ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

މިނިސްޓަރު ޔުމްނާގެ ތާއީދު ރައީސް ސާލިހަށް!

މިނިސްޓަރު ޔުމްނާ ، ރައީސް ސާލިހު: ފޮޓޯ/ ރައީސް އޮފީސް
ޝެއާރކޮށްލާ ކަހަލަދޯ؟

އެމްއާރްއެމްގެ މެމްބަރެއްގެ ގޮތުގައި ހުންނަވާ ހެރިޓެޖް މިނިސްޓަރު ޔުމްނާ މައުމޫން އެމްޑީޕީގެ ކެންޑިޑޭޓު ރައީސް އިބްރާހިމް މުހައްމަދު ސާލިހުއަށް ތާއީދުކުރުމަށް ނިންމަވައިފިއެވެ.

ރިޔާސީ އިންތިހާބު ގާތްވަމުންދާއިރު، އިންތިހާބުގައި ބައިވެރިވާ ކެންޑިޑޭޓުންނާއި ޕާޓީތަކުންދަނީ ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ކެމްޕެއިން ހަރަކާތްތައް ކުރިއަށް ގެންދަމުންނެވެ. ރައީސް ސާލިހަށް ތާއީދުކުރުމަށް ނިންމަވާފައިވާކަން ހާމަކުރައްވާ ސޯޝަލްމީޑިއާގައި ކުރެއްވި ޕޯސްޓެއްގައި ޔުމްނާ ވިދާޅުވީ، ރާއްޖޭގެ ހަމަޖެހުމާއި ތަރައްގީއަށްޓަކައި ރައީސް ސާލިހަށް ދެވަނަ ދައުރަކަށް އިންތިހާބު ކުރުމަކީ މުހިންމު ކަމެއްކަމަށް ގަބޫލުކުރައްވާކަމަށެވެ. އޭނާ ވިދާޅުވީ، ރައްޔިތުންނަށް ލުއި ފަސޭހަކަން ގެނެސްދިނުމުގެ ގޮތުން ސަރުކާރުން ފަށާފައިވާ މުހިންމު މަސައްކަތްތަކާއި މަޝްރޫޢުތައް ކުރިއަށް ގެންދިއުމަކީ މުހިންމު ކަމެއްކަމަށެވެ.

ޔުމްނާ ވިދާޅުވީ، ރައީސް ސާލިހުގެ ސިޔާސަތުތަކާއި މެނިފެސްޓޯއަށް ތާއީދުކުރައްވާކަމަށާއި އެގޮތުން ކުޑަރަށެއް ބޮޑު ރަށެއް ތަފާތުކުރައްވާ އަސާސީ ހިދުމަތްތައް ފޯރުކޮށްދިނުމާއި، ސަގާފީ އަދި ގުދުރަތީ ތަރިކަ ރައްކައުތެރިކޮށް އެ ދާއިރާގެ ތެރޭގައި ފަތުރުވެރިކަން ކުރިއެރުވުމަށް ރައީސް ސާލިހު ގެންގުޅުއްވާ ސިޔާސަތުތަކަށްވެސް ތާއީދުކުރައްވާކަމަށެވެ. ޔުމްނާ ވިދާޅުވީ، އިލްމީ ހުނަރުވެރި ފަންނދުވެރި ޒުވާނުން ބިނާކުރުމަށާއި، ފަންނާނުންނަށް ފުރުސަތު ފަހިކޮށްދެއްވުމަށް އެކުލަވާލާފައިވާ ސިޔާސަތުތަކަށްވެސް ތާއީދުކުރައްވާކަމަށާއި ދިވެހިރައްޖޭގައި ފަންނުވެރިންގެ ވިޔަފާރި ފުޅާކޮށްދިނުމާއި، އުފެއްދުންތެރި އިގްތިސާދެއް ބިނާކުރުމަށް ގެންގުޅުއްވާ ވިސްނުންތަކާއި ސިޔާސަތުތަކަށްވެސް ތާއީދުކުރައްވާކަމަށެވެ.

މިނިސްޓަރ ވިދާޅުވީ، ރާއްޖޭގައި މިންތީގެ ހަމަ ހަމަކަން ގާއިމު ކުރުމާއި އިސްރަށްވެހިންނާއި ހާއްސަ އެހީތެރިކަން ބޭނުންވާ ފަރާތްތަކަށް ރައްކައުތެރިކަން ފޯރުކޮށްދީ ބައިވެރިކުރުމުގެ ސިޔާސަތުތަކަކީވެސް އެމަނިކުފާނުގެ ސިޔާސަތުތަކުގެ ތެރެއިން ފާހަގަކޮށްލެވޭ ކަންކަން ކަމަށާއި މި ސަރުކާރުގައި މަތީ ތައުލީމާއި ކުޅިވަރުގެ ދާއިރާއިންވެސް ފުރުސަތު ފަހިވެފައިވާކަން ފާހަގަކޮށްލެވޭކަމަށެވެ.

މިނިސްޓަރު ޔުމްނާ ރައީސް ސާލިހަށް ތާއިދުކުރައްވާކަން ހާމަކުރައްވާފައިވާއިރު، އޭނާގެ ކޮއްކޯފުޅު އަހުމަދު ފާރިސް މައުމޫނުވެސް ކުރިއަށް އޮތް އިންތިހާބުގައި އަމިއްލަ ހައިސިއްޔަތުން ވާދަކުރައްވާކަން ފާހަގަކުރެވެއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: