ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އެގްރޯނެޓްގެ އެމްޑީ ހާރޫން މަގާމުން ވަކިކޮށްފި

އެގްރޯނެޓްގެ އެމްޑީ ހާރޫން ރަޝީދު
ޝެއާރކޮށްލާ ކަހަލަދޯ؟

އެގްރޯނެޓް ކޯޕަރޭޝަންގެ މެނޭޖިންގ ޑައިރެކްޓަރު ކަމުގެ މަގާމުގައި ހުންނެވި ހާރޫން ރަޝީދު ވަކިކޮށްފިއެވެ.

އެގްރޯނެޓަކީ ސަރުކާރުގެ ސަތޭކަ އިންސައްތަ ހިއްސާ އޮންނަ މޯލްޑިވްސް ފަންޑް މެނޭޖްމަންޓް ކޯޕަރޭޝަންގެ ސަބްސިޑަރީ ކުންފުންޏެކެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި ހާރޫނު ވަޒީފާއިން ވަކިކުރީ މިއަދުގެ ވަގުތެއްގައެވެ.

ހާރޫން ވަނީ 2019 އާއި 2013  ވަނަ އަހަރުގެ ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި އެމްޑީޕީގެ ފަރާތުން ގއ ވިލިނގިލި ދާއިރާ އަށް ވާދަކޮށްފައެވެ.

އެގްރޯނެޓްގެ އެމްޑީ ކަމަށް ހާރޫން އައްޔަންކޮށްފައިވަނީ 2020 ވަނަ އަހަރުގެ އޭޕްރިލް މަހުގެ ތެރޭގައެވެ.

ހާރޫނު ވަނީ އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގައި ޕާޓީގެ ރައީސް މުހައްމަދު ނަޝީދަށް ތާއީދުކޮށްފައެވެ.

ސަރުކާރުގެ މަގާމުތަކުގައި ތިބި ރައީސް ނަޝީދަށް ތާއީދު ކުރާ މެމްބަރުން ދަނީ މަގާމްތަކުން ވަކިކުރަމުންނެވެ. އެގޮތުން އިއްޔެގެ ވަގުތެއްގައި ރައީސް އޮފީހުގެ މިނިސްޓަރު ކަމުން އެމްޑީޕީގެ ނައިބު ރައީސް މުހައްމަދު ޝިފާޒް (ޝިއްޕެ) ވަކިކޮށްފައިވާއިރު މީގެ ދުވަސްކޮޅެއް ކުރިން އެސްޓީއޯގެ މެނޭޖިންގ ޑައިރެކްޓަރު ކަމުން ހުސެއިން އަމްރު ވަނީ ވަކިކޮށްފައެވެ.

ވަރަށް ގަދަ
100%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: