ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ގައުމުދެކެ ލޯބިވާނަމަ ރައްޔިތުންގެ ބޮލުގައި ”ތެތް ގޯނި“ އަޅުވާކަށް ނޫޅޭނެ: ޚަލީލް

ޕީއެންސީ ހަރުގޭގައި ކުރިއަށް ދިޔަ ޖަލްސާަގައި ހަލީލް ވާހަކަފުޅު ދައްކަވަނީ/ ފޮޓޯ: ވަގުތު
ޝެއާރކޮށްލާ ކަހަލަދޯ؟

ދިވެހި ގައުމުދެކެ ލޯބި ވާނަމަ ރައްޔިތުންގެ ބޮލުގައި ’ތެތް ގޯނި‘ އަޅުވައި އޮޅުވާލަން މަސައްކަތް ނުކުރާނެ ކަމަށް ހެލްތު މިނިސްޓަރު ޑރ. އަބްދުﷲ ޚަލީލް ވިދާޅުވެއްޖެއެވެ.

ޕީއެންސީން މިރޭ ބާއްވަމުންދާ ހަރުގެ ޖަލްސާގައި ވާހަކަދައްކަވަމުން މިނިސްޓަރު ވިދާޅުވީ ގައުމުގެ ވެރިއެއްގެ ކިބައިން ރައްޔިތުން ދެކެން ބޭނުންވާނީ ކެތްތެރިކަމާއެކު ސާބިތުކަމާއެކު ރައްޔިތުންނަށް ވިދާޅުވާ ވާހަކަ ތަންފީޒުކުރާތަން ލޮލަށް ފެންނަން ކަމަށެވެ. ޚަލީލް ވިދާޅުވީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ކިބައިން ފެންނަ އެންމެ މުހިއްމު ސިފަފުޅަކީ އެއީ ކަމަށެވެ.

އިތުރަށް ވާހަކަދައްކަވަމުން މި ސަރުކާރާ އިދިކޮޅު ކަމަށް ބުނި ޕީއެންއެފްގެ ބޭފުޅުންނަށް އަމާޒުކުރައްވާ މިނިސްޓަރު ވިދާޅުވީ މިހާރު އިދިކޮޅުގަ ތިއްބެވި ބޭފުޅުންގެ ތެރޭގައި ކުރިން ޕީޕީއެމް ޕީއެންސީގެ ލީޑަރުން ހިމެނޭތީ ކަންބޮޑުވެވަޑައިގަންނަވާ ކަމަށެވެ.

އެ ވިދާޅުވާއިރު އަޅުގަނޑު ހިތަށްއަރަނީ މި ބޭފުޅުން ހިތްޕުޅަށް އަރާވަޑައިނުގަންނަވަނީތޯއޭ، މިގައުމުގެ ރައްޔިތުންގެ ދެކެ ލޯބިވާ ކަމަށް ވާނަމަ މިއަދު ނިކުމެވަޑައިގެން ކުރައްވަން ވީ ކަމަކީ ރައްޔިތުންނާ އެއްކޮށް ތިއްބެވުން. ރައްޔިތުން ބޭނުންވަނީ ގައުމު ހަމަ މަގަށް އަޅުވަންކަން ރިޔާސީ އިންތިޚާބުން ބުނެދިން އަދި ރައްޔިތުންގެ މަޖިލިސް އިންތިޚާބުން ރައްޔިތުން ވަނީ އެ ވާހަކަ ވަރަށް ސާފުކޮށް ރައީސުލްޖުމްހޫރިއްޔާއަށް ވިދާޅުވެފަ. އެއަށް ވުރެ ވަކިން ބޮޑު ވާހަކައެއް ކޮބައިތޯ ރައްޔިތުންގެ ފަރާތުން އަންނާނެ. ގައުމު ދެކެ ލޯބިވޭތަ. އެހެންވީރު ނިކުމެވަޑައިގެން ގައުމުގެ ހަމަޖެހުމަށްޓަކާ މަސައްކަތް ކުރައްވަންވީ. މި ގައުމުގެ އިގްތިސާދު ރަނގަޅު ކުރުމަށްޓަކައި ސަރުކާރުން އެ ކުރައްވާ މަސައްކަތްތަކަށް ތާއީދު ކުރައްވައިގެން ވާހަކަފުޅު ދައްކަވަންވީ. ތަފާތު ވާހަކަދައްކައިގެން ރައްޔިތުން ބޮލުގަ ތެތް ގޯނި އެޅުމުގެ މަސައްކަތެއް ނޫން ކުރަންވީ.

މިނިސްޓަރު ވިދާޅުވީ އެއްއިރަކު ލީޑަރުންގެ ގޮތުގައި ބަލަމުން ގެންދިޔަ އެ ބޭފުޅުން ތިއްބަވައިގެން ވަރަށް ތަފާތު ފާޑުގެ ވާހަކަ ދައްކަވައި، ސަރުކާރަށް ފާޑުކިޔައި ރައްޔިތުންނަށް އޮޅުވާލަން އެތައް ވާހަކައެއް ވިދާޅުވަމުން ދާ ކަމަށެވެ. އަދި ވިދާޅުވީ ޚާއްސަކޮށް އިގްތިސާދީ ކަންކަން އޮޅުވާލަން ވަރަށް ގިނަ ވާހަކަތަކެއް ވިދާޅުވަމުން ދާ ކަމަށެވެ.

ނަމަވެސް ގައުމާ ރައްޔިތުންދެކެ ލޯބިވާނަމަ އެއަށްވުރެ ސާބިތު ކަމާއެކު ރަނގަޅަށް ގައުމުގެ ހާލަތު ރައްޔިތުންނަށް ކިޔައިދޭން މަސައްކަތް ކުރައްވަން ޖެހޭ ކަމަށް ޚަލީލް ތަކުރާރުކޮށް ވިދާޅުވިއެވެ. އެނޫން ގޮތަކަށް އަމަލުތައް ބަހައްޓަވާނަމަ އެއީ ރައްޔިތުންނާ ގައުމުގެ ހެވާ ލާބަޔަށް އުޅޭ ބައެއް ކަމަށް ގަބޫލު ނުކުރެއްވޭ ކަމަށް ވެސް ވިދާޅުވިއެވެ.

ވަރަށް ގަދަ
100%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: