ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ޖޫމްހޫރީ ޕާޓީއިންވެސް އެމްޑީޕީ ފުނޑާލަން އެބަ މަސައްކަތްކުރޭ: ޝަރީފް

މަރަދޫ ދާއިރާގެ މެމްބަރު އިބްރާހިމް ޝަރީފް: ފޮޓޯ/ މިހާރު
ޝެއާރކޮށްލާ ކަހަލަދޯ؟

ޖުމްހޫރީ ޕާޓީންވެސް މަސައްކަަތްކުރަމުންދަނީ އެމްޑީޕީ ފުނޑާލުމަށްކަމަށް މަޖިލީހުގެ މަރަދޫ ދާއީރާގެ މެމްބަރު އިބްރާހިމް ޝަރީފް ވިދާޅުވެއްޖެއެވެ.

އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދު، އެ ޕާޓީގެ ރިޔާސީ ކެނޑިޑޭޓު ރައީސް އިބްރާހިމް މުހައްމަދު ސާލިހުގެ ފަހަތަށް އަރާވަޑައިގެން ރިޔާސީ ރޭހުގައި ބައިވެރިވެވަޑައިގަތުމުގެ ބަދަލުގައި މަސައްކަތްކުރައްވަމުންގެންދަވަނީ ޖުމްހޫރީ ޕާޓީއަށް ވެރިކަން ހޯދައިދެއްވުމަށެވެ. އެ މަނިކުފާނުގެ ފިކުރެއްގެ ދިރުންއިން ވަނީ ޖޭޕީ އާއިއެކު ގުޅިފައިވާ މެނިފެސްޓޯއެއް ތަފްސީލުކޮށް އެކުލަވާލުމުގެ މަސައްކަތްތައް ކުރައްވަމުންދާކަމުގެ މައުލޫމާތުތައް ހިއްސާކޮށްފައެވެ.

ޖޭޕީ އަދި ރައީސް ނަޝީދު  ދެމެދު ހިނގަމުންދާ މުއާމަލާތްތަކާއިމެދު ނުރުހުންފާޅުކުރައްވާ ޝަރީފް ވަނީ މި ސަރުކާރުގެ އެންމެ އިސް ކޯލިޝަން ޕާޓުނަރުކަމަށްވާ ޖޭޕީއަށް އެމްޑީޕީ ފުނޑާލުމަށް މަސައްކަތްކުރަމުންދާކަމުގެ ތުހުމަތުކުރައްވާފައެވެ. އޭނާ ވިދާޅުވީ، ރައީސް ނަޝީދު އަދި ފިކުރެއްގެ ދިރުން އިން މަސައްކަތްކުރަމުންދާ ޕާޓީ ނައްތާލުމަށްކަމަށްވާއިރު، ކޮންމެ ގޮތެއް ހަދައިގެން ނަމަވެސް އެކަން ކުރެއްވުމަށް ރައީސް ނަޝީދު ނަންގަވާ ފިޔަވަޅުތަކުގައި ޖުމްހޫރީ ޕާޓީއިން އެމަނިކުފާނަށް ވާގިވެރިވަމުންދާކަމަށް ޝަރީފް ވިދާޅުވިއެވެ.

އޭނާ ވިދާލުވީ، އެމްޑީޕީ ފުނޑާލުމަށް މަސައްކަތްކުރަމުންދަނީ ރައީސް ނަޝީދު އެކަނި ނޫންކަމަށެވެ. އަދި އެކަން ކުރަމުންދަނީ ޖުމްހޫރީ ޕާޓީ އަދި ޕީޕީއެމް ޕީއެންސީ ގުޅިގެންކަމަށާއި، އިދިކޮޅު ކޯލިޝަނުންވެސް ރައީސް ނަޝީދަށް އެ މަސައްކަތްތައް ކުރެއްވުމުގައި ފުރިހަމަ އެއްބާރުލުން ދެމުންދާކަމަށް އޭނާ ފާހަގަކުރެއްވިއެވެ.

 

އެހެން ޕާޓީއެއްގެ ކެނޑިޑޭޓަކަށް ރިޔާސީ އިންތިހާބު ކާމިޔާބުކޮށްދިނުމުގެ މަސައްކަތްތައް ކުރައްވަމުންދަނީ އެމްޑީޕީއަށް ކޮން ފައިދާއެއް ހޯދައިދެއްވުމަށްކަމާއިމެދު ޝަރީފް ސުވާލު އުފެއްދެވިއެވެ. އޭނާ ވިދާޅުވީ، ފިކުރެއްގެ ދިރުންގައި ހިމެނިވަޑައިގަންނަވާ މެމްބަރުން ދައްކަވަމުންދަނީ ހަމަނުޖެހޭ ވާހަކަތަކެއްކަމަށެވެ. އޭނާ ވިދާޅުވީ، އެހެން ޕާޓީއެއްގެ ވެރިކަމެއް ގާއިމު ކުރެއްވުމުން ފިކުރެއްގެ ދިރުންގެ މެމްބަރުންނަށް މޮޅުތަކެއް ލިބިވަޑައިގަންނަވަނީކަމަށްވުން އެކަށީގެންވާކަމަށެވެ. އެހެންނަމަވެސް ފިކުރެއްގެ ދިރުމަށް މޮޅު ލިބުމަކީ އެމްޑީޕީއަށް މޮޅު ލިބިގެންދިއުން ނޫންކަމަށް އޭނާ ވިދާޅުވިއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: