ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އެހެން ބަޔަކަށް ދެވިގެން ނުވާނެ ދިވެހިންނަށް ހާއްސަަ ވަޒީފާތައް ކަނޑައަޅައިދޭނަން: ނާޒިމް

އެމްއެންޕީގެ ލީޑަރު ނާޒިމް: ފޮޓޯ/ ސޯޝަލްމީޑިއާ
ޝެއާރކޮށްލާ ކަހަލަދޯ؟

ދިވެހިރާއްޖޭގެ މަސައްކަތުގެ މާހައުލުގެ ކޮންމެ ދާއިރާއެއްގައިވެސް ދިވެހިންނަށް އިސްކަން ދެވޭ ވަޒީފާތަކެއް ހުންނަން ޖެހޭނެކަމަށާއި އެ ވަޒީފާތައް އެހެނިހެން ގައުމުތަކުގެ ރައްޔިތުންނަށް ދެވިގެން ނުވާނެކަމަށް އެމްއެންޕީގެ ރިޔާސީ ކެނޑިޑޭޓު ރިޓަޔާޑް ކާނަލް މުހައްމަދު ނާޒިމް ވިދާޅުވެއްޖެއެވެ.

އެމްއެންޕީއިން ”ނުއިވޭ އަޑުތައް“ ގެ ނަމުގައި ކުރިއަށް ގެންދިޔަ ބައްދަލުވުމުގައި ނާޒިމްވަނީ ދިވެހިރާއްޖޭގެ ވަޒީފާގެ ބާޒާރުގައި ފާހަގަކުރެވޭ މައްސަލަތަކާއިމެދު ވާހަކަދައްކަވާފައެވެ. ގިނަ ކަންބުވުންތަކެއް ހުރިކަމަށް ނާޒިމް ވިދާޅުވިއެވެ. އޭނާ ވިދާޅުވީ، އެމްއެންޕީގެ ވެރިކަމެއްގައި ދިރު ވިސްނުމެއްގެ މައްޗަށް ބިނާވެފައިވާ ގައުމީ ތަރައްގީގެ ޕްލޭނެއް އެކުލަވާލެވިގެންދާނެކަމަށެވެ. ނާޒިމް ވިދާޅުވީ، ދިވެހިރާއްޖޭގެ އިގްތިސާދީ ސިނާއަތުގެ ތެރެއިން ދިވެހިންނަށް ވަޒީފާ ހާއްސަ ނުކުރެވުމަކީ ބޮޑު މައްސަލައެއްކަމަށެވެ. އޭނާ ވިދާޅުވީ، މިހާރު ދިވެހިރާއްޖޭގެ އެތައް ސިނާއަތެއް ފުޅާކުރެވިފައިވާނަމަވެސް ދިވެހިންނަށް ހާއްސަކުރެވިފައިވާ އެންމެ ވަޒީފާއެއްވެސް ނެތްކަމަށެވެ.

ނާޒިމް ވިދާޅުވީ، ދިވެހިން ޖެހެނީ ވަޒީފާގެ މާހައުލުގައި ވާދަކުރަންކަމަށެވެ. އޭނާ ވިދާޅުވީ، ދިވެހިންނަށްވުރެ ތައުލީމީ ބަޔަކު ތިބެދާނެކަމަށެވެ. އެހެންނަމަވެސް ގައުމުގެ ރައްޔިތުންނަށްވުރެ މި ގައުމުގެ މާހައުލަށް އެއްވެސް ބަޔަކު ފަރިތަ ނުވާނެކަމަށް ވިދާޅުވިއެވެ. އެހެންކަމުން ދިވެހިރާއްޖޭގެ ކޮންމެ ސިނާއަތެއްގައިވެސް ދިވެހި ރައްޔިތުންނަށް އިސްކަން ދެވޭ ވަޒީފާތަކެއް ހުންނަންޖެހޭކަމާއިމެދު ވިސްނަންޖެހިފައިވާކަމަށް ވިދާޅުވިއެވެ. އޭނާ ވިދާޅުވީ، އެ ވަޒީފާތައް އެހެން ބަޔަކަށް ދީގެން ނުވާނެކަމަށެވެ.

އޭނާ ވިދާޅުވީ، އެމްއެންޕީގެ ވެރިކަމެއްގައި ބޭރު މީހުންނަށް ނުތިބެވޭ ދިވެހިންނަށް ހާއްސަ ވަޒީފާތަކެއް ކަނޑައަޅައިދެއްވާނެކަން ޔަގީންކުރެއްވުމަށެވެ. އޭނާ ވިދާޅުވީ، ދައްކަވަމުންދަނީ އެންމެ މަގުބޫލު ވާހަކަތަކަށް ނުވެދާނެކަމަށެވެ. އެހެންނަމަވެސް ސަރުކާރަކާއި ހަވާލުވުމަށް ހިތުނިޔަތް ގަތީ ކެރިގެން ސާބިތުކަމާއިއެކުކަމަށް އޭނާ ވިދާޅުވިއެވެ. ނާޒިމް ވިދާޅުވީ، އޭނާ ސަރުކާރާއި ހަވާލުވުމަށް މަސައްކަތްކުރައްވަމުންދަނީ މޫނެއް ކަނދުރާއެއް އަދި ވިޔަފާރިވެރިންނަށްވެސް ބެލުމެއް ނެތިކަމަށެވެ.

ނާޒިމް ވިދާޅުވީ، އެމްއެންޕީގެ ސަރުކާރެއްގައި ރިސޯޓުތަކުގައި އަދި ހާއްސަ ގޮތެއްގައި ފަތުރުވެރިކަމުގެ ދާއިރާގެ ތެރޭގައި މިއުޒިކް ކުޅުމުގެ މަސައްކަތްތައް ކުރުމަށް ބޭރު ގައުމުތަކުގެ މީހުންނަށް ނުތިބެވޭނެކަން ޒުވާނުންނަށް ދަންނަވާކަމަށެވެ. އޭނާ ވިދާޅުވީ، އެންޓަރޓެންމެންޓާއި އާޓްސްގެ ދާއިރާގެ ތެރޭގައިވެސް ދިވެހިން ނޫން ބަޔަކަށް ނުތިބެވޭނެކަމަށެވެ. ނާޒިމް ވިދާޅުވީ، ޑައިވިންގް ކުރުމާއި ފޮޓޯނެގުމުގެ މަސައްކަތްތަކާއި ސުވެނިއަރ ފިހާރަތަށް ހިންގުމުގެ މަސައްކަތްތައްވެސް ދިވެހިންނަށް ހާއްސަކުރެވިގެންދާނެކަމަށެވެ. ނާޒިމް ވިދާޅުވީ، އެމްއެންޕީގެ ވެރިކަމެއްގައި ގާނޫނެއް ފަރުމާކޮށްގެން އެ ގާނޫނީ ބާރުގެ ދަށުން އެކަން ކުރައްވާނެކަން ފާހަގަކުރައްވާކަމަށެވެ.

ދާދި ފަހުން ރާއްޖޭގެ އެކި ރަށްތަކަށް ދަތުރުކުރެއްވިކަމަށެވެ. އަދި އަންހެން ބޭފުޅުން ކުރައްވާ މުހިންމު މަސައްކަތްތަކެއް ފާހަގަކުރެއްވިފައިވާކަމަށް ވިދާޅުވިއެވެ. ނާޒިމް ވިދާޅުވީ، އެ މަސައްކަތްތަކަކީ ފަންގިވިނުމާއި ރޯނު ވެށުމުގެ މަސައްކަތްތައްކަމަށެވެ. އޭނާ ވިދާޅުވީ، އެ މަސައްކަތްތައް ކުރައްވަމުންދާ ފަރާތްތައް މިއަދު ތިބީ ކުރަމުންދާ މަސައްކަތްތަކުން ނަފާއެއް ލިބިގެން ނުދާނެ ހާލަތެއްގައިކަމަށެވެ. އޭނާ ވިދާޅުވީ، އުފައްދާ މުދާ ވިއްކޭނެ ގޮތެއް ނުހުންނަކަމަށެވެ. މީގެ އިތުރުން އެކަން ކުރަން ބޭނުންވާ ވަސީލަތްތައް ބޭރުން އިމްޕޯޓުކުރަމުންދާކަމަށްވެސް ވިދާޅުވިއެވެ.

ނާޒިމް ވިދާޅުވީ، އެމްއެންޕީގެ ވެރިކަމެއްގައި އެ މައްސަލައަށް ހައްލުތަކެއް ގެނެސްދެއްވާނެކަމަށެވެ. އެނާ ވިދާޅުވީ، އެމްއެންޕީގެ ވެރިކަމެއްގައި ގާނޫނެއް ވުޖޫދުކޮށްގެން ދިވެހި އުފެއްދުންތައް ގަތުމާއި ވިއްކުމުގެ މަސައްކަތްތައްވެސް ކުރެވިގެންދާނެކަމަށެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: