ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ހަންކެޑެ ތަރައްގީ ކުރަން ޗައިނާ ކުންފުންޏަކާ ހަވާލްކޮށްފި

ޝެއާރކޮށްލާ ކަހަލަދޯ؟

އައްޑޫ ހަންކެޑެ ތަރައްގީ ކުރުމަށް ޗައިނާގެ ބޭންކަކުން 42 މިލިއަން ޑޮލަރު (647.8 މިލިއަން ރުފިޔާ) ގެ ލޯނެއް ނަގައި އެމަޝްރޫއުގެ އަމަލީ މަސައްކަތް އެ ގައުމުގެ ކުންފުންޏަކާ ހަވާލުކޮށްފިއެވެ.

ހަންކެޑެ ތަރައްގީ ކުރުމަށް ހަވާލުކުރީ ޗައިނާގެ ޗައިނާ ނޭޝަނަލް އިލެކްޓްރިއަލް އިންޖިނިއަރިން ކޯޕަރޭޝަން (ސީއެންއީއީސީ) އާ އެވެ.

މި މަޝްރޫއާ ބެހޭ އެއްވެސް ތަފްސީލެއް ހާމަކޮށްފައިނުވާ އިރު މޯލްޑިވްސް ފަންޑް މެނޭޖްމެންޓް ކޯޕަރޭޝަނުން ކުރި ޓްވީޓެއްގައި ބުނެފައިވަނީ ހަންކެޑެ އިންޓަރގްރޭޓެޑް ޓޫރިޒަމް ޕްރޮޖެކްޓް ކުރިއަށްގެންދިއުމަށް އެއްބަސްވުމެއްްގައި ސޮއިކޮށްފައިވާ ކަމަށެެވެ.

ހަންކަޑައިގައި ޖުމްލަ 1041 ކޮޓަރި އެޅުމަށް ވަނީ ހަމަޖެހިފައެވެ. މިއިން ކޮންމެ ކޮޓަރިއެއްވެސް ތަރައްގީ ކުރާނީ ތަފާތު ޑިޒައިންތަކަށް، ޒަމާނީ ފެންވަރަށް ކަމަށް ސަރުކާރުން ވަނީ ބުނެފައެވެ.

ހަންކެޑެ ތަރައްގީ ކުރުމަށް އެރަށުގެ އެއްބައި، ލިންކްރޯޑްގައި އޮތުމުން އޭގެ ބަދަލުގައި ރަަށުގެ ހުޅަނގު ފަރާތުން ބްރިޖަކުން މަރަދޫ އާއި ގުޅުވާލުމުގެ މަސައްކަތްކުރެވޭނެ ގޮތަށް މަގުހެދުމުގެ މަޝްރޫއު ފަށާފައިވާ ކަން ފާހަގަކޮށްލެވެއެވެ.

ހަންކެޑެ މަޝްރޫއަކީ އައްޑު އަތޮޅުގެ ރައްޔިތުންނަށް ފަތުރުވެރިކަމުގެ ނަފާ ފޯރުކޮށްދިނުމުގެ މަގްސަދުގައި ސަރުކާރުން ވެފައިވާ ވައުދާއި އެއްގޮތަށް ކުރެވޭ މަސައްކަތެއް ކަމަށް މީގެ ކުރިން ވަނީ ބުނެފައެވެ.

ފަންޑު މެނޭޖްމަންޓް ކުންފުނިން ބުނެފައިވަނީ ހަންކެޑެ މަޝްރޫއުގެ ސަބަބުން އައްޑޫގައި ގިނަ ވަޒީފާތަކެއް އުފެދި ކުރިއަށް ދިއުމަށް ގިނަ މަގުތަކެއް ހުޅުވޭނެ ކަމަށެވެ.

ދިވެހިރާއްޖޭގެ ޓޫރިޒަމް ގާނޫނުގައި ބުނާގޮތުން. އިންޓަރގްރޭޓެޑް ޓޫރިޒަމް ތަރައްގީކޮށް ހިންގާ ރަށް ނުވަތަ ފަޅު ނުވަތަ ބިން ހިމެނޭ ސަރަހއްދަކީ ސަރުކާރުގެ ރިއަލް އެސްޓޭޓް ޑިވޮލަޕްމަންޓް ޕްރޮޖެކްޓް ހިންގަން ކަނޑައަޅާފައިވާ ސަރަހައްދެއް ކަމުގައި ވާންޖެހޭނެއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: