ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އަނެއްކާވެސް އެމްއާރުއެމް އުވާލަން ނިންމައިފި

އެމްއާރުއެމްގެ ޒަައީމް ރައީސް މައުމޫނާއި، ޕާޓީގެ ރައީސް ފާރިސް މައުމޫން
ޝެއާރކޮށްލާ ކަހަލަދޯ؟

މޯލްޑިވްސް ރިޕޯމް މޫވްމެންޓް (އެމްއާރުއެމް) ގައި ގާނޫނު ލާޒިމު ކުރާ އަދަދަށް މީހުން ހަމަ ނުވާ ކަމަށް ކަނޑައަޅާ އެ ޕާޓީ އުވާލުމަށް އަނެއްކާވެސް ނިންމައިފިއެވެ.

މިކަން އިއުލާން ކުރީ އިލެކްޝަންސް ކޮމިޝަން (އީސީ) އިން އެކްސްގައި ހިއްސާ ކުރެއްވި ޕޯސްޓެއްގައެވެ. އީސީއިން ބުނީ ސިޔާސީ ޕާޓީގެ ޤާނޫނު ލާޒިމުކުރާ ޢަދަދަށް 3000 މެންބަރުން ހަމަވެފައިނުވާތީ އެމްއާރްއެމް އުވާލުމަށް ކޮމިޝަނުން ނިންމާފައިވާކަމަށެވެ.

މިދިޔަ އަހަރުވެސް އެމްއާރުއެމް އުވާލަން ޖެހޭކަމަށް އީސީއިން ވަނީ ނިންމާފައެވެ. އެއީ މެއި މަހުގެ ތެރޭގައިކަމަށްވާއިރު، އެފަހަރުވެސް މެންބަރުން ހަމަ ކުރުމުގެ ފުރުސަތު އީސީއިން ވަނީ އެމްއާރުއެމްއަށް ދީފައެވެ.

އީސީގެ މި ނިންމުން އެ ޕާޓީގެ ފަރާތުން ވަނީ ސިވިލް ކޯޓަށް ހުށަހަޅައިފައެވެ. އެ މައްސަލައިގައި ގާޒީ މުހައްމަދު އީސާފުޅު އިއްޔެ ކުރެއްވި ހުކުމްގައި ވަނީ އެމްއާރުއެމުން 3،000 މެންބަރުން ހަމަ ކުރުމުގެ މަސައްކަތް ކުރީ މިދިޔަ އަހަރުގެ ފެބްރުއަރީ މަހުގެ 23 ވަނަ ދުވަހު އީސީން ދީފައިވާ ނޯޓިހަށް ކަމަށާއި އެއިރު މެންބަރުން ތިބި އަދަދަކީ 2981 ކަމަށެވެ. ނަމަވެސް މެންބަރުންގެ އަދަދަށް ބަދަލު އައިސްފައިވާކަން އީސީން ފަހުން އަންގާފައި ނުވާ ކމަށެވެ.

ސިޔާސީ ޕާޓީތަކުގެ ގާނޫނުގެ 28 ވަނަ މާއްދާގެ ދަށުން ކޮންމެ މަހަކު އެއްފަހަރު މެންބަރުންގެ އަދަދު ކަށަވަރުކޮށް، ޕާޓީތަކަށް ނޯޓިސް ދޭން ޖެހޭ ކަމަށާއި ނަމަވެސް އީސީން އެގޮތަށް އަމަލުކޮށްފައި ނުވާ ކަމަށް ހުކުމުގައިވެއެވެ. އިލެކްޝަން ކޮމިޝަނުން ނުކޮށް ހުރި ކަމެއްގެ ގެއްލުމަކީ އެމްއާރްއެމުން އުފުލަން ޖެހޭ ގާނޫނީ މަސްއޫލިއްޔަތެއް ކަމުގައި ނުވާތީ އެމްއާރްއެމަށް ފޮނުވާފައިވާ ނޯޓިސްއަކީ ސިޔާސީ ޕާޓީތަކުގެ ގާނޫނުގެ 28 ވަނަ މާއްދާގެ (ނ) އާ ހިލާފަށް ދީފައިވާ ނޯޓިސްއެއް ކަމަށް ކަނޑައަޅާކަމަށް ހުކުމްގައިވެއެވެ.

މީގެ އިތުރުން ޕްރޮސެސް ނުކުރާ ފޯމްތަކެއް ހުރިކަން ވެސް އެނގެން ނެތް އިރު، ނޯޓިސްގެ މުއްދަތުގައި ޕާޓީން މެންބަރުން އުނި އިތުރުކޮށްފައިވާއިރު، އަދި ބައެއް ފޯމްތައް ޕްރޮސެސް ކުރުމުގައި ލަސްތަކެއް ހިމެނޭ ކަމަށް ވެސް ބުނެފައިވެއެވެ.

އެއީ ގާނޫނު އަސާސީގެ 43 ވަނަ މާއްދާގެ (ހ) އަދި (ށ) އާ ހިލާފަށް އަދި ދުސްތޫރީ ހައްގާ ހިލާފަށް އީސީން އެމްއާރްއެމާ މެދު ކޮށްފައިވާ އަމަލެއް ކަމަށްވެސް ހުކުމުގައި ބުންޏެވެ.

އެމްއާރްއެމް އުވާލުމަށް އީސީން ނިންމާފައިވަނީ ގާނޫނު އަސާސީގެ 43 މާއްދާއާ ހިލާފަށް ކަމަށް ކަނޑައަޅައި، ޕާޓީ އުވާލަން ނިންމައި ފޮނުވި ސިޓީ އާއި އެއްވެސް ހަރަކާތެއް ނުހިންގުމަށް އަންގައި ފޮނުވި ސިޓީގެ އިތުރުން ދަރަނީގެ މައުލޫމާތު ހޯދުމަށް އީސީން ގެޒެޓް ކުރި އިއުލާނު ސިވިލް ކޯޓުން ވަނީ ބާތިލުކޮށްފައެވެ.

ސިވިލް ކޯޓުން ވަނީ ކޯޓަށް ހޭދަވި ހަރަދުގެ ބަދަލުގެ ގޮތުގައި 50،000 ރުފިޔާ، އީސީގެ ފަރާތުން އެމްއާރްއެމަށް ހަތް ދުވަސް ތެރޭ ދައްކަން ވެސް އަމުރުކޮށްފައެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: