ތިލަފުށީގައި ބިދޭސީން ބަނގުރާ ގެންގުޅެ، ވިއްކާކަމަށް ތިލަފުށި ޕޮލިހަށް ލިބުނު މައުލޫމާތަކާ ގުޅިގެން ހިންގި އޮޕަރޭޝަނުގައި އެތަނުން މީހަކު ހައްޔަރުކޮށްފިއެވެ.
ފުލުހުން ބުނީ މި އޮކްޓޯބަރ މަހުގެ 15 ވަނަ ދުވަހު ތިލަފުށި ޕޮލިހުން ހިންގި އެ އޮޕަރޭޝަނުގައި ހައްޔަރުކޮށްފައިވަނީ 36 އަހަރުގެ ބިދޭސީ ފިރިހެނެއް ކަމަށެވެ.
އޭނާ ހައްޔަރުކޮށް، އޭނާ ގެންގުޅުނު ފޮށިގަނޑުތައް ބަލައިފާސްކުރި އިރު ތިންފުޅި ބަނގުރާ އަދި ބަނގުރާކަމަށް ބެލެވޭ އެއްޗެއްހުރި 500 އެމްއެލްގެ 107 ފުޅި ފެނިފައިވާ ކަމަށްވެސް ފުލުހުން ބުނެފައެވެ.
ފުލުހުން ބުނީ މި މައްސަލަ މިހާރު ދަނީ ތަހުގީގު ކުރަމުން ކަަމަށެވެ.

