ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ވެރިކަމުގައި ހުރުމަށް ރައީސްގެ މޯރަލް އޮތޯރިޓީއެއް ނެތް: ނާޒިމް

އެމްއެންޕީގެ ލީޑަރު ރިޓަޔާޑް ކާނަލް މުހައްމަދު ނާޒިމް: ފޮޓޯ/ ޕީޕީއެމް
ޝެއާރކޮށްލާ ކަހަލަދޯ؟

ރައީސް އިބްރާހިމް މުހައްމަދު ސާލިހަށް ދިވެހިރާއްޖޭގެ ވެރިކަމުގައި ހުންނެވުމުގެ ”މޯރަލް އޮތޯރިޓީ“ އެއް ނެތްކަމަށް މަޖިލީހުގެ ދަނގެތި ދާއިރާގެ މެމްބަރު އަދި އެމްއެންޕީގެ ލީޑަރު ރިޓަޔާޑް ކާނަލް މުހައްމަދު ނާޒިމް ވިދާޅުވެއްޖެއެވެ.

ދިވެހިރާއްޖޭގެ ކަނޑު ވިއްކާލުމާއި ދެކޮޅު އިއްތިހާދުން ކުރިއަށް ގެންދާ ހާއްސަ ހަރަކާތުގައި ވާހަކަދައްކަވަމުން ނާޒިމް ވިދާޅުވީ، ރައީސް ސާލިހުގެ މޯރަލް އޮތޯރިޓީއެއް ނެތްކަމަށް އޭނާ ވިދާޅުވަނީ ސަބަބުތަކެއް ހުރެގެންކަމަށެވެ. އެގޮތުން އެމަނިކުފާނު ގާނޫނީގޮތުން ލިބިވަޑައިގެންވާ ބާރުގެ ބޭރުން އަމަލުކުރައްވާފައިވާތީ ރާއްޖޭގެ ވެރިކަމުގެ ތަހުތުގައި އިތުރަށް ހުރެވެން ނެތްކަމަށް ނާޒިމް ފާހަގަކުރެއްވިއެވެ.

އޭނާ ވިދާޅުވީ، ރައީސް ބޭނުންވެވަޑައިގެންނެވި ނަަމަވެސް ތަންތަނަށް ސިޓީ ނުފޮނުއްވޭނެކަމަށެވެ. އޭނާ ވިދާޅުވީ، ގައުމީ މަސްލަހަތު ހިމެނޭ ކަންކަމުގައި ރައީސްއަށްވެސް ސިޓީއެއް ފޮނުއްވޭނީ ހުއްދައެއް ހޯއްދެވުމަށްފަހުކަމަށެވެ. އޭނާ ވިދާޅުވީ، ރައީސް ސާލިހު ސިޓީ ފޮނުއްވީ ހުއްދައެއް ހޯއްދެވުމަކާއި ނުލާކަމަށެވެ. ނާޒިމް ވިދާޅުވީ، ގެއްލުންތަކެއް ލިބިގޮސްފައިވަނީ ރައީސް ސާލިހު ހުއްދައެއް ހޯއްދެވުމަކާއި ނުލައި ސިޓީއެއް ފޮނުއްވުމުގެ ސަބަބުންކަމަށެވެ.

ނާޒިމް ވިދާޅުވީ، ގެއްލިގޮސްފައިވަނީ ރާއްޖޭގެ ސިޔާދަތީ ބާރުގެ ދަށުގައިވާ ސަރަހައްދެއްކަމަށެވެ. އޭނާ ވިދާޅުވީ، 45،000 އަކަ ކިލޯމީޓަރުގެ ސަރަހައްދެއް ގެއްލިގެންދިއުމުން މަޑުންތިބެވެން ނެތްކަމަށެވެ. އޭނާ ވިދާޅުވީ، އެކަމާއި ދެކޮޅަށް އަޑު އުފުލަން ޖެހޭކަމަށެވެ.

ނާޒިމް ވިދާޅުވީ، ދިވެހިރާއްޖެއަށް މިނިވަންކަން ލިބުނުތާ ތިން އަހަރުގެ ތެރޭގައި މަސްވެރިކަމުގެ ސަރަހައްދީ ގާނޫނެއް އެކުލަވާލެވުންކަމަށެވެ. އޭނާ ވިދާޅުވީ ވޭތުވެދިޔަ ފަންސާސް އަހަރުގެ ތެރޭގައި ރާއްޖޭގެ ސަރަހައްދުން އިންޗިއެއްވެސް ދޫކޮށްލާފައިނުވާކަމަށެވެ. އެހެންކަމުން މިއަދު ދޫކޮށްލައްވަންްްވީ ސަބަބާއިމެދު އޭނާ ސުވާލު އުފެއްދެވިއެވެ. އޭނާ ވިދާޅުވީ، ފޮނުވާލެވުނު ސިޓީއަކާއި ގުޅިގެން ސަރަހައްދުން ބައެއް ގެއްލިގެން ދިޔަ މަންޒަރު ފެނިގެންދިޔައީ އެތައް އަހަރުތަކެއް ފަހުންކަމަށެވެ.

ނާޒިމް ވިދާޅުވީ، ހިނގަމުންދާ ކަންކަމާއިމެދު ފުންކޮށް ވިސްނަންޖެހޭކަމަށެވެ. އޭނާ ވިދާޅުވީ، ކުރީގެ އެއްވެސް ސަރުކާރަކުން ސަރަހައްދުން ބައެއް ދޫކޮށްލުމަށް އާނބަސް ބުނެފައިނުވާކަމަށެވެ. ނާޒިމް ވިދާޅުވީ، މޮރިޝަސް އާއި އިނގިރޭސިވިލާތުންވެސް ރާއްޖެ އައިސް އެކަމާއި މަޝްވަރާތައް ކޮށްފައިވާކަމަށެވެ. އެހެންނަމަވެސް މިހާތަނަށް އެކަމަށް އެއްބަސްނުވާކަމަށް ބުނަމުން އައިސްފައިވާކަމަށް ނާޒިމް އިޝާރާތްކުރެއްވިއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 100%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: