ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ސިޔާސީ ޕާޓިއަކުން ވަކިވުމަށް އެދި ހުށައަޅާ ގޮތަށް ލުއިތަކެއް ގެނައިސްފި

އިލެކްޝަންސް ކޮމިޝަންގެ ރައީސް ފުވާދު ތަޢުފީޤް
ޝެއާރކޮށްލާ ކަހަލަދޯ؟

ސިޔާސީ ޕާޓީތަކުން ވަކިވުމުގެ އިޖުރާއާތުތަކަށް އިލެކްޝަންސް ކޮމިޝަނުން (އީސީ) ބަދަލުތަކެއް ގެނެސްފިއެވެ.

އީސީއިން ސިޔާސީ ޕާޓީތަކުގެ ގަވާއިދަށް ގެނެސްފައިވާ އިޞްލާޙުގައިވާ ގޮތުން، ޕާޓީއަކުން ވަކިވުމަށް އެދޭތާ 14 ދުވަހުގެ ތެރޭގައި އެ ފަރާތެއް ޕާޓީއިން ވަކިކުރަންވާނެއެވެ. މި މުއްދަތުގެ ތެރޭގައި ޕާޓީއިން ވަކިނުކޮށްފިނަމަ، ޝަކުވާ ހުށަހެޅުމުން އެ ފަރާތުގެ ނަން ޕާޓީގެ ދަފްތަރުން އުނިކުރަންވާނެކަމަށް ގަވާއިދުގައި ބަޔާންކޮށްފައިވެއެވެ.

ޕާޓީއިން ވަކިވުމަށް އެދި އީސީއަށް ހުށަހަޅަންޖެހެނީ އެކަމަށް ޚާއްޞަކޮށްފައިވާ ފޯމެކެވެ.

މީގެ އިތުރުން، އަނެއް މުހިންމު ބަދަލަކީ، ނޭނގި އެހެން ޕާޓީއަކަށް ބަދަލުކޮށްފައިވާނަމަ، ކުރިން ރަޖިސްޓްރީވެފައިވާ ޕާޓީއަށް އަނބުރާ ބަދަލުވުމަށް އީސީއިން ކަނޑައަޅާފައިވާ ނިޒާމުގެ ތެރެއިން ހުށަހެޅުމުން، ނޭނގި ރަޖިސްޓްރީކޮށްފައިވާ ޕާޓީއިން ވަގުތުން ވަކިކޮށް، ކުރިން ހުރި ޕާޓީއަށް އީސީއިން އަލުން ރަޖިސްޓްރީކޮށްދިނުމާ ގުޅޭ އިޞްލާޙެވެ.

ކުރިން މިކަމަށް އެދި ވަކި ފޯމެއް ހުށަހަޅަން ޖެހުނު ނަމަވެސް، މިހާރު އެ އިޖުރާއާތު ލުއިކޮށްދީފައިވެއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 100%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: