ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

މެމްބަރުން ގައުމާއި ރައްޔިތުންނަށް ކުރިއެރުންތަކެއް ގެނެސްދޭނެކަމަށް އުންމީދުކުރަން: ރައީސް ސާލިހު

ރައީސް އިބްރާހިމް މުހައްމަދު ސާލިޙް: ފައިލް ފޮޓޯ
ޝެއާރކޮށްލާ ކަހަލަދޯ؟

20 ވަނަ ރައްޔިތުންގެ މަޖިލީހުގެ މެމްބަރުން ގައުމާއި ރައްޔިތުންގެ ކުރިއެރުމަށް ގިނަ މަސައްކަތްތަކެއް ކޮށްދެއްވާނެކަމަށް އުންމީދުކުރައްވާކަމަށް ރައީސް އިބްރާހިމް މުހައްމަދު ސާލިހު ވިދާޅުވެއްޖެއެވެ

ޕީއެންސީގެ މެޖޯރިޓީއެއް އޮތް 20 ވަނަ މަޖިލީހުގެ މެމްބަރުން ހުވާކުރެއްވުމާއިއެކު ރައީސް ސާލިހުވަނީ އެމަނިކުފާނުގެ އަމިއްލަ އެކްސް އެކައުންޓުން މެމްބަރުންނަށް މުބާރިކްބާދީއާއި ތަހުނިޔާ އަރިސްކުރައްވާފައެވެ. އަދި މެމްބަރުންނަށް ރައްޔިތުން ހަވާލުކުރި މުހިންމު ވާޖިބު އެންމެ ފުރިހަމައަށް އަދާކުރައްވާނެކަމަށް އުންމީދުކުރައްވާކަމަށްވެސް ވިދާޅުވިއެވެ.

އެމަނިކުފާނު ވިދާޅުވީ، 20 ވަނަ މަޖިލީހުގެ މެމެބްރުން ގާނޫނުއަސާސީ އާއި ޑިމޮކްރެސީގެ ރިވެތި އުސޫލުތަކުގެ މަތީގައި ދެމިތިއްބަވާނެކަމަށްވެސް އުންމީދުކުރައްވާކަމަށެވެ. އަދި މެމްބަރުން ގައުމާއި ރައްޔިތުންގެ ކުރިއެރުމަށްޓަކައި ގިނަ މަސައްކަތްތަކެއް ކޮށްދެއްވާނެކަމަށް އުންމީދުކުރައްވާކަމަށްވެސް ވިދާޅުވިއެވެ.

ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި ޕީއެންސީއަށް ކާމިޔާބުކުރެވުނީ 66 ގޮނޑިއެެވެ. އެހެންނަމަވެސް އަމިއްލަ ގޮތުން ވާދަކުރައްވައި އިންތިހާބު ކާމިޔާބުކުރެއްވި ބައެއް މެމްބަރުންވަނީ ޕީއެންސީ އާއި ގުޅިފައެވެ. އެހެންކަމުން އެ ޕާޓީގެ ޕީޖީ ގުރޫޕުގެ އަދަދު 75 އަށް އަރާއިރު، އެމްޑީޕީގައި ތިއްބެވީ 12 މެމްބަރުންނެވެ. އެމްއެންޕީގެ މެމްބަރުންނާއި ޖޭޕީގެ އިތުރުން އެމްޑީއޭއިންވެސްވަނީ މި އިންތިހާބުގައި ގޮނޑިތަކެއް ކާމިޔާބުކޮށްފައެވެ.

ވަރަށް ގަދަ
100%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: