ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އަހަރީ އަދި އޮޑިޓް ރިޕޯޓް ހުށަނާޅާތީ އެމްއެންޕީ، އެމްޓީޑީ އަދި ދަ ޑިމޮކްރެޓްސް ޖޫރިމަނާ ކޮށްފި

އިލެކްޝަންސް ކޮމިޝަންގެ އެސްޖީގެ މަގާމުގައި ހުންނެވި ހަސަން ޒަކަރިއްޔާ/ ފޮޓޯ: މިހާރު
ޝެއާރކޮށްލާ ކަހަލަދޯ؟

މިދިޔަ މާޗު މަހުގެ އެއް ވަނަ ދުވަހުގެ ނިޔަލަށް ސިޔާސީ ޕާޓީތަކުން އިލެކްޝަންސް ކޮމިޝަނަށް ފޮނުވަންޖެހޭ އަހަރީ ރިޕޯޓު، ތިން ޕާޓީއަކުން އަދިވެސް ފޮނުވާފައި ނުވާ ކަމަށާ އެ ތިން ޕާޓީ ވެސް 50،000 ރުފިޔާއިން ޖޫރިމަނާ ކޮށްފައިވާ ކަމަށް އެ ކޮމިޝަނުން ބުނެފިއެވެ.

ސިޔާސީ ޕާޓީގެ ގާނޫނު ގެ 6 ވަނަ މާއްދާގެ (ކ) ގައިވާ ގޮތުގެ މަތިން ކޮންމެ އަހަރަކު އެއްފަހަރު، ޖެހިގެން އަންނަ އަހަރުގެ މާޗު މަހުގެ އެއް ވަނަ ދުވަހުގެ ކުރިން ސިޔާސީ ޕާޓީތަކުން އިލެކްޝަންސް ކޮމިޝަނަށް ފޮނުވަންޖެހޭ އަހަރީ ރިޕޯޓު، ކޮމިޝަނަށް ފޮނުވަންވަންޖެހެއެވެ. އެކަމާ ގުޅިގެން ’ސަަންގުޓީވީ’އާ ވާހަކަދައްކަވަމުން އެ ކޮމިޝަނުގެ މެންބަރު ހަސަން ޒަކަރިއްޔާ ވިދާޅުވީ އެ މުއްދަތުގެ ނިޔަލަށް ރިޕޯޓު ފޮނުވާފައި ނުވަނީ ތިން ޕާޓީން ކަމަށެވެ،

ޒަކަރިއްޔާ ވިދާޅުވީ މިހާތަނަށް އަހަރީ ރިޕޯޓު އަދި އޮޑިޓް ރިޕޯޓު ވެސް ފޮނުވާފައިނުވަނީ އެމްޓީޑީއާ، އެމްއެންޕީ އަދި ދަ ޑިމޮކްރެޓްސް ކަމަށެވެ. ބާކީ ހުރިހާ ސިޔާސީ ޕާޓީތަކުން ވެސް އެ ދެ ރިޕޯޓު ކޮމިޝަނަށް ހުށަހަޅާފައިވާ ކަމަށް އޭނާ ވިދާޅުވިއެވެ.

ސިޔާސީ ޕާޓީތަކުގެ ގާނޫނުގެ 41 ވަނަ މާއްދާގައި ބަޔާން ކޮށްފައިވާ ގޮތުން ކޮންމެ މީލާދީ އަހަރެއް ނިމޭތާ ގިނަވެގެން 90 ދުވަހުގެތެރޭގައި ޕާޓީގެ އަހަރީ ހިސާބުތައް އޮޑިޓަރ ޖެނެރަލް ގަބޫލުކުރާ އޮޑިޓަރަކު މެދުވެރިކޮށް އޮޑިޓް ކުރުމަށްފަހު އެ ރިޕޯޓު، އިލެކްޝަންސް ކޮމިޝަނާ އޮޑިޓަރ ޖެނެރަލަށް ހުށަހަޅަން ޖެހެއެވެ.

ޕާޓީގެ އަހަރީ ރިޕޯޓުން ޕާޓީގެ މަގްސަދުތައް ހާސިލުކުރަން މަސައްކަތް ކޮށްފައިވާކަން ފެންނަން ޖެހެއެވެ. އަދި ދައުލަތުގެ ބަޖެޓުން ދޭ ފައިސާގެ އެހީ ސިޔާސީ ޕާޓީތަކުގެ މެދުގައި ބެހުމުގައި އެ ކޮމިޝަނުން އެ ރިޕޯޓު ހުށަހަޅާފައިވޭތޯ ބަލައި އެކަމަށް ރިއާޔަތް ކުރާނެއެވެ.

ސިޔާސީ ޕާޓީގެ ގާނޫނު ގެ 42 ވަނަ މާއްދާގައި ބަޔާންކުރާ އޮޑިޓް ރިޕޯޓު އޮޑިޓަރ ޖެނެރަލަށް ޕާޓީގެ ފަރާތުން ހުށަހެޅުމުން، އެ ރިޕޯޓުގައި ހިމެނިފައިވާ ކަންކަމަށް ރިއާޔަތްކޮށް، އެ ރިޕޯޓާމެދު އޮޑިޓަރ ޖެނެރަލް ދެކޭގޮތް، ރިކޮމެންޑޭށަންތަކާއެކު ރިޕޯޓު ހުށަހަޅާތާ އެއް މަސްދުވަހުގެ ތެރޭގައި ރައްޔިތުންގެ މަޖިލީހަށާއި ކޮމިޝަނަށް ހުށަހަޅަންޖެހެއެވެ. އަދި އޮޑިޓް ރިޕޯޓު 90 ދުވަހުގެތެރޭގައި ކޮމިށަނަށް ހުށަނާޅާ ޕާޓީއެއް، 50،000 ރުފިޔާއިން ޖޫރިމަނާކުރުމުގެ އިހުތިޔާރު ކޮމިޝަނަށް ލިބިގެންވެއެވެ.

އިލެކްޝަންސް ކޮމިޝަނުން ޕާޓީއެއް ޖޫރިމަނާކުރަން ނިންމައިފިނަމަ، އެކަން އެ ޕާޓީއަކަށް 15 ދުވަހުގެ ތެރޭގައި އަންގަން ޖެހެއެވެ. އަދި ޕާޓީއަކަށް އެކަން އަންގާ ދުވަހުން ފެށިގެން 30 ދުވަހުގެ ތެރޭގައި، އެ ޕާޓީން ޖޫރިމަނާ ފައިސާ އީސީއަށް ދައްކަން ސިޔާސީ ޕާޓީތަކުގެ ގަވައިދުން ލާޒިމު ކުރެއެވެ. އޭގެ އިތުރުުން ޖޫރިމަނާ ފައިސާ ނުދައްކައިފިނަމަ، ޖެހިގެން އަންނަ އަހަރު ދައުލަތުގެ ބަޖެޓުން ޕާޓީއަށްދޭ ފައިސާގެ އެހީގެ ތެރެއިން، ނުދައްކައިހުރި ޖޫރިމަނާގެ ފައިސާގެ އަދަދު އުނިކުރުމަށް ވެސް ގަވައިދުން ލާޒިމުކުރެއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 100%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: