ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ރައީސް އޮފީހުގެ މިނިސްޓަރުކަމުން ޝިފާޒް ވަކިކޮށްފި

ރައްޔިތުންގެ މަޖިލީހުގެ ކުރީގެ ރައީސް މުހައްމަދު ނަޝީދާއި އެމްޑީީޕީގެ ކުރީގެ ނައިބް ރައީސް މުހައްމަދު ޝިފާޒް/ ފޮޓޯ: މިހާރު
ޝެއާރކޮށްލާ ކަހަލަދޯ؟

ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ މިނިސްޓަރުގެ މަގާމުގައި ހުންނެވި، އެމްޑީޕީގެ ނައިބު ރައީސް މުހައްމަދު ޝިފާޒް (ޝިއްޕެ) އެ މަގާމުން ވަކިކޮށްފި އެވެ.

އެމްޑީޕީގެ ރައީސް، ރައީސް މުހައްމަދު ނަޝީދަށް ތާއީދު ކުރައްވާ އަދި އެމަނިކުފާނުގެ ފިކުރެއްގެ ދިރުންގެ ޓީމުގައި ހިމެނިވަޑައިގަންނަވާ ޝިފާޒް މަގާމުން ވަކިކޮށްފައި ވަނީ މިއަދުގެ ވަގުތެއްގަ އެވެ. ޝިފާޒް މަގާމުން ވަކި ކުރިކަން އެނގި ސިޓީގައި އޭގެ ސަބަބު ބަޔާންކޮށްފައި ނުވީ ނަމަވެސް މި ދެ ދުވަހެއްގެ ތެރޭގައި އެންމެ ބޮޑަށް ދެކެވުނު އެއް ވާހަކައަކީ ރައީސް ނަޝީދާއި ގުޅުން ހުރި ބޭފުޅުންތައް މަގާމުތަކުން ވަކި ކުރުމަށް ނިންމާފައިވާ ވާހަކަ އެވެ. އެގޮތުން، މި ހަފްތާގައި އެސްޓީއޯގެ މެނޭޖިން ޑިރެކްޓަރުކަމުންނާއި ކުންފުނިތަކުގެ މަގާމުތަކުން ހުސެއިން އަމްރު ވަނީ ވަކިކޮށްފަ އެވެ.

އެމްޑީޕީގެ ރިޔާސީ ޕްރައިމެރީއަށް ފަހު ޝިފާޒް ވަޒީފާއަށް ނުނިކުންކަމުގެ ވާހަކަތައް ދެކެވުނެވެ. އަދި ބައެއް ޕްރެސްތަކުގައި އެކަމާއި ގުޅޭގޮތުން ނޫސްވެރިން ސުވާލުކޮށްފައި ވެއެވެ. ޝިފާޒް އެއްވެސް ގޮތަކަށް ވަޒީފާއަށް ނިކުމެފައި ނުވޭތޯ މިއަދު ރައީސް އޮފީހުގެ ތަރުޖާމާނު މިއުވާން މުހައްމަދަށް ގުޅާލުމުން ވިދާޅުވީ ޝިފާޒް ވަޒީފާއަށް ނިކުންނަވާ ކަމަށެވެ. އެހެންކަމުން، އޭނާ ވަޒީފާއިން ވަކި ކުރީ އެފަދަ ސަބަބަކާއި ހެދިކަމަށް ނުބެލެވެ އެވެ.

ސަރުކާރުގެ އިސް މަގާމުތަކުގައި، ރައީސް އިބްރާހިމް މުހައްމަދު ސޯލިހާއި ދެކޮޅު ބޭފުޅުން ތިބުމާއި އެކު މަގާމުން ބޭރު ކުރުމަށް ގިނަ ބަޔަކު ދަނީ ގޮވާލަމުންނެވެ.

ވަރަށް ގަދަ
50%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 50%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: