ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

މެލޭޝިޔާގެ ބަޓިކް އެއަރގެ ދަތުރުތައް އަންނަ މެއި މަހު ފަށަނީ

ޝެއާރކޮށްލާ ކަހަލަދޯ؟

މެލޭޝިޔާގެ ބަޓިކް އެއަރ އިން ދިވެހިރާއްޖެއަށް އަންނަ މެއި މަހު ދަތުރުތައް ފެށުމަށް ނިންމައިފިއެވެ.

ބަޓިކް އެއަރ އިން ރާއްޖެއަށް ކުރާ ދަތުރުތަކުގައި ބޭނުންކުރުމަށް ހަމަޖެހިފައިވަނީ ބޮއިން 737 މެކްސް 8 މަރުކާގެ މަތިންދާ ބޯޓްކަމަށް އެ އެއަރލައިނުން ވަނީ ބުނެފައެވެ.

ބަޓިކް އެއަރ އިން ދިވެހިރާއްޖެއަށް ކޮންމެ ދުވަހަކު ދަތުރުކުރުމަށް ވަނީ ހަމަޖެހިފައެވެ. އެގޮތުން ބަޓިކް އެއަރގެ ދަތުރުތައް ފެށުމަށް ހަމަޖެހިފައިވަނީ އަންނަ މެއި މަހުގެ 12 ވަނަ ދުވަހެވެ.

ބަޓިކް އެއަރ މެލޭޝިޔާގެ ދަތުރުތައް ރާއްޖެއާއި ދެމެދު ކުރާނީ ސްރީލަންކާގެ ކޮލޮމްބޯގައި ޓްރާންސިޓް ކުރުމަށް ފަހުގައެވެ.

ބަޓިކް އެއަރ ލައިންގެ ފަރާތުން ދިވެހި ރާއްޖެއަށް ދަތުރުތައް ކުރަނީ މުޅިން އަލަށް ކަމަށް އެ އެއަރ ލައިނުން ބުނެއެވެ. އަދި މެލޭޝިޔާ އަކީ  ދިވެހިން ވިޔަފާރި ކުރުމާއި އެހެނިހެން ބޭނުންތަކުގައި ގޮސްއުޅޭ ގައުމެކެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: