ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ދަ ލިޓްލް ބިގް ފެސްޓިވަލް 2023′ އަށް ދިރާގުން ނ. ކުޑަފަރި ކައުންސިލްއާއި ޕަރޓްނަރ ވެއްޖެ!

ޝެއާރކޮށްލާ ކަހަލަދޯ؟

ނ. ކުޑަފަރީ ކައުންސިލްއިން އިންތިޒާމްކޮށްގެން ބާއްވާ ’ދަ ލިޓްލް ބިގް ފެސްޓިވަލް ކުޑަފަރީ 2023‘ ގެ ޕަރޓްނަރަކަށް ދިރާގު ވެއްޖެއެވެ.

މި ފެސްޓިވަލް ބޭއްވުމަށް ހަމަޖެހިފައިވަނީ 10 ޖޫން 2023 ވާ ހޮނިހިރު ދުވަހު ނ. ކުޑަފަރީގައެވެ.

އެކި ޖަމިއްޔާތަކާއި ޕާޓްނަރުންތަކާއި، މުޅި މުޖުތަމަޢު ގުޅިގެން އެ ކައުންސިލުން ބާއްވާ މި ފެސްޓިވަލަކީ ދުނިޔޭގެ ތިމާވެށި ދުވަސް އަދި ކަނޑުތަކުގެ ދުވަސް ފާހަގަކުރުމަށް ބާއްވާ ވަރަށް ކުލަގަދަ އިވެންޓެކެވެ.

އެގޮތުން ފެސްޓިވަލްގައި އެކި މަދަނީ ޖަމިއްޔާތަކާއި، ، ވިޔަފާރިތައް އަދި ރަށުގެ ރައްޔިތުންގެ ތަފާތު މަސައްކަތްތައް ދައްކާލާ އެފަރާތްތަކުގެ ވާހަކަތައް ހިއްސާކުރުމުގެ ފުރުސަތު ލިބިގެންދާނެއެވެ. އަދި މޫސުމަށް އަންނަ ބަދަލުތަކާއި، ތިމާވެށި ހިމާޔަތް ކުރުމަށް އެހީތެރިވާ ފަދަ ދެމެހެއްޓެނިވި އުސޫލުތަކާއި، ތިމާވެއްޓާ ރައްޓެހި އުފެއްދުންތަކުގެ އިތުރުން އެކި ސަގާފީ ކަންތައްވެސް ’ދަ ލިޓްލް ބިގް ފެސްޓިވަލް ކުޑަފަރީ 2023‘ ގައި ދައްކާލާނެއެވެ. އޭގެ ތެރޭގައި ދިވެހި ބޭސްވެރިކަމާއި، މިއުޒިކާއި، ކާބޯތަކެތީގެ އިތުރުން ދިވެހި ފަންނުވެރިކަންވެސް ފެނިގެންދާނެއެވެ.

މީގެ އިތުރުން ދިރާގު ބްރޭންޑް އެމްބެސެޑަރ، ޒޫނާ ނަސީމް (ޒޫންޓި) ވެސް މި ހަރަކާތުގައި ބައިވެރިވެ، ގައިޑެޑް ސްނޯރކްލިންގ އަދި ޑައިވިންގ ފުރަތަމަ ފަހަރަށް ތަޖުރިބާކޮށްލުމުގެ ޙާއްޞަ ހަރަކާތްތައް ކުރިއަށް ގެންދިއުމަށް ވަނީ ހަމަޖެހިފައެވެ.

ދިރާގުގެ މެނޭޖަރ ކޯޕަރޭޓް ސޯޝަލް ރެސްޕޮންސިބިލިޓީ ބިޝާރާ ހަމީދު ވިދާޅުވިގޮތުގައި ދުނިޔޭގެ ތިމާވެށި ދުވަސް އަދި ކަނޑުތަކުގެ ދުވަސް ކުލަގަދަގޮތެއްގައި ފާހަގަކުރުމަށް ބާއްވާ ’ދަ ލިޓްލް ބިގް ފެސްޓިވަލް ކުޑަފަރީ 2023‘ އަށް ނ. ކުޑަފަރީ ކައުންސިލަށް އެއްބާރުލުން ދިނުމަކީ ދިރާގަށް ލިބޭ ވަރަށް ބޮޑު އުފަލެކެވެ.

ދަލިޓްލް ބިގް ފެސްޓިވަލް ކުޑަފަރީ 2023′ އަށް ދިރާގުން ދެއްވި އެއްބާރުލުމަށް ޝުކުރު ދަންނަވަން. އަޅުގަނޑުމެންގެ ޕާޓްނަރުންނާއިއެކު  ބާއްވާ މި މުހިންމު ޕެސްޓިވަލްގައި އަޅުގަނޑުމެންގެ ދިވެހި ސަގާފަތާއި ތަރިކަ ދައްކާލުމުގެ އިތުރުން، ޚާއްޞަކޮށް އަޅުގަނޑުމެންގެ ރަށްރަށުގެ ނާޒުކު ތިމާވެށީގެ ނިޒާމާ މެދު ހޭލުންތެރިކަން އިތުރުކުރާ އެތައް ހަރަކާތަކެއްވެސް ފެނިގެންދާނެ    

ތިމާވެށި ހިމާޔަތްކޮށް، ހޭލުންތެރިކަން އިތުރުކުރުމަށް މަސައްކަތް ކުރުމާއި މުޖުތަމަޢު ބާރުވެރިކުރުމަކީ ދިރާގުގެ އިޖުތިމާއީ ޒިންމާގައި ޙާއްޞަ އަހަންމިޔަތުކަމެއްދޭ ދާއިރާއެކެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: