ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ސަރުކާރު ފެކްޝަނުންގެ މެމްބަރުންވެސް ސަރުކާރަށް އިތުބާރު ނުކުރޭ: ސައީދު

ރައީސް ސޯލިހު އަދި މާވަށު ދާއިރާ މެމްބަރު ސައީދު: ފޮޓޯ/ ސަންގު
ޝެއާރކޮށްލާ ކަހަލަދޯ؟

މަޖިލީހުގައި ތިއްބަވާ ސަރުކާރު ފެކްޝަންގެ މެމްބަރުންވެސް ސަރުކާރަށް އިތުބާރު ނުކުރާކަމަށް މަޖިލީހުގެ މާވަށު ދާއިރާގެ މެމްބަރު މުހައްމަދު ސައީދު ވިދާޅުވެއްޖެއެވެ.

މަޖިލީހުގެ ތަޅުމުގައި ވާހަކަދައްކަވަމުން ސައީދު ވިދާޅުވީ، ސައިބަރ ސެސްޕޭސްގެ ރައްކައުތެރިކަމާއި ގުޅޭގޮތުން މަޖިލީހަށް ބިލެއް ހުށައަޅާފައިވަނީ ސަރުކާރުގެ ފަރާތުންކަމަށެވެ. އޭނާ ވިދާޅުވީ، އެ ބިލުގެ މަގުސަދަކީ ސައިބަރސްޕޭސްގެ ތެރޭގައި  އަދި ޓެކްނޮލޮޖީގެ ދާއިރާތަކުގެ ތެރޭގައި ކުރަމުންދާ ކުށްތައް ދެނެގަނެ އެކަމާއި ބޭހޭ ފަންނީ ހިޔާލުތައް ބަދަލުކުރުންކަމަށްވެސް ސައީދު ވިދާޅުވިއެވެ.

ބަހުސް ކުރުމުގެ ތެރެއިން މައުޟޫ ބަދަލުވަމުންދާކަމަށް ސައީދު ފާހަގަކުރެއްވިއެވެ. އޭނާ ވިދާޅުވީ، ސަރުކާރު ހިއްސާވާ ޕާޓީގެ އެއްވެސް މެމްބަރަކުވެސް ސަރުކާރަށް އިތުބާރެއް ނުކުރައްވާކަމަށެވެ. ސައީދު ވިދާޅުވީ، ރައީސް އިބްރާހިމް މުހައްމަދުގެ ސާލިޙްގެ ސަރުކާރަށް އިތުބާރު ކުރާ އެއްވެސް މުއައްސަސާއެއްވެސް ދިވެހި ދައުލަތުގައި ނެތްކަމަށެވެ.

ސައީދު ވިދާޅުވީ، މިހާރު އެމްޑީޕީގެ މެމްބަރުންގެ ތެރެއިންވެސް ރައީސް ސާލިހަށް އިތުބާރުކުރަނީ މަދު އަދަދެއްކަމަށެވެ. ސައިބަރ ސެކިއުރިޓީގެ ވާހަކަތައް ދެކެވެމުންދާއިރު، އެމްއެމްޕީއާރްސީގެ މައްސަލައިގައި ބެންކާއި އެމްއެމްއޭގެ ކުރީގެ އިސްވެރިންނާއި ސުވާލު ކުރެވިފައިވޭތޯ ސައީދު އެއްސެވިއެވެ. އޭނާ ވިދާޅުވީ، އެމްއެމްޕީއާރްސީ ހިޔާނާތުގެ ހަގީގީ އެއް ބައިވެރިޔަކީ ބެންކް އޮފް މޯލްޑިވްސްކަމަށެވެ. އޭނާ ވިދާޅުވީ ބެންކުގެ އިސްވެރިން އެ މައްސަލައިގައި ޒިންމާ ނަންގަވަންޖެހޭކަމަށެވެ.

އޭނާ ވިދާޅުވީ، ސަރުކާރަށް އައި ޗެކެއްގެ މުއާމަލާތްތައް އޮޅުވާލައިގެން ބެންކު މެދުވެރިކޮށް ހިންގާއިރު، ބެންކު ޒިންމާ ނަގަން ނުޖެހޭނެ އެއް ގޮތެއްވެސް ނެތްކަމަށް ސައީދު ފާހަގަކުރެއްވިއެވެ. އޭނާ ވިދާޅުވީ، ރައީސް ޔާމީންގެ މައްޗަށް “ފިލުވާލަނީ” ސިޔާސީ ގޮތުން އޮތް ހަސަދަވެރިކަމެއް ކަމަށެވެ. ސައީދު ވިދާޅުވީ އެމްއެމްޕީއާރްސީގެ މައްސަލައިގައި ރައީސް ޔާމީން ޒިންމާ ނަންގަވަންޖެހޭކަމަށް ރައީސް ސާލިހު ދެކިވަޑައިގަންނަވާނަމަ، ރާއްޖޭގައި މިއަދު ހިނގާ ހުރިހާ ވައްކަމެއްގެ ޒިންމާ ރައީސް ސާލިހު ނަންގަވަންޖެހޭނެކަމަށް އޭނާ ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ، އެ އުސޫލުން ޒިންމާ ނަންގަވާނަމަ، މި ދައުރުގައި ހިނގާފައިވާ ކަންކަމުގެ ސަބަބުން ރައީސް ސާލިހު ދިގު މުއްދަތަކަށް ޖަލަށް ވަޑައިގަތުމުގެ ފުރުސަތު އޮތްކަމަށެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 100%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: