މޯލްޑިވްސް ރިފޯމް މޫވްމެންޓް (އެމްއާރްއެމް) އިން ވަކިވެގެން ދިޔަ މެންބަރުން، ޕާޓީއާއި ވަކިވި ނަމަވެސް، ސަރުކާރުގެ މަގާމުތަކުން ވަކިނުވުމަށް ޕާޓީއިން އެދިއްޖެއެވެ. އެމްއާރުއެމް
އެމްއާރްއެމް އިން ވަނީ ޕާޓީއިން ވަކިވެގެން ދިޔަ މެންބަރުން، ޕާޓީއަށް ކޮށްދެއްވާފައި ޚިދުމަތްތަކަށް ޝުކުރުއަދާކޮށްފައެވެ.
8 އިސް މެންބަރުން ޕާޓީއާއި ވަކިވެޑައިގަތުމަކީ އެމްއާރްއެމް އަށް ކުރިމަތިވި ވަރަށް ބޮޑު ހިތާމައެއްކަމަށް ޕާޓީއިން ވަނީ ބުނެފައެވެ.
ޕާޓީ އިން ވަކިވެވަޑައިގެން މެންބަރުން:
1- ޝަޒައިލް ޝިޔާމް – ޕާޓީގެ ނައިބު ރައީސް އަދި މެނޭޖިން ޑައިރެކްޓަރ: މޯލްޑިވް ގޭސް
2- މުޙައްމަދު ރާއިދު – ޕާޓީގެ އެކްސްކޯ މެންބަރު އަދި މެނޭޖިން ޑައިރެކްޓަރ އެމް.އައި.ޓީ.ޑީ.ސީ
3- ތަޒްމީލް އަބްދުލް ޞަމަދު – މެނޭޖިންގ ޑައިރެކްޓަރ އެމް.ޓީ.ޑީ.ސީ
4- އިބްރާހީމް ފަރުހަދު – ޕާޓީގެ ޒުވާނުންގެ ކައުންސިލްގެ ރައީސް އަދި ސީނިއަރ ޕޮލިސީ އެގްޒެކެޓިވް ޑިރެކްޓަރ މިނިސްޓްރީ އޮފް ޓޫރިޒަމް
5- އިސްމާއިލް ނާއިލް ނަޝީދު – ޕާޓީގެ ސްޕޯކސް ޕަރސަން އަދި ޑައިރެކްޓަރ ކޮމިނިއުކޭޝަންސް މިނިސްޓަރީ އޮފް އާރޓްސް ކަލްޗަރ އެންޑް ހެރިޓޭޖް
6- މުޙައްމަދު ފައިސަލް – ޑެޕިއުޓީ އެމްބެސެޑަރ އަބޫދާބީ
7- އަބްދުލް ހަމީދު އަޙްމަދު – ޕޮލިސީ އެގްޒެކެޓިވް ޑައިރެކްޓަ މިނިސްޓަރީ އޮފް ފިޝަރީޒް، މެރިން ރިސޯރސަސް އެންޑް އެގްރިކަލްޗަރ
މި ބޭފުޅުންގެ ނަންފުޅުތައް މި ޕާޓީން މަޤާމުތަކަށް ފޮނުވީ އެބޭފުޅުންނަކީ ޤާބިލް ބޭފުޅުންކަމުގައި ވާތީކަމަށް އެމްއާރުއެމްއިން ވަނީ ބުނެފައެވެ.
އެހެންކަމުން އެބޭފުޅުން ފުރުއްވަމުން ގެންދަވާ ސަރުކާރުގެ މަޤާމުތަކުގައި އެބޭފުޅުން ދެމިތިއްބެވުމަކީ އެމްއާރުއެމްއިން އެދޭގޮތްކަމަށް ވަނީ ފާހަގަކޮށްފައެވެ. ޕާޓީއިން ވަނީ މިހުރިހާ ބޭފުޅުންނަށް ވަރަށް ބާއްޖަވެރި ކާމިޔާބު މުސްތަޤްބަލަކަށް އެދިފައެވެ.
އެމްއާރުއެމް ފެށިގެން އައީ އަދި ކުރިއަށްދާނީވެސް ޤައުމީ މަސްލަޙަތުއިސްކޮށް، ރައްޔިތުންގެ ލާބައާއި މަންފާއަށް މަސައްކަތްކުރަމުންކަމަށާއި، އަދި މިމަޤްޞަދު ޙާސިލްކުރުމަށް އެމްއާރުއެމްއިން ހުއްޓުމެއްނެތި މަސައްކަތްކުރާނެކަމުގެ ފުރިހަމަ ޔަޤީންކަން ޕާޓީއިން ވަނީ މިކަމާއި ގުޅިގެން ނެރުނު ބަޔާނުގައި ދެއްވާފައެވެ.

