ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ވައުދުތަށް ފުއްދުމަށް ސައުދީއަރަބިއްޔާގެ އެހީތެރިކަން ބޭނުންވޭ : ޑރ މުއިއްޒު

ފޮޓޯ: އެލީޒް
ޝެއާރކޮށްލާ ކަހަލަދޯ؟

އިންތިހާބީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ވައުދުތައް ފުއްދެވުމުގައި ސައުދީއަރަބިއްޔާ އިން އެހީތެރިކަން ފޯރުކޮށްދިނުމަށް، އެ ގައުމުން ރާއްޖެއަށް ކަންޑައަޅައިފައި ހުންނަ ސަފީރު މަތްރިކް އައްދައުސަރީ އާއި އިންތިހާބީ ރައީސް މިއަދު ބޭއްވެވި ބައްދަލުވުމުގައި މުއިއްޒު އެދިވަޑައިގެންފައިވާ ކަމަށް އިންތިހާބީ ރައީސްގެ އޮފީހުން ބުނެފިއެވެ.

މ. ދިމްޔާތުގައި ބޭއްވި މި ބައްދަލުވުމުގައި އިންތިހާބީ ނަބުރައީސް ހުސެއިން މުހައްމަދު ލަތީޕްވެސް ވަނީ ބައިވެރިވެ ވަޑައިގަންނަވާފައެވެ. މި ބައްދަލުވުމުގައި ރާއްޖެއަކީ އިސްލާމީ ގައުމަކަށްވެފައި، އަރަބި އިސްލާމީ ގައުމުތަކާއި ރާއްޖެއާ އޮންނަ ގުޅުން ވަރުގަދަ ކުރަން ބޭނުންވެވަޑައިގަންނަވާ ކަމަށް އިންތިހާބީ ރައީސް މުއިއްޒު ވިދާޅުވިއެވެ.

އެގޮތުން މި ބައްދަލުވުމުގައި ސައުދީ އާއި ރާއްޖެއާ ދެމެދު އޮންނަ ގުޅުން މިހާރަށް ވުރެ ހަރުދަނާ ކުރަން މަޝްވަރާ ކުރެއްވިއެވެ. ސައުދީގެ އެހީގައި ރާއްޖެގައި ކުރިއަށް ގެންދިޔަ އަދި މިހާރުވެސް ކުރިއަށް ގެންދާ މަޝްރޫއުރަކަށް މަރްހަބާ ދެންނެވިއެވެ. އަދި އާ ސަރުކާރުން ރައްޔިތުންނަށް ވެފައިވާ ވައުދުތަށް ފުއްދުމުގައި ސައުދީގެ އެހީތެރިކަމާއި ބައިވެރިވުމަށް އެދިވަޑައިގަތެވެ.

މި ބައްދަލުވުމުގައި ސައުދީ ސަފީރުގެ ވާހަކައިގައި ވަނީ ރާއްޖެއާއި ސައުދީއަކީ އެއް ގޮތަށް ވުރެ ގިނަ ގޮތް ގޮތުން ގުޅިފައިވާ ދެ ގައުމުކަން ފާހަގަކުރައްވާފައެވެ. ގުޅުންތައް އިތުރަށް ބަދަހިކުރުމަށް ދެ ފަރާތުން ގުޅިގެން ކުރެވެން ހުރި މަސައްކަތްތަކާއި ގުޅޭ ގޮތުން މަޝްވަރާ ކުރެއްވިއެވެ. ރާއްޖޭގެ ތަރައްގީއަށް ބޭނުންވާ އެކި ދާއިރާތަކުން ފުރިހަމަ އެހީތެރިކަމާއި އެއްބާރުލުން ދެއްވާނެ ކަމުގެ ޔަގީންކަން ދެއްވިއެވެ.

ވަރަށް ގަދަ
100%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: