ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ޒުވާނުން ސިޔާސީ ހަތިޔާރަކަށް ހަދައި ތިބީ ކަސްތޮޅު އަޅުވާފަ: ނާޒިމް

އެމްއެންޕީގެ ރިޔާސީ ކެނޑިޑޭޓު ނާޒިމް: ފޮޓޯ/ ސޯޝަލްމީޑިއާ
ޝެއާރކޮށްލާ ކަހަލަދޯ؟

ސިޔާސީ ހަތިޔާރަކަށް ޒުވާނުން ހަދައި ކަސްތޮޅު އަޅުވާފައިވާކަމަށް އެމްއެންޕީގެ ރިޔާސީ ކެނޑިޑޭޓު ރިޓަޔާޑް ކާނަލް މުހައްމަދު ނާޒިމް ވިދާޅުވެއްޖެއެވެ.

އެމްއެންޕީގެ ”ނުއިވޭ އަޑުތައް“ ޕްރޮގުރާމުގައި ވާހަކަދައްކަވަމުން ނާޒިމްވަނީ ދިވެހިރާއްޖޭގެ މަސްވެރިކަމާއި ދަނޑުވެރިކަމުގެ ދާއިރާއަށް ބޮޑެތި ގެއްލުންތައް ލިބިގޮސްފައިވާކަމަށް ވިދާޅުވެފައެވެ. އޭނާ ވިދާޅުވީ، އެ ދެ ސިނާއަތު ހުއްޓުމަކަށް އައިސްފައިވާ ވާހަކަ މީގެ ކުރިންވެސް ވިދާޅުވިކަމަށެވެ. އޭނާ ވިދާޅުވީ، އެގޮތުގެ މަތިން ކަން ދިމާވެފައިވަނީ ސިނާއަތުގެ މަސައްކަތްތެރިން އެ ދާއިރާތަކުން ބޭރުން އެކި ވަޒީފާތަކަށް ގެންގޮސްފައިވުމުންކަމަށް ނާޒިމް ވިދާޅުވިއެވެ. ނާޒިމް ވިދާޅުވީ، އެ ދާއިރާތަކުގެ އަހުލުވެރިން ތިބީ ސިޔާސީ ބޭނުމެއް ފުއްދުމަށްޓަކައި އެކި ވަޒީފާތަކަށް ނެރި ކަސްތޮޅު އަޅުވާފައިކަމަށެވެ.

އޭނާ ވިދާޅުވީ، މަސްވެރިކަމަށް މަޝްހޫރު ރަށްތަކުގައި އެ މަސައްކަތްތައް ކުރުމަށް މިއަދު މީހުން ނެތްކަމަށެވެ. އޭނާ ވިދާޅުވީ، އެ މަސައްކަތްތައް ކުރަމުންދިޔަ މީހުން ތިބީ ފެނަކަ ނުވަތަ އާރްޑީސީ ފަދަ ކުންފުނިތަކުގައި 8،000 ރުފިޔާގެ މުސާރައެއްދީ ”ގޭގައި ތަޅުލާފައި“ ކަމަށެވެ. ނާޒިމް ވިދާޅުވީ، ޒުވާނުން ތިބީ ސިޔާސީ ހަތިޔާރަކަށް ހަދައި ކަސްތޮޅު އަޅުވާފައިކަމަށެވެ.

ނާޒިމް ވިދާޅުވީ، މަސްވެރިކަމެއް ނެތްކަމަށެވެ. އޭނާ ވިދާޅުވީ، އިހަވަންދޫ ފަދަ ރަށްތަކުގައި ހިތްދަތިވާނެ މިންވަރަށް ދޯނި ފަހަރުވެސް މަދުވެފައިވާކަމަށެވެ. އޭނާ ވިދާޅުވީ ފޯކައިދޫގައި އޮތީ ދެ ދޯނިކަމަށެވެ. އަދި ކުޅުދުއްފުށީގައިވެސް އޮތީ ހަތަރު ދޯނިކަމަށެވެ. އޭނާ ވިދާޅުވީ، ބައެއް ރަށްތަކުގައި ދޯންޏެއްވެސް ނެތްކަމަށެވެ. އޭނާ ވިދާޅުވީ، ދެންނެވި ވާހަކަތަކުން ބަޔާންކުރެވިގެންދިޔައީ ދިވެހިރާއްޖެ މިވަގުތު އޮތް ހާލަތުކަމަށެވެ. އޭނާ ވިދާޅުވީ، މަސްވެރިކަން ކުރުމަށް ނުކުންނާނެ މީހުން ލިބުމުގައި ދަތިތައް ދިމާވެ، ދޯނިތައްވަނީ މުދާ އުފުލާ އުޅަނދުތަކަށް ބަދަލުކުރެވިފައިކަމަށެވެ.

ނާޒިމް ވިދާޅުވީ، ކުޅުދުއްފުއްޓާއި އިހަވަންދޫގައި އެ މަސައްކަތްތައް ކުރާނެ މީހުން ނެތިގެން މަލިކުން މީހުން ގެންނަމުންދާކަމުގެ މައުލޫމާތުތައް ލިބިފައިވާކަމަށެވެ. ނާޒިމް ވިދާޅުވީ، ހާލަތު ދެނެގަނެ މައްސަލަތަކަށް ހައްލު ހޯދަންޖެހިފައިވާކަމަށެވެ. އޭނާ ވަނީ އެ މަސައްކަތްތަކަށް ކެރިގެން ސާބިތުކަންމަތީ ނުކުތުމަށް ގޮވާލައްވާފައެވެ. ނާޒިމް ވިދާޅުވީ، އެމްއެންޕީގެ ސަރުކާރެއްގައި މަސް ދޯނި ބަނދެ، ރައްޔިތުންނާއި ހިސާބަށް ހިލޭ ފޯރުކޮށްދޭނެކަމަށެވެ. އޭނާ ވިދާޅުވީ، އެމްއެންޕީގެ ސަރުކާރެއްގައި އެ ސިނާއަތަށް މީހުން އަހުލުވެރި ކުރުވާނެކަމަށެވެ. އޭނާ ވިދާޅުވީ، މަސްކަނޑުތަކަށް ޒުވާނުން އަނބުރާ ގެންދާނެ ވާހަކަތައް ދަންނަވާކަމަށެވެ.

ނާޒިމް ވިދާޅުވީ، މަސްވެރިކަމަކީ ފަންނެއްކަމަށެވެ. އޭނާ ވިދާޅުވީ، އެއީ ދަސްކޮށްދޭން ޖެހޭ ކަމެއްކަމަށެވެ. އޭނާ ވިދާޅުވީ، ފަރުމަސްވެރިކަން ކުރުމަށް ވަޑައިގެންނެވި ފަހަރުތަކުގައި ކުރައްވާ ހިތުން އެ މަސައްކަތްތަކުގައި ޝާމިލުވުމުން ކާމިޔާބުވެގެންދާކަމަށެވެ. އޭނާ ވިދާޅުވީ، އެ ރެޔަކު މަސް ބޭނޭކަމަށެވެ. އޭނާ ވިދާޅުވީ، އެއީ ދަސްކޮށްދޭންޖެހޭ މަސައްކަތެއްކަމަށެވެ. އަދި ދިޔަނަމަވެސް މަހެއް ނުބޭނޭކަމަށް ވިދާޅުވިއެވެ. ނާޒިމް ވިދާޅުވީ، މީގެ ކުރިން ފިޝަރީޒް ސައިންސްގެ ނަމުގައި ސަބްޖެކްޓެއް ކިޔަވައިދިންކަމަށެވެ. އެކަމުން މަސްވެރިކަމުގެ ސިނާއަތުގެ ތެރެއިން ލިބިގެންދިޔަ ކުރިއެރުމެއް ނެތްކަމަށާއި އެހެންނަމަވެސް މަސްވެރިކަން ސަބްޖެކްޓެއްގެ ގޮތުގައި ކިޔަވައިދޭން ޖެހޭކަމަށް ވިދާޅުވިއެވެ.

މަސްވެރިކަމާއި ދަނޑުވެރިކަމުގެ ސިނާއަތުގައި އުޅުއްވާ ފަރާތްތަކަށް އިތުރު ލުއިތައް ގެނެސްދިނުމަށްވެސް އިންތިޒާމުކޮށްދެއްވާނެކަމަށް ނާޒިމް ވިދާޅުވިއެވެ. އެގޮތުން ސިނާއަތުގެ މަސައްކަތްތެރިންގެ ގޮތުގައި ދަފްތަރުކޮށްގެން ޕެންޝަން ލިބިގެންދާނެ ގޮތް ހައްދަވައިދެއްވާނެކަމަށް ނާޒިމް ވިދާޅުވިއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: