ހއ. މާރަންދޫ ކައުންސިލްގެ ރައީސް ޖައިލަމް ހާރޫން އެމްއެންޕީގެ ރިޔާސީ ކެންޑިޑޭޓް މުޙައްމަދު ނާޒިމްއަށް ތާއިދުކުރަން ނިންމައި، އެމްއެންޕީއާއި ގުޅިވަޑައިގެންފިއެވެ.
މިކަން ހާމަކޮށްފައިވަނީ އެމްއެންޕީއިން ކުރި ޓުވީޓެއްގައެވެ.
އެ ޓުވީޓުގައި ވާ ގޮތުގައި ހއ. މާރަންދޫ ކައުންސިލްގެ ރައީސް ޖައިލަމް ހާރޫން އެމްއެންޕީގެ ރިޔާސީ ކެންޑިޑޭޓް މުޙައްމަދު ނާޒިމްއަށް ތާއިދުކުރަން ނިންމައި، އެމްއެންޕީއާއި ގުޅިވަޑައިގެންފިއިވާކަމަށް ބުނެފައިވެއެވެ. އަދި އެމްއެންޕީގެ ފަރާތުން ޖައިލަމް ހާރޫންއަށް ހޫނު މަރުހަބާއެއް ދަންނަވާފައިވެއެވެ.
ހއ. މާރަންދޫ ކައުންސިލްގެ ރައީސް ޖައިލަމް ހާރޫން އެމްއެންޕީގެ ރިޔާސީ ކެންޑިޑޭޓް މުޙައްމަދު ނާޒިމްއަށް ތާއިދުކުރަން ނިންމައި، އެމްއެންޕީއާއި ގުޅިވަޑައިގެންފި. އެމްއެންޕީގެ ފަރާތުން ޖައިލަމް ހާރޫންއަށް ހޫނު މަރުހަބާއެއް ދަންނަވަން.#Nazim2023 #UjaalaaZamaan pic.twitter.com/SDtUBMBgzZ
— Maldives National Party (@MNP_Secretariat) July 27, 2023

