ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އެމްއެންޕީގެ އިގްތިސާދީ އަސާސްތަކުގެ ތެރޭގައި 6 ކަމެއް!

އެމްއެންޕީގެ މެނިފެސްޓޯ ލޯންޗް ކުރުމުގެ ހަފްލާގައި ޕާޓީގެ ރައީސް މުހައްމަދު ނާޒިމް ވާހަކަ ދައްކަވަނީ
ޝެއާރކޮށްލާ ކަހަލަދޯ؟

މޯލްޑިވްސް ނެޝަނަލް ޕާޓީ (އެމްއެންޕީ) ގެ އިގްތިސާދީ އަސާސްތައް ހާމަކޮށް، ބޮޑުތިލަދުންމައްޗަށް ކަނޑައަޅާފައިވާ ކަންކަން ހިއްސާކޮށްފިއެވެ.

ރޭ ހދ ކުޅުދުއްފުށީގައި އެމްއެންޕީއިން ބޭއްވި ޖަލްސާގައި އެމްއެންޕީގެ ވެރިކަމެއްގައި އިގްތިސާދީ އޮނިގަނޑު ފަރުމާކުރުމުގައި ހިމަނާފައިވާ އަސާސްތައް ޕްރެޒެންޓޭޝަނެއްގައި ހުށައަޅާދެއްވިއެވެ.

އެގޮތުން އަސާސްތަކުގެ ތެރޭގައި ރަށްރަށުގައި ދިރިއުޅޭ ވަޒީފާ އަދާކުރެވޭ އުމުރުގެ މީހުންނަށް ވަޒީފާގެ ފުރުސަތު ރަށުންނާއި، ރަށާއި ކައިރިން ޔަގީން ކޮށްދިނުމާއި، ކުދި އަދި މެދު ފަންތީގެ ވިޔަފާރިތައް އުފެއްދުމާއި، ތަމްރީނުދިނުން އަދި ތަރައްގީކުރުން ހިމެނެއެވެ. އަދި އަލަށް ވިޔަފާރިފަށާ ފަރާތްތަކަށް ކެޕިޓަލް ހޯދައިދިނުމާއި، އައު ވިޔަފާރި ވެރިން އުފެއްދުންވެސް ހިމެނެއެވެ.

އާއިލާއަށް ހިތްހަމަޖެހުމާއި ދުޅަހެޔޮކަން މަތީ ދިރިއުޅެވޭނެ އަމިއްލަވަންތަ ގެދޮރުގެ މާހައުލެއް ހޯދައިދިނުމާއި، ފެންވަރު ރަނގަޅު މަތީ ތައުލީމާއި ކެރިއަރ ގައިޑެންސް ކޯސްތައް އަދި ޓްރެއިނިންތައް ރަށުންނާއި، ރަށުކައިރިން ޔަގީންކުރުންވެސް ހިމެނެއެވެ. 6 ވަނަ އަސާސްގެ ގޮތުގައި ވަނީ އަސާސީ ހުރިހާ ހިދުމަތެއް ގާއިމްވެފައިވާ ހުރިހާ ރައްޔިތުންނަށް އެފޯޑަބަލް ހިދުމަތްތަކެއް ލިބިދިނުމެވެ.

ބަދަހި އިގްތިސާދުން ރައްޔިތުންނަށް ބާރުތަކެއް ދިނުމަށް ނިންމާފައިވާއިރު، ބޮޑު ތިލަދުއްމައްޗަށް ހާއްސަކޮށް އެމްއެންޕީއިންކުރުމަށް ރާވާފައިވާ ކަންކަންވެސް މި ޖަލްސާގައި ހުށައަޅުއްވައިދެއްވިއެވެ.

އެގޮތުން ސަރަހައްދުގެ އިގްތިސާދީ ތަނގބުތަކުގެ ގޮތުގައި ހިމަނާފައިވަނީ އިހަވަންދިއްޕޮޅު ޓްރާންސްޝިޕްމަންޓް ޕޯޓާއާއި، ކުޅުދުއްފުށި އަދި ހޯރަފުށި އެއާޕޯޓާއި، ކުޅުދުއްފުށި ބަނދަރާއި ފަތުރުވެރިކަމުގެ ބިނާތަކުގެ އިތުރުން ހަނިމާދޫ ބައިނަލްއަގުވާމީ ބަނދަރެވެ. އަދި މި ސަރަހައްދުގައި ފަތުރުވެރިކަންކުރިއެރުވުމަށްވެސް އެމްއެންޕީއިން ވަނީ ވައުދުވެފައެވެ. އެގޮތުން ފަތުރުވެރިކަން ކުރިއެރުވުމަށް ގިނަ ކަންތައްތަކެއް ހަމަޖައްސާފައިވާއިރު، ގެސްޓް ހައުސް އަޅާ ތަޅުދަނޑި ހަވާލުކުރުންވެސް ހިމެނެއެވެ.

މީގެ އިތުރުން ބޮޑުތިލަދުންމަތީގައި ދަނޑުވެރިކަން ކުރިއެރުމުގެ ގޮތުން ހާއްސަ އިންސެންޓިވް ދިނުމާއި، ބޭނުންވާ އާލާތްތަކާއި ސާމާނުދިނުމާއި އިތުރު ކަންކަންވެސް ހިމެނެއެވެ. އަދި ދަނޑުވެރިކަންކުރުމަށް ހިލޭ ބިން ދީ ތަމްރީނު ދިނުމަށްވެސް ވައުދުވެފައިވެއެވެ.

ހަމައެއާއިއެކު ތެލާއި އައިސް ހެޔޮ އަގުގައި ފޯރުކޮށްދީ މަސްވެރިކަން ފޯރުކޮށްދިނުމަށްވެސް ވައުދުވެފައިވެއެވެ. އަދި ވިޔަފާރި ފަށަން ފަހި ފުރުސަތުތައް ހުޅުވާލަދިނުމާއި، ބޯހިޔާވަހިކަމާއި، ތައުލީމު އުނގެނުމަށްވެސް ފަހި ފުރުސަތުތަކެއް ހުޅުވާލާނެކަމަށް ބުނެފައިވެއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: