ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އޮޅުވާލައިގެން ބިމެއް ވިއްކަން އުޅުނު އެޗްޑީސީގެ މުވައްޒަފު ވަޒީފާއިން ވަކިކޮށްފި

އެޗްޑީސީ
ޝެއާރކޮށްލާ ކަހަލަދޯ؟

އޮޅުވާލައިގެން ބިމެއް ވިއްކަން އުޅުނު މުވައްޒަފު އެޗްޑީސީގެ ވަޒީފާއިން ވަކިކޮށްފިއެވެ.

އެޗްޑީސީން ބުނީ އެ ކޯޕަރޭޝަންގެ މުވައްޒަފަކު އުސޫލުތަކާ ހިލާފަށް އޮޅުވާލައިގެން އަމިއްލަ ފަރާތަކަށް ބިމެއް ދޭނެކަމަށް ބުނެ މަންފާއެއް ހޯދުމަށް މަސައްކަތް ކުރަންފެށިކަން ފާހަގަކުރެވިގެން އެ މައްސަލަ ބަލަން ފެށި ކަމަށެވެ.

އެ މައްސަލައިގައި ޝާމިލްވާ މުވައްޒަފު އިއްޔެ ވަޒީފާއިން ވަކިކޮށްފައިވާ ކަމަށް އެޗްޑީސީން ބުނެފައިވާއިރު އެ މައްސަލައާއި ގުޅިގެން ބައެއް މީޑިއާތަކުން ވަނީ އެޗްޑީސީން އޮޅުވާލައިގެން ބިން ވިއްކާފައިވާ ކަމަށް ރިޕޯޓްކޮށްފައެވެ. ނަމަވެސް އެޗްޑީސީން އެވާހަކަ ދޮގުކުރެއެވެ.

އެޗްޑީސީ އިން ބުނެފައިވާގޮތުން އެއް މިލިއަން ރުފިޔާއަށް ބިމެއް ވިއްކާފައިވާކަމަށް ބުނެ ދެކެވެނީ ތެދު ވާހަކައެއް ނޫނެވެ. އަދި ކޯޕަރޭޝަނުން ކަނޑައަޅާފައިވާ އުސޫލުތަކުގެ ތެރެއިން އެ މުއައްޒިފަށް އެކަން ކުރުމުގެ ޖާގަ ލިބިފައިނުވާކަމަށް ބުނެފައިވެއެވެ. އެޗްޑީސީ އިން ބުނެފައިވާ ގޮތުން އެ ކުންފުނީގެ ބިން ވިއްކުމުގެ އުސޫލުތަކާއި ހަމަތައް ކަނޑައެޅިފައިވަނީ ހަރުދަނާ އަދި ދެފުށް ފެންނަ ހަމަހަމަ އުސޫލުތަކެއްގެ މައްޗަށް ބިނާކޮށްކަމަށެވެ.

އެގޮތުން އާއްމުކޮށް ހުޅުވާލައިގެން ގެޒެޓުގައި އިއުލާނުކުރުމާއި ނުލާ ބިން ނުވިއްކާނެިއރު، ބިޑް ޕޯޓަލްގައި ރެޖިސްޓްރީ ނުވާ އެއްވެސް ފަރާތަކަށް ބިން ނުވިއްކާނެކަމަށްވެސް އެ ކުންފުނިން ބުނެފައިވެއެވެ. އަދި ހިންގާފައިވާ އަމަލަކީ އެ ކޯޕަރޭޝަނުން ހަރުކަށި އިބާރާތުން ކުށްވެރި ކުރާ އަމަލެއްކަމަށާއި އެ ފަދަ އަމަލެއް ހިންގާ މުއައްޒިފުންނާއި މެދު ވަގުތުން ހަރުކަށި ފިޔަވަޅު އަޅާނެކަމަށްވެސް ބުނެފައިވެއެވެ.

މީގެ އިތުރުން އެޗްޑީސީއިންވަނީ އެ ކުންފުނިން އިއުލާނު ނުކޮށް މުއައްޒަފެއްގެ އެކައުންޓެއް މެދުވެރިކޮށް މުއާމަލާތެއް ނުހިންގާނެކަން ތަކުރާރުކޮށްފައެވެ. އަދި އެކަމަށް ސަމާލުވުމަށާއި ފާހަގަކުރެވިއްޖެ ހާލަތެއްގައި އެ ކުންފުންޏަށް އެންގުމަށްވެސް އެޗްޑީސީއިންވަނީ އެދިފައެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: