން ފާހަގަވެފައިވާ ކަންކަމަށް ހަސަން ލަތީފް އަޅިއަޅުއްވައިލެއްވިއެވެ. އޭގެތެރޭގައި މަސްތުވާތަކެތީގެ ވަބާގައި ޖެހިފައިތިބި މީހުން، އޭގެ އެޑިކްޓުންގެ ގޮތުގައި ފާހަގަކުރެވޭ މީހުން ފަރުވާއަށް ފޮނުވުމުގެ ކުރިން ހަދާ އެސިސްމަންޓް ހަދަން ސާރވޭގައި ބައިވެރިވި މީހުންގެ 50 ޕަސެންޓް މީހުންނަށް 3 މަހާއި 2 އަހަރު ދުވަހުގެ މުއްދަތެއް ވެތުވާ ކަމަށް ހަސަން ލަތީފް ވިދާޅުވިއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: