ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ކުރަން އޮތީ މި ދައުރުގައި ކޮށްފައިވާ ކަންކަން ރައްޔިތުންނަށް ސާފުކޮށްދިނުމުގެ މަސައްކަތްތައް: ރައީސް ސާލިހު

ޑޯރ ޓު ޑޯރ ހަރަކާތުގެ ތެރެއިން: ފޮޓޯ/ އެމްޑީޕީ
ޝެއާރކޮށްލާ ކަހަލަދޯ؟

މި ވެރިކަމުގެ ދައުރުގައި ކޮށްދެއްވާފައިވާ މަސައްކަތްތައް ރައްޔިތުންނަށް ސާފުކޮށްދެއްވުން މުހިންމުކަމަށް ރައީސް އިބްރާހިމް މުހައްމަދު ސާލިހު ވިދާޅުވެއްޖެއެވެ.

އެމްޑީޕީގެ ރިޔާސީ ކެމްޕެއިންގެ ތެރެއިން މާލޭގައި ކުރިއަށް ގެންދިޔަ ދޮރުން ދޮރަށް ހިންގެވުމުގެ ހަރަކާތެއްގައި ނޫސްވެރިންނާއި މައުލޫމާތު ހިއްސާކުރައްވާ ރައީސް ވިދާޅުވީ، އެމަނިކުފާނު މަސައްކަތްކުރައްވަމުންދަނީ 2018 ވަނަ އަހަރުގެ ރިޔާސީ އިންތިހާބުގައިވެސް ހޯއްދެވި ފަދަ ނަތީޖާއެއް ހާސިލުކުރެއްވުމަށްކަމަށެވެ. އަދި އެމަނިކުފާނަށް އެފަދަ މަންޒަރެއް ކުލަވަމުންދާކަމަށްވެސް ސިފަކުރެއްވިއެވެ.

ހަގީގަތާއި ހިލާފު ވާހަކަތަކުގެ ސަބަބުން ބައެއް ކަންކަން އޮޅިފައިވާކަމަށް އިޝާރާތްކުރައްވާ ރައީސް ސާލިހު ވިދާޅުވީ، އެމަނިކުފާނަށް ކުރައްވަން ޖެހިވަޑައިގެންފައިވާ މަސައްކަތްތަކަކީ، ފަސް އަހަރުގެ ތެރޭގައި ކުރެއްވި މަސައްކަތްތައް އަދި އެކަން ކުރެއްވުމަށްޓަކައި އެޅުއްވި ފިޔަވަޅުތަކާއި ކަޑައްތުކުރެއްވި ދަތިތައް ރައްޔިތުންނާއި ހިއްސާކުރެއްވުންކަމަށެވެ.

ރައީސް ސާލިހުގެ ކެމްޕެއިން މަސައްކަތްތައް ބާރު ސްޕީޑެއްގައި ކުރިއަށް ދާއިރު، މައި ވާދަވެރި ކެނޑިޑޭޓު ރައީސް އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމުގެ ޕީޕީއެމް/ޕީއެންސީ ކޯލިޝަނުންވެސް ދަނީ އެ ޕާޓީގެ ކެމްޕެއިން މަސައްކަތްތައް ކުރަމުންނެވެ. ރައީސް ސާލިހު އެންމެ ފުރަތަމަ ކެމްޕެއިން ހަރަކާތެއް ކުރިއަށް ގެންދެވީ ށ އަތޮޅު ފޯކައިދޫގައެވެ. އިއްޔެގެ ވަގުތެއްގައި މާލޭގައި ހަރަކާތްތަކެއް ބާއްވާފައިވާއިރު، މިއަދު އެމަނިކުފާނު ގުރައިދޫ ގުޅި އަދި މާފުއްޓަށް ވަޑައިގެންނެވުމަށްވަނީ ހަމަޖެހިފައެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: