ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ފާއިތުވި 7 އަހަރުގެ ތެރޭގައި ސޮބާ ޖޭޕީގެ ކަމެއްގައި އުޅެފައެއް ނެތް: އަބުޅޯ

ޖޭޕީގެ ލީޑަރު ގާސިމްގެ އެޑްވައިޒަރު އަބްދުﷲ އަހްމަދު (އަބުޅޯ)
ޝެއާރކޮށްލާ ކަހަލަދޯ؟

ޖުމްހޫރީ ޕާޓީން ވަކިވި ސޮބާހް ރަޝީދު، ފާއިތުވެދިޔަ 7 އަހަރު އެ ޕާޓީގެ އެއްވެސް ކަމެއްގައި އުޅެފައިނުވާ ކަމަށް ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމްގެ އެޑްވައިޒަރު އަބްދުﷲ އަހްމަދު (އަބުޅޯ) ވިދާޅުވެއްޖެއެވެ.

ޗައިނާ އެމްބަސީގެ ޑެޕިއުޓީ އެމްބަސަޑުގެ މަގާމު އަދާކުރައްވަމުންދާ ސޮބާހް އިސްތިއުފާ ދިނުމާއި ގުޅިގެން އެކަމުގެ ރައްދުގައި އަބުޅޯ ވިދާޅުވީ 2018 ގެ ކުރީކޮޅު ސޮބާހު ރަޝީދު އިނގިރޭސި ވިލާތުގައި ހުރެގެން ޖޭޕީގެ ކައުންސިލް ސީޓެއް ބޭނުން ވުމާއެކު އެ ފުރުސަތު ދިނުމުން ދައުރު ނިންމާލީ ހަތް އަހަރު ތެރޭގައި ކުނޫޒަށް ވަދެ ނުލާ ތަނުގައި ކައުންސިލްގެ އެންމެ ޖަލްސާއެއްގައިވެސް ބައިވެރި ނުވެކަމަށެވެ.

އެ ސީޓް ބޭނުންވީ އެސައިލަމް ހޯދަންތޯ؟

ސޮބާހް ވެސް ޖޭޕީން ވަކިވެފައިވަނީ ރައީސް އިބްރާޙިމް މުހައްމަދު ސާލިހަށް ދެވަނަ ދައުރެއް ހޯދައިދިނުމަށެވެ. އަދި އިސްތިއުފާގެ ސިޓީގައި އޭނާ ބުނެފައިވަނީ މިވަގުތު ޕާޓީގެ މައްޗަށް ވެރިވެފައިވަނީ ނުފޫޒު ތަކުގެ ދަށުން ނިންމާ ނިންމުން ތަކެއްގެ ސަބަބުން ޕާޓީގެ އަމިއްލަވަންތަކަން ގެއްލި ގައުމީ މަސްލަހަތު ފުށުއަރާކަމަށް އޭނާ އަށް ގަބޫލުކުރެވޭތީ ޕާޓީން ވަކިވާން ނިންމާފައިވާ ކަމަށެވެ.

 

ސޮބާހްގެ އިތުުރުން މިސަރުކާރުގެ މަގާމްތަކުގައި ތިބި ގިނަ މެމްބަރުން ދަނީ ޖޭޕީ ދޫކޮށް ރައީސް ސާލިހާއި ގުޅެމުންނެވެ. އެގޮތުން އެމްޑަބްލިޔުއެސްސީގެ އެމްޑީ ހަސަން ޝާހް އާއި އެމްޓީސީސީގެ އެމްޑީ އާދަމް އާޒިމް އާއި ރައީސް އޮފީހުގެ މިނިސްޓަރު އަހްމަދު ސަމީރުވެސް ވަނީ ޖޭޕީން ވަކިވެ ރައީސް ސާލިހަށް ތާއީދުކޮށްފައެވެ. އަދި ރައީސް ސާލިހަށް ދެވަނަ ދައުރެއް ހޯދައި މިއަހަރުގެ ރިޔާސީ އިންތިހާބު ކާމިޔާބު ކުރުމަށް މަސައްކަތް ކުރާނެ ކަމަށް ވެސް ޖޭޕީން ވަކިވި މެމްބަރުން ވަނީ ބުނެފައެވެ.

ވަރަށް ގަދަ
100%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: