ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ފެންބޮޑުވުމުގެ ސަބަބުން ލިބުނު ގެއްލުންތައް ދެނެގަތުމުގެ މަސައްކަތް ފަށައިފި

މާލޭގައި ބޯކޮށް ވާރޭވެހި ފެން ބޮޑުވުން / ފޮޓޯ: ވަގުތު
ޝެއާރކޮށްލާ ކަހަލަދޯ؟

ރެއިން ފެށިގެން ބޯކޮށް ވާރޭވެހި މާލޭގެ ބައެއް ހިސާބުތަކުގައި މިއަދު ފެންބޮޑުވުމުގެ ސަބަބުން ލިބުނު ގެއްލުންތައް ދެނެގަތުމުގެ މަސައްކަތް، ނޭޝަނަލް ޑިޒާސްޓަރ މެނޭޖްމަންޓް އޮތޯރިޓީ (އެންޑީއެމްއޭ) އިން ފަށައިފިއެވެ.

އެންޑީއެމްއޭ އިން ބުނީ ފެން ބޮޑުވާ ސަރަހައްދުތަކުގައި ވެލި ބަސްތާ ޖެހުމަާއި އާއްމު ރައްޔިތުންނަށް ބޭނުންވާ އެހީތެރިކަން ފޮރުކޮށްދިނުމަށް މާލެ ސޓީކައުންސިލަށް އެ މައުލޫމާތު ފޯރުކޮށްދީފައިވާ ކަމަށެވެ

ފެން ބޮޑުވާ ސަރަހައްދުތަކުގައި ޖެހުމަށް ބޭނުންވާ ގޯނި މާލެ ސިޓީ ކައުންސިލަށް ފޯރުކޮށްދެވިފައިވާ ކަމަށްވެސް އެންޑީއެމްއޭއިން ބުނެފައިވެއެވެ.

އެންޑީއެމްއޭ އިން ބުނީ ފެން ބޮޑުވުމުގެ ސަބަބުން ގޭތެރެއަށް ނަޖިސް ބޭރުވުމާއި ބައެއް ފަރުނީޗަރާއި ހފާ ގެންގުޅޭ ތަކެއްޗަށް ގެއްލުން ލުބުގެން ތިން ގެއަކުން ވަނީ ރިޕޯޓްކޮށްފައިކަމަށެވެ. އެގޮތުން އެގެތަކުގެ ހާލަތު ދެނެގަނެ ލިބުނު ގެއްލުންތައް ދެނެގަތުމުގެ މަސައްކަތް ކުރެވިފައިވާ ކަމަށްވެސް އެންޑީއެމްއޭ އިން ވަނީ ބުނެފައެވެ.

މާލެއަށް ބޯކޮށް ވާރޭ ވެހިފައިވަނީ މިއަދު ހެނދުނު ހައެއް ޖެހިފަހުންނެވެ. އަދި ވާރޭ ހުއްޓާފައިވަނީ ގަޑިއިރެއްހާއިރު ފަހުންނެވެ.  މިއަދު ކުރި ވިއްސާރާއިގައި މާލޭގެ އެކި ސަރަހައްދުތަކުގައި ވަނީ ފެންބޮޑުވެފައެވެ. ވަކިން ހާއްސަކޮށް މާފަންނުގައި ފެން ބޮޑުވެ ފެނުގެ އަސަރު ބައެއް ފިހާރަތަކާއި ގޭގެއަށް ވަނީ ކޮށްފައެވެ. އަދި ހެންވޭރު ކަލާފާނު ސްކޫލް ސަރަހައްދުން އަމީނީ މަގުގައިވެސް ވަނީ މިއަދު ހެނދުނު ވަރަށް ބޮޑަށް ފެން ބޮޑުވެފައެވެ.

މާލެއިން ފެން ހިއްކުމަށް އެންމއެންޑީއެފުން ހަރަކާތްތެރިވެފައިވާއިރު ފެން ހިންދާލެވިފައިވަނީ 4 ވަރަކަށް ގަޑިއިރު ފަހުންނެވެ.  އެމްއެންޑީއެފުން މިއަދު ހެނދުނު 8.30 އިން ފެށިގެން މާލޭގައި ބޮޑުވެފައި އޮތް ފެންގަނޑު ހިއްކުމުގެ މަސައްކަތް ދިޔައީ ކުރަމުންނެވެ. އެމްއެންޑީއެފުން މާލޭގެ ހަތަރު ސަރަހައްދެއްގައި ޕަމްޕް ބަހައްޓައިގެން މަސައްަކތް ކޮށްފައިވެއެވެ. އެގޮތުން ވެސްޓްޕާޓް ސަރަހައްދާއި، އައިޖީއެމްއެޗް ހުންނަ ކަނބާ އައިސަ ރަނި ހިނގުމާއި ދިރާގު ހެޑް އޮފީސް ހުރި ހިސާބުގެ އިތުރުން ކުޅިވަރު އެކުވެނި ސަރަހައްދުގައި ވަނީ ޕަމްޕް ބޭނުންކޮށްގެން އެމްއެންޑީއެފުން ފެން ހިންދުމުގެ މަސައްކަތް ކޮށްފައެވެ.

މިވަގުތު މާލޭގެ ހުރިހާ ސަރަހައްދަކުން ވަނީ ފެން އެއްކޮށްހިނދިފައެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: