ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

މުއިއްޒުުގެ ވެރިކަމެއްގައި މަތިވެރީގައި އެއާޕޯޓެއް އަޅާ، ބިން ހިއްކަނީ!

އއ މަތިވެރީގައި ބޭއްވި ޑރ މުއިއްޒުގެ ކެމްޕެއިން ޖަލްސާގެ ތެރެއިން. ފޮޓޯ: ޕީޕީއެމް
ޝެއާރކޮށްލާ ކަހަލަދޯ؟

އޭނާގެ ވެރިކަމއްގައި އއ މަތިވެރި ފަޅުގައި އެއާޕޯޓެއް އަޅާ، ބިން ހިއްކުމަށް އިދިކޮޅުގެ ރިޔާސީ ކެންޑިޑޭޓު ޑރ މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

އއ މަތިވެރިން މުއިއްޒަށް ކީ ހޫނު މަރުހަބާއަށްފަހު، ރަށުގެ ރައްޔިތުންނާއި މުހާތަބުކޮށް ވާހަކަދައްކަވަމުން ޑރ މުއިއްޒު ވިދާޅުވީ އެއްވެސް ރަށެއްގައި އެހެން ސަރުކާރަކުން ފަށާފައިވާ މަޝްރޫއުއެއް ހުއްޓާނުލައްވާނެކަމަށެވެ. އަދި ރައްޔިތުންނަށް ފައިދާވާނެ ގޮތަށް މަޝްރޫއުތައް ބާރު ސްޕީޑުގައި ކުރިއަށް ގެންދަވާނެކަމަށް ޑރ މުއިއްޒު ވިދާޅުވިއެވެ.

އެއަށްފަހު މި ރަށަށް، އެމަނިކުފަނުގެ ވެރިކަމެއްގައި ކޮށްދެއްވާނެ ކަންކަން ހިއްސާ ކުރައްވަމުން ޑރ މުއިއްޒު ވިދާޅުވީ އިގްތިސާދީ ފައިދާ ލިބޭނެ ގޮތަށް، މަތިވެރި ފަޅުގައި އެއާޕޯޓެއް އަޅައިދެއްވާކަމަށެވެ. އަދި ރަށުގެ ބިން ހިއްކާދެއްވާނެކަމަށްވެސް ޑރ މުއިއްޒު ވައުދުވެވަޑައިގެންނެވިއެވެ.

އަލަށް ޕީޕިއެމްއާއި މަތިވެރިން ގުޅުން ފަރާތްތަކުގެ ފޯމާއި ޑރ މުއިއްޒު ހަވާލުވެވަޑައިގަންނަވަނީ.

އެމަނިކުފާނުގެ ވެރިކަމަކީ ރައްޔިތުން އެދޭ ތަރައްގީ ގެނެސްދޭނެ ވެރިކަމަކަމަށްވާނެކަމުގެ ޔަގީންކަން ޑރ މުއިއްޒު ދެއްވިއެވެ.

މީގެ އިތުރުން ޑރ މުއިއްޒު ވަނީ ގައުމުގެ މިނިވަންކަމާއި ގުޅޭ ގޮތުންވެސް ވާހަކަދައްކަވާފައެވެ. ކޮންމެ ޖަލްސާއެއްގައި ގައުމުގެ މިނިވަންކަން ގެއްލިގެން ދާ ވާހަކަ ފާހަގަކުރައްވަނީ، ވޯޓުލާ ދުވަސް ކައިރިވަމުން އަންނާތީ ރައްޔިތުންގެ ހަދާނުގައި އެކަން ހަރުލެއްވުމަށްޓަކައިކަމަށް ޑރ މުއިއްޒު ވިދާޅުވިއެވެ.

މި ޖަލްސާގައި މަތިވެރިން އަލަށް 5 މީހަކު ޕީޕީއެމްއާއި ގުޅުނެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: