ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

މޭޔަރު ސައުދުގެ މައްޗަށް ދައުވާތައް އުފުލާފައިވަނީ ސިޔާސީ ނުފޫޒުން: ރައީސް ސޯލިހް

ކުރީގެ ރައީސް އަދި އެމްޑީޕީގެ އެޑްވައިޒަރ އިބްރާހީމް މުހައްމަދު ސާލިހު. ފޮޓޯ: އެމްޑީޕީ
ޝެއާރކޮށްލާ ކަހަލަދޯ؟

ގދ. ތިނަދޫ ސިޓީގެ މޭޔަރު ސައުދު އަލީގެ މައްޗަށް އުފުލާފައިވާ ދައުވާތަކަކީ ސިޔާސީ ނުފޫޒުން އުފުލާފައިވާ ދައުވާތަކެއް ކަމަށް ކުރީގެ ރައީސް އިބްރާހީމް މުހައްމަދު ސޯލިހް ވިދާޅުވެއްޖެއެވެ.

އެކްސްގައި ހިއްސާ ކުރެއްވި ޕޯސްޓެއްގައި ރައީސް ސޯލިހް ވިދާޅުވީ، ޒާތީ ހަސަދަވެރިކަމުގައި މޭޔަރު ސައުދާ ދެކޮޅަށް ދައުވާތަކެއް އުފުލާފައިވީ ނަމަވެސް ތިނަދޫގެ ރައްޔިތުންނަށް ހިދުމަތް ކުރުމުގައި ސައުދު ފަސްޖެހިވަޑައިނުގަންނަވާނެ ކަމަށެވެ. އަދި އިންތިޚާބީ މަންދޫބުންނަށް ބިރުދެއްކުމާއި، ލާމަރުކަޒީ ނިޒާމު ބަލިކަށިކޮށް، ބާރުތައް މަރުކަޒު ކުރުމަށް ކުރަމުންދާ މަސައްކަތްތަކަށް އެމަނިކުފާނު ވަނީ ފާޑުވިދާޅުވެފައެވެ.

ސައުދުގެ މައްޗަށް ކުރާ ތުހުމަތުތައް ފުލުހުން ތަހުގީގުކޮށް ނިމިގެން ދައުވާކޮށްދިނުމަށް އެދި ޕީޖީ އޮފީހަށް ފޮނުވައިގެން މައްސަލަ ބަލައިގަތީ މި މަހުގެ 19ގައެވެ. ޕީޖީ އޮފީހުގެ ވެބްސައިޓްގައި މިހާރު އެ މައްސަލަ އަދާހަމަކޮށްފައިވާއިރު، ސައުދުގެ މައްޗަށް ދެ ދައުވާއެއް ވަނީ އުފުލައިފައެވެ.

އެގޮތުން އުފުލާފައިވާ ދައުވާތަކަކީ:

  • އެނގިހުރެ ސައްހަ ނޫން ލިޔުމެއް ދިނުމުގެ ކުށުގެ ދައުވާ: ކުށުގެ އަސާސީ އަދަބަކީ 1 އަހަރާއި 7 މަހާއި 6 ދުވަހުގެ މުއްދަތަކަށް ޖަލަށް ލުން
  • ރަސްމީ އިދާރާއަކަށް ދޮގު މައުލޫމާތު ދިނުމުގެ ކުށުގެ ދައުވާ: ކުށުގެ އަސާސީ އަދަބަކީ 4 މަހާއި 24 ދުވަހުގެ މުއްދަތަކަށް ޖަލަށް ލުން

މި ދެ ކުށުގެ އަސާސީ އަދަބުގެ ޖުމުލައަކީ 2 އަަހަރާއި 1 މަސްދުވަހަށް ޖަލަށް ލުމެވެ. އެނގިހުރެ ސައްހަ ނޫން ލިޔުމެއް ދިނުމުގެ ކުށުގެ ދައުވާ އުފުލި ސަބަބެއްގެ ގޮތުގައި ޕީޖީ އޮފީހުން ބުނީ ތިނަދޫ ރަށު ކައުންސިލްގެ ރައީސް މަގާމުގައި ހުރެ، ސައުދު ސޮއިކުރައްވައި ލޯކަލް ގަވަރުމަންޓް އޮތޯރިޓީ (އެލްޖީއޭ)އަށް ފޮނުއްވި ސިޓީގައިވާ ލިސްޓުގައި މަރުވެފައިވާ މީހުންގެ މައުލޫމާތާއި ސައްހަކަން ކަށަވަރުނުކުރެވޭ މައުލޫމާތު ހިމަނާފައިވާ ކަމަށެވެ.

އައިޑީ ކާޑު ނަންބަރުތައް ހިމެނޭ ސައްހަ ލިސްޓެއް ހިއްސާކުރުމަށް އެލްޖީއޭން ކައުންސިލްގައި އެދުމުން ދެން ހިއްސާކުރި ލިސްޓްގައި އެހެން ރަށްރަށުގައި ރަޖިސްޓްރީވެފައިވާ މީހުންގެ މައުލޫމާތާއި އެއް ނަންތަކެއް ތަކުރާރުކޮށް ހިމަނާފައިވާ ކަމަށްވެސް ވަނީ ފާހަގަކޮށްފައެވެ.

ރަސްމީ އިދާރާއަކަށް ދޮގު މައުލޫމާތު ދިނުމުގެ ކުށުގެ ދައުވާ އުފުލި ސަބަބެއްގެ ގޮތުގައި ޕީޖީ އޮފީހުން ބުނީ ސައުދު ސޮއިކުރައްވައި އެލްޖީއޭއަށް ފޮނުއްވި ލިސްޓުތައް ފުލުހުންނަށް ހިއްސާކުރުމަށް އެދުމުން އެކަން ކޮށްދީފައި ނުވާ ކަމަށެވެ. އަދި ފުލުހުންނަށް ފެކްސް މެސެޖުން، ސިޓީއެއްގެ ދަރަޖަ ހޯދުމަށް ދައުލަތުގެ އިދާރާތަކަށް ލިސްޓެއް ފޮނުވިކަން ރެކޯޑު ކުރެވިފައިނުވާ ކަމަށް ވިދާޅުވެ ސައުދު މައުލޫމާތު ދެއްވާފައިވާ ކަމަށް ދައުވާގައިވެއެވެ.

ތިނަދޫ، ސިޓީއަކަށް ބަދަލުކުރުމުގެ މަރުހަލާގައި ސަރުކާރު އިދާރާތަކަށް ދޮގު މައުލޫމާތު ދިން ކަމަށް ބުނާ މައްސަލައެއްގައި އޭނާގެ މައްޗަށް ދެ ދައުވާއެއް ޕްރޮސެކިއުޓާ ޖެނެރަލް (ޕީޖީ) އޮފީހުން އުފުލާފައިވާއިރު ލޯކަލް ކައުންސިލް އިންތިހާބުގެ ކުރިން، މިދިޔަ އަހަރު ސައުދު ސަސްޕެންޑު ވެސް ކުރިއެވެ. އޭރު ވެސް ސައުދު ވިދާޅުވެފައި ވަނީ، އޭނާ ސަސްޕެންޑުކުރީ ސިޔާސީ ބޭނުމެއްގައި ކަމަށެވެ.

މި މައްސަލައިގައި ތިނަދޫގެ އާބާދީ އޮޅުވާލި ކަމަށް ބުނެ ރައްޔިތުންގެ މަޖިލީހުގެ ތިނަދޫ އުތުރު ދާއިރާގެ ޕީއެންސީ މެންބަރު ސަޢުދުﷲ ޙިލްމީ ފޭސްބުކްގައި އާންމުކުރެއްވި އާބާދީއާ ގުޅޭ ލިސްޓެއްގެ މައްސަލަ ބަލައިދިނުމަށް ތިނަދޫ ސިޓީ ކައުންސިލުން ދިވެހި ފުލުހުންގެ ހިދުމަތުގައިވެސް ވަނީ އެދިފައެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: