ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ސިޔާސީ މަގާމުތަކުގައި ތިބި މީހުންގެ ތެރެއިން ރައީސް ސާލިހަށް ތެދުވެރި ސަޕޯޓެއް ކުރާނީ ފަނަރަ ވިހި އިންސައްތަ މީހުން: ވައްޑެ

އުނގޫފާރު ދާއިރާގެ މެމްބަރު މުހައްމަދު ވަހީދު (ވައްޑެ).
ޝެއާރކޮށްލާ ކަހަލަދޯ؟

ސަރުކާރުގެ ސިޔާސީ މަގާމުތަކުގައި ތިބި މީހުންގެ ތެރެއިން ރައީސުލްޖުމްހުރިއްޔާ އިބްރާހީމް މުހައްމަދު ސާލިހަށް ތެދުވެރި ސަޕޯޓެއްކުރާނީ 15 ނުވަތަ 20 އިންސައްތަ މީހުންކަމަށް މަޖިލީހުގެ އުނގޫފާރު ދާއިރާގެ މެންބަރު މުހައްމަދު ވަހީދު (ވައްޑެ) ވިދާޅުވެއްޖެއެވެ.

ސްޓޭޓް ޓްރޭޑިން އޯގަނައިޒޭޝަން (އެސްޓީއޯ) ގެ މެނޭޖިން ޑިރެކްޓަރުކަމުން ހުސެއިން އަމްރު ރަޝާދު ވަކިކުރުމުން ގިނަ ބަޔަކު ބުނަމުން ދަނީ އަމްރު މަގާމުން ވަކިކުރީ ސިޔާސީ ގޮތުން ފިކުރު ތަފާތުވާތީކަމަށެވެ. އޭނާއަކީ އެމްޑީޕީގެ ރައީސް މުަހއްމަދު ނަޝީދާއި އަރިސް ބޭފުޅެއްކަމުގައިވާއިރު، އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގައިވެސް އަމްރު ތާއީދުކުރީ ރައީސް ނަޝީދަށެވެ. އަދި ރައީސް ނަޝީދުގެ ލަފާގެ ދަށުން އަމްރު ވަނީ ”ފިކުރެއްގެ ދިރުން“ ގެ ބައެއް މަސައްކަތްތަކުގައިވެސް ހަރަކާތްތެރިވެފައެވެ.

އަމްރު މަގާމުން ވަކިކޮށްފައިވާ މިދަނޑިވަޅުގައި ވަހީދު ޓުވީޓެއްކުރައްވާ ވިދާޅުވީ ސިޔާސީ ވަޒީފާތަކުގައި ނުވަތަ ސަރުކާރު ކުންފުނިތަކުގެ ވަޒީފާތަކުގައި އުޅޭ މީހުންގެ ނިސްބަތުން ރައީސް ސާލިހަށް ތާއީދުކުރާނީ 15 ނުވަތަ 20 އިންސައްތަ މީހުންކަމަށެވެ.

މަދު މީސްކޮޅެއް ފިޔަވައި ރައީސް ސާލިހަށް ”ތެދުވެރި ސަޕޯޓެއް“ ކުރާނެ އެހެންމީހަކު ރަށުތެރެއިން ހަމަހިލާ ނުފެންނަކަމަށް ވަހީދު ވަނީ ވިދާޅުވެފައެވެ. އަދި ރައީސް ސާލިހަކީ ހަމަ ހަގީގަތުގައިވެސް ޗޮއިސްއެއް ނޫންކަމަށް އޭނާ ވަނީ ވިދާޅުވެފައެވެ.

ނަމަވެސް ރައީސް ސާލިހާއި، އެމަނިކުފާނަށް ތާއީދުކުރައްވާ މެންބަރުން ބުނަމުންގެންދަނީ އެމްޑީޕީއަށް ހުރި ހަމައެކަނި ޗޮއިސްއަކީ ރައީސް ސާލިހުކަމަށެވެ. އަދި އެމްޑީޕީއަށް ވެރިކަމުގެ ދެވަނަ ދައުރެއް ހޯދައިދެވޭނެ ހަމައެކަނި ބޭފުޅަކީވެސް އެއީކަމަށް މެންބަރުން ބުނެއެވެ.

ރައީސް ސާލިހަކީ އެމްޑީޕީގެ ރިޔާސީ ކެނޑިޑޭޓު ނަމަވެސް ރައީސް ނަޝީދާއި އެމަނިކުފާނުގެ އަރިސް މެންބަރުން މަސައްކަތްކުރައްވަމުން ގެންދަވަނީ ރައީސް ސާލިހާއި ދެކޮޅަށެވެ. މިއީ އެމްޑީޕީގެ އަސާސީ ގަވާއިދާއިވެސް ހިލާފުކަމަކަށްވާތީ، ރައީސް ސާލިހަށް ތާއީދުކުރާ މެންބަރުން އަންނަނީ ރައީސް ނަޝިދަށާއި، އެމަނިކުފާނުގެ ލަފާގެ ދަށުން ރައީސް ސާލިހާއި ދެކޮޅަށް މަސައްކަތްކުރައްވާ މެންބަރުންނަށް ފިޔަވަޅު އެޅުމަށް ގޮވާލަމުންނެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: