ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ މިނިސްޓަރުގެ މަގާމަށް އެމްޑީޕީގެ ޑެޕިއުޓީ ޗެއާޕާސަން އިބްރާހިމް ވަހީދު (އިބްރޭ) އައްޔަނުކޮށްފި އެވެ.
އިބްރާހިމް ވަހީދުެ މަގާމަށް އައްޔަނުކޮށްފައި ވަނީ އެކަމަށް ހާއްސަކޮށް މިއަދު ބޭއްވި ރަސްމިއްޔާތެއްގަ އެވެ.
އިބްރާހިމް ވަހީދަކީ، 2009 އިން 2012 އަށް ސަރުކާރުގެ އިސް މަގާމުތަކެއް ފުރުއްވި ބޭފުޅެކެވެ. މިގޮތުން، މިނިސްޓަރ އޮފް ސްޓޭޓް ފޮރ ހެލްތް އެންޑް ފެމިލީގެ މަގާމާއި، ނެޝަނަލް ސޯޝަލް ޕްރޮޓެކްޝަން އޭޖެންސީ (އެންސްޕާ) ގެ ޗެއާމަންކަމުގެ މަގާމު އިބްރާހީމް ވަހީދު ވަނީ ފުރުއްވާފައެވެ. އަދި ފެނަކަ ކޯޕަރޭޝަންގެ ޑެޕިއުޓީ މެނޭޖިންގ ޑައިރެކްޓަރުގެ މަގާމާއި، އެ ކުންފުނީގެ ބޯޑު މެމްބަރުކަމުގެ މަގާމުވެސް އޭނާ ފުރުއްވާފައިވެ އެވެ.
މީގެ އިތުރުން 2007 އިން 2018 އަށް މޯލްޑިވްސް ސްޓޮކް އެކްސްޗޭންޖްގެ ސެކްރެޓަރީގެ މަގާމުވެސް ފުރުއްވާފައިވެއެވެ.
އޭނާ މަގާމަށް އައްޔަނު ކުރިއިރު ރައީސް އޮފީހުގެ މިނިސްޓަރެއްގެ ގޮތުގައި ހުންނެވި، އެމްޑީޕީގެ ނައިބު ރައީސް މުހައްމަދު ޝިފާޒް ވަނީ މަގާމުން ވަކިކޮށްފަ އެވެ. ޕާޓީގެ ރައީސް މުހައްމަދު ނަޝީދާއި އަރިސް، ޝިފާޒް މަގާމުން ވަކިކުރި އިރު ކުރިޔަށް އޮތް ދުވަސްތަކުގެ ތެރޭގައި ޖުމްހޫރީ ޕާޓީ އާއި، ރައީސް ނަޝީދާއި އަރިސް މެމްބަރުންތައް މަގާމުން ވަކި ކުރާނެކަމަށް ބެލެވެ އެވެ.

