ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ރައީސް ސާލިހު ބަލި ގަބޫލުކޮށްފި!

ރައީސް ސާލިހާއި މުއިއްޒު "ސަންގު ބަހުސް"ގައި
ޝެއާރކޮށްލާ ކަހަލަދޯ؟

2023 ވަނަ އަހަރުގެ ރިޔާސީ އިންތިހާބުން ނާކާމިޔާބުވެފައިވާކަން ރައީސް އިބްރާހިމް މުހައްމަދު ސާލިހު ގަބޫލުކުރައްވައިފިއެވެ.

ރިޔާސީ އިންތިހާބުގެ ދެވަނަ ބުރުގެ ވޯޓުލުން ނިމިފައިވާއިރު، ރައީސް ސާލިހުއާއިއެކު ވާދަކުރެއްވި ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓު ޑރ މުހައްމަދު މުއިއްޒުވަނީ އެމަނިކުފާނުގެ މައްޗަށް ބޮޑުތަނުން ކުރި ހޯއްދަވާފައެވެ. ރައީސް ސާލިހަށް 45 އިންސައްތައާއި ގާތް ކުރާ އަދަދެއް ލިބިފައިވާއިރު، ޑރ މުއިއްޒުއަށް ލިބިވަޑައިގަތީ 54 އިންސައްތައާއި ގާތްކުރާ އަދަދެއްގެ ވޯޓެވެ.

ވަގުތީ ނަތީޖާ އިއުލާނުކުރެވިފައިވުމާއިއެކު، ރައީސް ކުރެއްވި އެކްސްއެއްގައި ވިދާޅުވީ، މުއިއްޒު ރިޔާސީ އިންތިހާބު ކާމިޔާބުކުރައްވާފައިވާކަމަށާއި އެހެންކަމުން މަރުހަބާ ދަންނަވާކަމަށެވެ. ރައީސް ސާލިހު ވިދާޅުވީ، 2023 ވަނަ އަހަރުގެ ރިޔާސީ އިންތިހާބުގައި ދިވެހި ރައްޔިތުންވަނީ ޑިމޮކްރެޓިކް ރީތި ނަތީޖާއެއް ދައްކަވާފައިކަމަށެވެ.

އެމަނިކުފާނުވަނީ އެމްޑީޕީ އަދި އަދާލަތު ޕާޓީގެ މެމްބަރުންނަށް އެކުގައި ކުރައްވާފައިވާ މަސައްކަތްތަކަށް ޝުކުރު އަދާކުރައްވާފައެވެ. އަދި ވޯޓު ދެއްވި އެންމެހާ ފަރާތްތަކަށްވެސް ޝުކުރު ދަންނަވާކަމަށް ވިދާޅުވެފައިވެއެވެ.

2023 ވަނަ އަހަރުގެ ރިޔާސީ އިންތިހާބު ނިމި، ދިވެހިރާއްޖޭގެ ވެރިކަން ޕީއެންސީ އަދި ރިޔާސީ ކެންޑިޑޭޓު ޑރ މުހައްމަދު މުއިއްޒުއަށް ލިބިފައިވާއިރު، މި އިންތިހާބަކީ ދިވެހިރާއްޖޭގެ ތާރިހުގައި އެންމެ ގިނަ އަދަދެއްގެ ކެންޑިޑޭޓުން ވާދަކުރެއްވި އިންތިހާބެވެ. އިންތިހާބުގެ ފުރަތަމަ ބުރުގައި ޖުމުލަ 8 ކެންޑިޑޭޓަކު ވަނީ ރައީސްގެ މަގާމަށް ވާދަކުރައްވާފައެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: